އިންޑިއާއިން ރާއްޖެ އެތެރެކުރާ ކާބޯތަކެއްޗާއި ހިލަޔާ ހިލަވެލި އެކްސްޕޯޓް ކުރުމުގެ ކޯޓާ އިތުރުކޮށްދީފި

އިންޑިއާއިން ރާއްޖެ އެތެރެކުރާ ކާބޯތަކެއްޗާއި ހިލަޔާ ހިލަވެލި އެކްސްޕޯޓް ކުރުމުގެ ކޯޓާ އިތުރުކޮށްދީފިއެވެ.  މިކަން ހާމަކޮށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނީ، ރާއްޖެ އަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި ހިލަޔާ ހިލަވެލިން ރާއްޖެ އަށް އެކްސްޕޯޓް ކުރަން އިންޑިއާ އިން ކުރިން ދީފައިވާ ކޯޓާ މި އަހަރު އާކޮށްދިން އިރު އެ ކޯޓާ އިތުރުކޮށްދީފައިވާ ކަމަށެވެ.  އެގޮތުން ބިސް، އަލުވި، ފިޔާ، ހަކުރު، ހަނޑޫ، ގޮދަން ފުށް އަދި މުގުގެ ކޯޓާއިން ވަނީ […]

އެއާ އެމްބިއުލާންސްގެ ފުރަތަމަ މަހު އެކަނިވެސް 66 ދަތުރުކޮށްފައިވޭ

ހާލު ދެރަ ބަލި މީހުން އުފުލުމަށް ދިވެހި ސަރުކާރުން ތައާރަފުކުރި އެއާ އެމްބިއުލާންސްގައި ފުރަތަމަ މަހު އެކަނިވެސް 66 ދަތުރުކޮށްފިއެވެ.  މިކަން ހާމަކޮށް މޯލްޑިވިއަނުން ބުނީ ހާލު ދެރަ ބަލި މީހުން އަވަސް ފަރުވާއަށް މާލެ ގެނައުމަށް އެއާއެމްބިއުލާންސްގައި މާޗު މަހު 66 ދަތުރުކޮށްފައިވާ ކަމަށެވެ.  އެއާ އެމްބިއުލާންސްގެ ހިދުމަތް 24 ގަޑިއިރު ދިނުމަށް ހަމަޖެހިފައި ވާއިރު މި އެމްބިއުލާންސްތަކުގައި ނަރުހުންނާއި ޑޮކްޓަރުންނާއި މެޑިކަލް ޓެކްނީޝަނުން ހިމެނޭހެން ތަމްރީން ލިބިފައިވާ 15 މުވައްޒަފުން މަސައްކަތްކުރާނެއެވެ. އަދި މި […]

ފާއިތުވި 72 ގަޑިއިރު ތެރޭގައި 21.6 މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގަނެފި

ފާއިތުވި 72 ގަޑިއިރު ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 21.6 މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.  އެގޮތުން މިނިސްޓަރު އިހުސާނު އެކްސްގައި ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފާއިތުވި 72 ގަޑިއިރު ތެރޭގައި ފުލުހުންގެ އިންޓެލިޖެންސްއާއި ކަސްޓަމްސް އިން ހިންގި އެކި އޮޕަރޭޝަން ތަކުގައި 16.69 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ. މިގޮތުން އެ ތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 21.6 ދިވެހި […]

ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީ ކުރަން އެއްބަސްވުމުގައި ސޮއިކޮށްފި

ހއ. ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީ ކުރުމަށް ޓުއަރިޒަމް މިނިސްޓްރީއާ ކެލާ ކައުންސިލާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.  މި މަޝްރޫޢު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ކެލާ ކައުންސިލާއި ޓުއަރިޒަމް މިނިސްޓްރީ ގުޅިގެންނެވެ.  ޓުއަރިޒަމް މިނިސްޓްރީގެ އަމާޒަކީ މި ދައުރުގެތެރޭގައި ކެލާ ފަޅުތެރެއިން ބިން ހިއްކާ ރިސޯޓެއް ތަރައްޤީކޮށް، ފަތުރުވެރި ކަމަށް ހުޅުވާލުން ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.  އެ މިނިސްޓްރީން ބުނީ ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީ ކުރުމަށްޓަކައި ސިންގަޕޫރު، ދުބާއި، ތައިލޭންޑު އަދި މެދުއިރުމަތީގެ […]

ސަރުކާރުން ހަދިޔާކުރާ ކާޑު ދެން ދޫކުރާނީ އެސްޓީއޯ ގުދަނުން

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބީސީއަކަށް ހަދިޔާކުރާ ހަނޑުލާއި ފުށް، މާލެ ސަރަހައްދުން ނުގެންދާ މީހުންނަށް އެސްޓީއޯގެ ކާޑު ގުދަނުން އެ ތަކެތި ދޫކުރަން ނިންމައިފިއެވެ. މިކަން ހާމަކޮށް އެސްޓީއޯއިން މިއަދު ބުނީ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުގެ ފަރާތުން ހަދިޔާކުރާ ހަނޑޫ އަދި ފުށް މާލެ ސަރަހައްދުން ނުގެންދެވުނު ފަރާތްތަކަށް އެ ތަކެތި އެސްޓީއޯ ކާޑު ގުދަނުން ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. މިގޮތުން ކާޑު ދޫކުރަން ނިންމާފައި ވަނީ ހުކުރު ދުވަސް ފިޔަވާ […]

