މަޖިލިސް އިންތިޚާބުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފުލުހުން ރަށްރަށައް ދާން ފަށައިފި

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފުލުހުން ރަށްރަށައް ދާން ފަށައިފިއެވެ. މަޖިލިސް އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. ފުލުހުން މިއަދު ބުނީ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މާލެއިން ރަށްރަށަށްދާ ފުލުހުން ފުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން، އިއްޔެ އިން ފެށިގެން ފުލުހުން ރަށްރަށް ފުރަންފަށާފައިވާއިރު، އިއްޔެ މާލެއިން ފުރާފައިވަނީ ދެކުނުގެ އަތޮޅުތަކުގެ ރަށްރަށަށް ދާ ފުލުހުންނެވެ. އަދި ރޭ ފަތިހު އުތުރުގެ […]
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް އައު މެމްބަރުން ޢައްޔަންކުރައްވައިފި

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް އައު މެމްބަރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ޢައްޔަން ކުރައްވައިފިއެވެ. އެގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ އާ މެމްބަރުންގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައި ވަނީ ޏ. ފުވައްމުލައް، ދަނޑިމަގު، ޑރ. މޫސާ އަންވަރު ޙަސަން އާއި މ. ހިތިމާގެ، ޑރ. ޢަލީ ޒާހިރު އެވެ. އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް މިހާރު އެކުލަވާލާފައިވާ ގޮތް: 1.ފަޟީލަތުލްއުސްތާޛުއްޝައިޚު ޑޮކްޓަރު މުޙައްމަދު ރަޝީދު އިބްރާހީމް، (ގ. ގަސްކަރަ) […]
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް އެމްޕީއެލްއިން ދެ ސްޓޯރޭޖް ކޮންޓޭނަރު ހަދިޔާ ކޮށްފި

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ދެ ސްޓޯރޭޖް ކޮންޓޭނަރު ހަދިޔާ ކޮށްފިއެވެ. މިކަން ހާމަކޮށް އެމްޕީއެލްއިން ކުރި ޕޯސްޓެއްގައި ބުނީ އައްޑޫ އޭއީއެޗް އަށް ދިމާވެފައިވާ ސްޓޯރޭޖްގެ ދަތިކަން ހައްލުކުރުމަށް އެހީތެރިވުމުގެ ގޮތުން އެ ކުންފުނީގެ ސީއެސްއާރްގެ ދަށުން އެ ހޮސްޕިޓަލަށް ދެ ސްޓޯރޭޖް ކޮންޓޭނަރު ހަދިޔާކޮށްފައިވާ ކަމަށެވެ. އެ ކުންފުނިން އޭއީއެޗް އަށް ހަދިޔާ ކޮށްފައި ވަނީ 40 ފޫޓުގެ ދެ ސްޓޯރޭޖް ކޮންޓޭނަރެވެ. މިގޮތުން އެ ސްޓޯރޭޖް ކޮންޓޭނަރުތައް […]
ސަރުކާރު މި ވަނީ ހަމަ މަގުން ނައްޓާފައި، މިފަދަ ބަޔަކު ވެރިކަމުގައި ބައިތިއްބަން ހެޔޮ ނުވާނެ: ޞާލިހް

މި ސަރުކާރު މި ވަނީ ހަމަ މަގުން ނައްޓާފައި ކަމަށާއި މިފަދަ ބަޔަކު ވެރިކަމުގައި ބައިތިއްބަން ހެޔޮ ނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިހް މިހެން ވިދާޅުވީ އެ މަނިކުފާނުގެ އުފަން ރަށް ޅ. ހިންނަވަރުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި އެ ދާއިރާއަށް ވާދަކުރައްވާ މެންބަރު ޖީހާން މަހުމޫދުގެ ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ކުންފުނިތަކުގެ މުވައްޒަފުން މި ސަރުކާރާއެކު މަސައްކަތްކުރަން އެ ކުންފުނިތަކުގެ ވެރިންނަށް އަންގާ […]
ދާއުދު ކިމް ކޮރެއާގައި މިސްކިތެއް ބިނާކުރަނީ

މީގެ ފަސް އަހަރު ކުރިން އިސްލާމްވި ދެކުނު ކޮރެއާގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ، ޔޫޓިއުބަރު، ދާއުދު ކިމް ކޮރެއާގެ އިންޗިއޮން ސިޓީގައި މިސްކިތެއް އަޅަން އިއުލާންކޮށްފި އެވެ. މިކަން ހާމަކޮށް އިންސްޓަގްރާމްގައި މި މަހުގެ 11 ވަނަ ދުވަހު ކިމް ހިއްސާކުރި ޕޯސްޓެއްގައި ވަނީ މިސްކިތަށް ގަތް ބިމާއި ކޮންޓްރެކްޓްގެ ފޮޓޯތައް ހިއްސާކޮށްފަ އެވެ. ”އެންމެ ފަހުން ތިޔަބޭފުޅުންގެ އެހީތެރިކަމާއެކު އަޅުގަނޑު އިންޗިއޮންގައި މިސްކިތެއް އެޅުމަށް ބިމެއްގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފިން. މިތަން ވަރަށް އަވަހަށް މިސްކިތަކަށް ވެގެންދާނެ.އަހަންނަކަށް […]
ތިން ރަށެއްގައި މަސް ބަންދުކުރާ ކާރުހާނާ ހެދުމަށް ހަވާލުކޮށްފި

