މަގޫދޫގެ އެއަރޕޯޓްގެ މަޝްރޫޢު ނިންމައި ދޭނެ ކަމުގެ ޔަޤީންކަން ދީފި

ފ. މަގޫދޫގައި އަޅަން ހަމަޖެހިފައިވާ އެއަރޕޯޓުގެ މަސައްކަތް ނިންމަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް އެ ޔަޤީން ކަން ދެއްވީ ނިލަންދެ އަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލާ އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި އެ ރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.  މި ބައްދަލުކުރެއްވުން އޮތީ މިއަދު ބިލެތްދޫ ފެނަކަ އޮފީހުގައެވެ. މިބައްދަލުކުރެއްވުމުގައި މަގޫދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމުގެ […]

ފަޅު ރަށަކަށް ދަތުރު ދިޔަ ކުއްޖަކު ގެނބިގެން ނިޔާވެއްޖެ

ތ. ވިލުފުށި ކައިރީ އޮންނަ ފަޅު ރަށަކަށް ދަތުރު ދިޔަ ކުއްޖަކު ގެނބިގެން ނިޔާވެއްޖެއެވެ. މިކަން ހާމަކޮށް ފުލުހުން ދެންމެ ބުނީ ވިލުފުށި ކައިރީ އޮންނަ ފަޅުރަށަކަށް ދަތުރުގޮސް އުޅުނު އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ގެނބިގެން ނިޔާވެފައިވާ ކަމަށެވެ.  އެގޮތުން މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު މެންދުރު 12:45 ގައި ކަމަށް ފުލުހުން ހާމަކުރެއެވެ.  މީގެ އިތުރުން ފުލުހުން ބުނީ ކުއްޖާ ގެނބިގެން ވިލުފުށި ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށާއި ނަމަވެސް […]

އިސްލާމިކް މިނިސްޓްރީން ”ޢީދޭ އައީ“ މަދަހަ އަލްބަމް ނެރެފި!

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ފިޠުރު ޢީދު 1445 އާއި ގުޅިގެން ”ޢީދޭ އައީ“ މަދަހަ އަލްބަމް ނެރެފިއެވެ.    މި މިދަހަ އަލްބަމް ނެރުއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު  ޑރ.  މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.  މަދަހަ އަލްބަމް ނެރުއްވުމަށް ބޭއްވި ރަސްމިއްޔާތުގައި  ވަޒީރު  ޑރ.  ޝަހީމް ވިދާޅުވީ، ފިޠުރު ޢީދުގެ އުފާ ފާހަގަކުރަމުންދާއިރު، މަދަހަ  އަލްބަމެއް އެ  ވުޒާރާއިން  ނެރުމުގެ މަޤްސަދަކީ  މި މުނާސަބު  ދުވަހުގައި  ބޭނުން ކުރުމަށް ކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ  ބޭފުޅުން  މި  […]

އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ރައީސް ފިޠުރު ޢީދުގެ ތަހުނިޔާ ފޮނުއްވައިފި

ބަރަކާތްތެރި ފިޠުރު ޢީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވައިފިއެވެ. މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އިސްލާމީ ޤައުމުތަކުގެ ސަރުކާރުތަކަށާއި، އެޤައުމުތަކުގެ އަޚުވަންތަ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައި ވެއެވެ. އެގޮތުން ރައީސް ފޮނުއްވި މެސެޖުގައި، ބަރަކާތްތެރި ރަމަޟާން މަސް ނިމުނު ކަމުގައިވިޔަސް، އޯގާތެރިކަމާއި، ދީލަތިކަމާއި، އެއްބައިވަންތަކަމުގެ އުޞޫލުތައް ނެގެހެއްޓުމުގެ މުހިންމުކަމާއި، މުސްލިމް އުއްމަތުގެ ސުލްޙަމަސަލަސްކަމާއި، […]

ހުޅުމާލެ ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓުވެއްޖެ

ހުޅުމާލެ ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓުވެއްޖެއެވެ.  މިކަން ހާމަކޮށް މީޑިއާތަކަށް ފުލުހުން މިރޭ ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލޭ ކައިރީ، ބަނާނާ ރީފް ކައިރިން ”ބްލޫ ސާޖަން“ ނަމަކަށް ކިޔާ ލޯންޗަކާއި ޑިންގީއެއް ޖެހިގެން އެކްސިޑެންޓް ވެގެން އުޅޭ ކަމުގެ މައުލޫމާތު މިރޭ 20:07 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ.  އެގޮތުން އެ ލޯންޗް ދަތުރު ކުރަމުން ދިޔައީ ހިންމަފުށިން ޝެރަޓަން ރިސޯޓަށް ކަމަށް ފުލުހުން ބުނެފައި ވެއެވެ.   މި ހާދިސާގައި ޑިންގީގައި ތިބި ބިދޭސީއަކާއި […]