ހުޅުމާލޭން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

 ހުޅުމާލެ ފޭސް 2 އިން ގެއްލިގެން ހޯދަމުން ދިޔަ 13 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.  ފުލުހުން ރޭ ބުނީ ގެއްލިގެން ހޯދަމުންދަނީ ރ. އިނގުރައިދޫ، ކަނބުރުގެ، ޢާއިޝަތު ޒީވާ ސަޢީދު ކަމަށެވެ.  ޢާއިޝަތު ޒީވާ ސަޢީދު އާއިލާއަށް ޚަބަރެއްނުވެގެން ގެއްލިފައިވާ ކަމަށް އާއިލާއަށް ރިޕޯޓްކޮށްފައި ވަނީ އޭޕްރިލް 01 ވަނަ ދުވަހުގެ ރޭ 07:45 އެހާކަންހާއިރު ކަމަށް ފުލުހުން އޭރު ބުނެފައި ވެއެވެ.  ފުލުހުން ދެންމެ ބުނީ ހޯދަން އިއުލާނު ކުރި ފަހުން […]

ހުޅުމާލޭން ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ 

 ހުޅުމާލެ ފޭސް 2 އިން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ރ. އިނގުރައިދޫ، ކަނބުރުގެ، ޢާއިޝަތު ޒީވާ ސަޢީދު ކަމަށެވެ.  އޭނާ މިހާރު އުޅެނީ ހުޅުމާލެ ފޭސް 2، އެޗް 12ގައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.  ޢާއިޝަތު ޒީވާ ސަޢީދު އާއިލާއަށް ޚަބަރެއްނުވެގެން ގެއްލިފައިވާ ކަމަށް އާއިލާއަށް ރިޕޯޓްކޮށްފައި ވަނީ އޭޕްރިލް 01 ވަނަ ދުވަހުގެ ރޭ 07:45 އެހާކަންހާއިރު ކަމަށް […]

ރާއްޖޭގެ ޒަކާތު ފަންޑުން ފަލަޞްޠީނަށް ކާބޯތަކެތި ފޯރުކޮށްދެނީ

ރާއްޖޭގެ ޒަކާތު ފަންޑުން ފަލަޞްޠީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ މުސްލިމު އަހުންނާއި އުހުތުންނަށް ކާބޯތަކެތި ފޯރުކޮށްދޭން ނިންމައިފިއެވެ.  މިކަން ހާމަކޮށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ފަލަޞްޠީނުގެ ޣައްޒާގެ އަޚުންނާއި އުޚުތުންނަށް ކާބޯތަކެތީގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.  އެގޮތުން ޣައްޒާގެ އަޚުންނާއި އުޚުތުން ކުޑަކުދިން ބަނޑަށް މަރުވަމުންދާތަން ދެކެން ދިވެހިން ބޭނުން ނުވާ ކަމަށާއި […]

ތަޤުވާ މިސްކިތުން 7 ފަންކާ ވަގަށް ނަގައިފި

މާލޭގެ ތަޤުވާ މިސްކިތުން 7 ފަންކާ ވަގަށް ނަގައިފިއެވެ.  މިކަން ހާމަކޮށް މާލެ ސިޓީ ކައުންސިލުން ވީޑިއޯ އާންމުކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ތިން ރޭ މަތިން ތަޤުވާ މިސްކިތުން 7 ފަންކާ ވަގަށް ނަގާފައިވާ ކަމަށެވެ. އަދި ދަރުމަވަންތަ މިސްކިތުގެ ފެން މޯޓަރު ރޭގެ ވަގުތެއްގައި ވަގަށް ނަގާފައިވާ ކަމަށްވެސް އެ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.  އެގޮތުން މި މައްސަލަ މިހާރު ޕޮލިހަށް ރިޕޯޓު ކޮށްފައިވާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައި […]

ފަހު ދިހައެއްގެ ދުވަސްތައް ސަރުކާރު ބަންދު ކުރަން ނިންމީ ރޭ އަޅުކަމަށް ފުރުޞަތު ދިނުމަށް: ރައީސް

ރަމަޟާންމަހުގެ ފަހު 10 ގެ ދުވަސްތައް ސަރުކާރު ބަންދުކުރައްވަން ނިންމެވީ، ރޭއަޅުކަމަށް ފުރުޞަތުދެއްވައި، މި ދުވަސްތަކުގައި އެންމެ ހެނދުނާ އޮފީހަށް ދިއުމުގެ ބުރަ ލުއިކޮށްދެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.  ރައީސް މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސްއޮފީހުން ކުރިޔަށްގެންދަވާ ސިލްސިލާ ”ރައީސްގެ ޖަވާބު“ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.  ރަމަޟާންމަހުގެ ފަހު 10 ގައި ކޮންމެހެން ޚިދުމަތަށް ނުކުންނަން ޖެހޭ ސަރުކާރު މުވައްޒަފުންނަށް ޚާއްޞަ ޢިނާޔަތެއް ދެއްވުމަށްވެސް […]