ރާއްޖޭގެ ތިން ރަށެއްގައި މަސް ބަންދުކުރާ ތިން ކާރުހާނާ ތަރައްޤީ ކުރުމަށް ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ 18 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް ޗައިނާގެ ޑޮންގްފަންގް އިލެކްޓްރޯނިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާއެވެ. މި އެއްބަސްވުމުގެ ދަށުން ކާރުހާނާ ހެދުމަށް ނިންމާފައި ވަނީ ޅ. ފެލިވަރާއި، ދ. މާދެލި އަދި ގދ. ފިޔޯރީ ގައެވެ. މި މަޝްރޫޢުގެ ދަށުން ފެލިވަރުގައި ތަރައްޤީކުރަން ހަމަޖެހިފައިވާ ފެކްޓަރީއަކީ 50 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އަދި މި ފެކްޓަރީއިން 100 […]
ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

ބޮޑުތަކުރުފާނު މަގުގައި މިރޭ އިރު އޮއްސުނު ވަގުތު ހިނގި އެކްސިޑެންޓެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މިކަން ހާމަކޮށް ފުލުހުން ދެންމެ ބުނީ ބޮޑުތަކުރުފާނު މަގު ވިލާ ކޮލެޖު ކައިރީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު 17:53 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެގޮތުން މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އޭނާ އަށް ބޮޑެތި އަނިޔާތަކެއް […]
ރައީސް މުޢިއްޒު މިހާތަނަށް 168 ކައުންސިލަކާ ބައްދަލު ކުރައްވައިފި

ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މި އަހަރު ފެށްޓެވި ސިލްސިލާ ދަތުރުފުޅުތަކުގައި، މިހާތަނަށް ޖުމްލަ 168 ކައުންސިލަކާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. މިކަން ހާމަކުރައްވާފައި މިވަނީ ނިލަންދެ އަތޮޅު އުތުރުބުރީގެ ބައެއް ރަށްތަކަށް ރައީސް މުޢިއްޒު ކުރެއްވި ދަތުރުފުޅު މިއަދު ނިންމަވާލެއްވުމަށްފަހުއެވެ. އެގޮތުން ރައީސް އޮފީހުން ވިދާޅުވީ ރައީސްގެ މި ދަތުރުފުޅުގައި ނިލަންދެ އަތޮޅު އުތުރުބުރީގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، އެ އަތޮޅުގެ އެކި ރަށްރަށުގެ ރައްޔިތުންނާއި […]
ބޭނުން ވަނީ ނަތީޖާ ނެރުމުގައި ބާރު ސްޕީޑުގައި ކުރިއަށްދާން:ރައީސް

ނަތީޖާ ނެރުމުގައި ބާރު ސްޕީޑުގައި ކުރިއަށްދިއުމަށް ބޭނުންފުޅުވާ ކަމަށާއި، އަދި އެންމެ ދުވަހެއްވެސް ބޭކާރުނުވެ، ފަހަތަށް ނުގޮސް، ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދެއްވުމަށް ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ނިލަންދެ އަތޮޅު އުތުރުބުރީ ފީއަލީގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ފީއަލީގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންގެ އުންމީދުތައް އަވަހަށް ހަޤީޤަތަކަށްވުމަކީ، ރައްޔިތުންވެސް އެންމެ ބޭނުންވާ ގޮތް ކަމުގައި ޤަބޫލުފުޅު ކުރައްވާ […]
މަކަރާއި ހީލަތުން ވެހިކަލް ގެނެސްދޭނެ ކަމަށްބުނެ އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަނީ

މެގަޓްރޯން މޮޓޯރސް މޯލްޑިވްސް ވޭވް އިންޓަރނޭޝަނަލް އިން މަކަރާއި ހީލަތުން ވެހިކަލް ގެނެސްދޭނެ ކަމަށްބުނެ އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަން ފަށައިފިއެވެ. މިކަން ހާމަކޮށް ފުލުހުން މިއަދު ބުނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ވެހިކަލް ގެނެސްދޭނެ ކަމަށްބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވާ މެގަޓްރޯން މޮޓޯރސް މޯލްޑިވްސް ވޭވް އިންޓަރނޭޝަނަލް އަށް ތުހުމަތުކުރެވޭ މައްސަލާގައި އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަން ބޭނުންވާ […]