މަޖިލިސް އިންތިޚާބުގެ ވޯޓު ކަރުދާސް އަންނަ ހަފްތާގައި އަތޮޅުތަކަށް ފޮނުވަނީ

މި މަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ވޯޓު ކަރުދާސް އަންނަ ހަފްތާގައި އަތޮޅުތަކަށް ފޮނުވަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.  މިކަން ހާމަކޮށް އީސީން ބުނީ އިންތިޚާބުގެ ވޯޓު ކަރުދާސް މި މަހުގެ 16 ވަނަ ދުވަހު އަތޮޅުތަކަށް ފޮނުވަން ފަށާނެ ކަމަށެވެ. އަދި ރަށްރަށަށް ވޯޓު ކަރުދާސް ފޮނުވާނީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށް އީސީން ބުނެފައި ވެއެވެ.  ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް 368 […]

ޕީއެންއެފް އުފައްދަން ބާއްވާ ޖަލްސާ މާދަމާރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ޖަލްސާ މާދަމާރޭ ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ. ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީޙު ޖަމާލު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންއެފް އުފެއްދުމަށް ބާއްވާ ތާރީޚީ ޖަލްސާ މާދަމާރޭ (9 އެޕްރީލް 2024 ވާ އަންގާރަ ވަނަ ދުވަހުގެ ރޭ) 9:15 ގައި ޣިޔާސުއްދީން ސްކޫލު ހޯލުގައި އޮންނާނެ ކަމަށެވެ. މި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވެސް މަލީހު […]

މިސްކިތެއްގެ ފާޚާނާއިގެ ތެރޭގައި ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލަ ތަހުޤީގު ކުރަން ފަށައިފި

މިސްކިތެއްގެ ފާޚާނައިގެ ތެރޭގައި ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުޤީގު ކުރަން ފަށައިފިއެވެ. ކުއްޖަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މިރޭ އާންމުވުމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކަން ކުރިކަމަށް ޔަޤީން ކުރެވެނީ އއ. ރަސްދޫގައި ކަމަށާއި އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށާފައިވާ ކަމަށެވެ.  އަދި އެކަން ކުރި ފަރާތްތައް މިހާރު ދެނެގަނެވިފައިވާ […]

ހުޅުމާލޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގެ މަންޒަރު ފެނުނު ބަޔަކު ވޭތޯ ބަލަނީ

ހުޅުމާލޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގެ މަންޒަރު ފެނުނު ބަޔަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.  މިކަން ހާމަކޮށް ފުލުހުން ބުނީ އޭޕްރިލް 05 ވަނަ ދުވަހުގެ ހަވީރު 04:54 އެހައި ކަންހާއިރު ހުޅުމާލެ، ނިރޮޅުމަގާއި ގުލްއަލާމާ ހިނގުން ގުޅުނު ކަންމަތީގައި ދެ ސައިކަލުޖެހި ހިނގި ދިމާވި އެކްސިޑެންޓެއްގެ މައުލޫމާތު އެނގޭ ނުވަތަ މަންޒަރު ދުށް މީހަކު ނުވަތަ ބަޔަކު ވޭތޯ ބަލަން ބޭނުންވާ ކަމަށެވެ.   ފުލުހުން ވަނީ ހުޅުމާލޭގައި ހިނގި މި އެކްސިޑެންޓުގެ މަންޒަރު ދުށް […]

ރޯދަ ނުހިފާ އުޅުނު ދިވެހި ފިރިހެނަކު ބަންދުކޮށްފި

ރޯދަ ނުހިފާ އުޅުނު ދިވެހި ފިރިހެނަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން މިއަދު އޭނާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.  އެގޮތުން އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ބަންދަށް 10 ދުވަސް ޖަހާފައެވެ. އޭނާ ބަންދުކުރުމަށް ކޯޓުން ނެރުނު އަމުރުގައި ބުނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެއްކާއި ޤަރީނާ ހުށަހަޅާފައިވާ ކަމަށެވެ.   މީގެ އިތުރުން އޭނާ ވަނީ އެއީ އޭނާއަށް ކުރެވިފައިވާ […]