މަޖިލިސް އިންތިޚާބު 2024: ހަތަރެއް ޖެހުމާ ހަމައަށް ވޯޓު ނުލާ ތިބި މީހުންގެ އަދަދު 103،257 އަށް 

މަޖިލިސް އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިއަށް ދާއިރު މިހާތަނަށް ވޯޓު ނުލާ މީހުންގެ އަދަދު 103،257 އަށް އަރާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އީސީން ދެންމެ އާންމުކުރި މަޢުލޫމާތުގައި ބުނީ 16:00 އާއި ހަމައަށް ވޯޓުލީ މީހުންގެ ނިސްބަތް 181،406 އަރާ ކަމަށެވެ. މިގޮތުން ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 88،230 އަންހެނުންނާއި 93،176 ފިރިހެނުން ކަމަށް އީސީން ހާމަކުރެއެވެ. އަދި ވޯޓުނުލާ 103،257 މީހުން އެބަތިބި ކަމަށް އީސީން ހާމަކުރެއެވެ. މި އިންތިޚާބުގައި ވޯޓުލުން ކުރިއަށް ދާނީ […]

ވޯޓުލުމަށް ހުރަސްއެޅުމާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި މިއަދު ކުރިއަށް ގެންދާ އިންތިޚާބުގެ ވޯޓު ލުމަށް ހުރަސް އެޅުމާއި ގުޅިގެން 2 މީހަކު ހައްޔަރުކޮށްފިއެވެ.  ފުލުހުން ބުނީ މަޖިލިސް އިންތިޚާބާއި ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަން ބްލޫ ޓައިޑްގެ ތެރެއިން މިހާތަނަށް 3 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.  އެގޮތުން ވޯޓު ކަރުދާސް ދެއްކި މައްސަލައަކާ ގުޅިގެން މާލެ ސަރަހައްދުން އެކަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި ވޯޓުލާ މަރުކަޒުގެ މަސްލަހަތު […]

ވޯޓުލީ މީހުންގެ އަދަދު 113،627 އަށް އަރައިފި 

މިއަދު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި މިއަދު މެންދުރު 13:00 އާ ހަމައަށް ވޯޓުލާފައިވާ މީހުންގެ ނިސްބަތް   113،627 އަށް އަރައިފިއެވެ.  އީސީން ބުނީ މިއަދު 1 ޖެހުމާ ހަމައަށް ވޯޓުލީ މީހުންގެ އަދަދު ވަނީ 113،627 އަށް އަރާފައި ކަމަށާއި ވޯޓުލާފައި ވަނީ 61،651 ފިރިހެނުންނާއި 51،976 އަންހެނުން ކަމަށެވެ.  އަދި މިހާތަނަށް އައިއިރު ވޯޓުލާފައި ވަނީ %39.92 މީހުން ކަމަށް އީސީން ހާމަކުރެއެވެ.  މީގެ އިތުރުން ވޯޓު ނުލާ މިހާތަނަށް ތިބީ […]

ފޯރިގަދަ ކެމްޕޭނަކަށްފަހު މަޖިލިސް އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް!

ފޯރިގަދަ ކެމްޕޭނަކަށްފަހު 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.  މިހާރު ހިނގަމުން އަންނަ 19 ވަނަ މަޖިލީހުގެ ދައުރު ހަމަވާނީ މި އަންނަ މެއި މަހުގެ 30 ހާއި ހަމައަށެވެ.  މިއަދު ހެނދުނު 8:00 ގައި މާލެ އާއި ރާއްޖޭގެ ރަށްތަކުގައި ވޯޓުލުން ފަށާފައިވާއިރު ކިއު ބަންދުކޮށް ވޯޓުލުން ބަންދު ކުރާނީ ހަވީރު 5:30 ގައެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނީ 5:30 ވުމަށްފަހު ވޯޓުލާ ކިއު ބަންދުކުރުމަށްފަހު ވޯޓުލުމުގެ […]

ކެލާއިން އައިޑީ ކާޑު ހެދުމުގެ ޚިދުމަތް ފަށަން ތައްޔާރުވެއްޖެ

ހއ. ކެލާއިން އައިޑީ ކާޑު ހެދުމުގެ ޚިދުމަތް ތައާރަފު ކުރަން ތައްޔާރުވެއްޖެއެވެ.  އެގޮތުން މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި ކެލާ ކައުންސިލާ ދެމެ މިއަދު ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.  މި އެއްބަސްވުމުގެ ދަށުން ކެލާއިން އައިޑީކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. މިކަން ހާމަކޮށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ހިމެނޭ ގޮތަށް ސީދާ ކެލާއިން އައިޑީ […]

ތިން ރަށެއްގެ އައު ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށުމަށް ޙަވާލުކޮށްފި 

ތިން ރަށެއްގައި އައު ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށުމަށް އެމްޓީސީއާއި މިއަދު ޙަވާލުކޮށްފި އެވެ.  ހެލްތު މިނިސްޓްރީން ބުނީ ހޮސްޕިޓަލު އެޅުމަށް އެމްޓީސީސީއާ ހަވާލުކުރި ތިން ރަށަކީ ރ އަލިފުށި ، ނ މަނަދޫ އަދި މ.މުލީ ކަމަށެވެ.  މީގެ ތެރެއިން މ.މުލީ އަދި ނ މަނަދޫގައި އެޅުމަށް ހަމަޖެހިފައި ވަނީ 50 އެނދުގެ ހޮސްޕިޓަލެކެވެ. އެއީ 185 މިލިއަން ރުފިޔާ އަށް ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.  އަދި ރ އަލިފުށީގައި އެޅުމަށް […]

އުސޫލެއްނެތި ރައީސް މަޤާމުން ވަކިކުރަން ކުރާ މަސައްކަތަކަށް ތާއީދެއް ނެތް: ޔާމީން

އުސޫލެއްނެތި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މަޤާމުން ވަކިކުރަން ބަޔަކު ކުރާ މަސައްކަތަކަށް ތާއީދެއްނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، މަނީ ލޯންޑަރިންގެ ކުށުގައި ކްރިމިނަލް ކޯޓުންކުރި ހުކުމް ބާތިލު ކުރުމާއެކު މިނިވަންވެ ވަޑައިގެން ފުރަތަމަ ފަހަރަށް  މީޑިއާތަކާއި ބައްދަލު ކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައެވެ.  އެގޮތުން ރައީސް މުޢިއްޒު މަޤާމުން ވަކިކުރަން އެމްޑީޕީން ކުރަމުންދާ މަސައްކަތަށް ތާއީދުކޮށް ރައީސް ޔާމީން އުފައްދަވާފައިވާ ޕީއެންއެފްގެ މެމްބަރަކު ދެއްކި ވާހަކަތަކަށް […]

ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް އިތުރު ޑްރެޖަރެއް

ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔުމަށް އިތުރު ޑްރެޖާރ އެއް ގެނެސް ބިން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.  އެޗްޑީސީން ބުނީ މީގެ ކުރިން 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން ދިޔައީ އެއް ޑްރެޖާރ ބޭނުންކޮށްގެން ކަމަށާއި އެއީ ”ޓީއެސްއެޗްޑީ ވިލެމް ވެން އޮރަންހީ“ އެވެ. އަދި މި ޑްރެޖާރގެ ކެޕޭސިޓީ އަކީ 12،000 ކޮޑިމީޓަރު ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.  އެޗްޑީސީން ބުނީ ބިން […]

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ފަށައިފި

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.  ލިފްޓް ހަރުކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ހިޔާޓަވަރު 2 ގައި މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި މަސައްކަތް ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓް ޑރ. ޢަލީ ޙައިދަރު އަޙްމަދު އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަޝްރޫއަކީ ރައީސުލް ޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން […]

އެންޓި-ކެމްޕޭނުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނަމްބަރެއް ހަމަޖައްސައިފި

މި މަހުގެ 21 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ކުރާ އެންޓި-ކެމްޕެއިނުގެ މައްސަލަތައް ރިޕޯޓުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާއްސަ ނަމްބަރެއް ތައާރަފުކޮށްފި އެވެ. މިކަން ހާމަކޮށް އީސީން ބުނީ މަޖިލިސް އިންތިހާބާ ގުޅިގެން އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްޤަކަށް އުނިކަމެއް އަންނަ ފަދަ ކަމެއް ނުވަތަ އެންޓި-ކެމްޕެއިނުގެ އަމަލުތައް މިހާރު ރިޕޯޓުކުރެވޭނެ ކަމަށެވެ. އެގޮތުން އީސީން ވަނީ އެންޓި ކެމްޕެއިނު ކުރަމުން އަންނަކަން ފާހަގަކުރެއްވިއްޖެ ނަމަ ފޮޓޯ އާއި […]