ރައީސްގެ ފަރާތްޕުޅުން އަންގަވާ އެންގެވުންތައް އަންގަވާނީ “ތިމަން މަނިކުފާނު“

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ފަރާތްޕުޅުން މަޖިލިސް މެންބަރުންނަށް އަންގަވާ އެންގެވުންތައް އަންގަވާނީ އެ މަނިކުފާނު ކަމަށް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އިއްޔެ މުލިއާގޭގައި އަލަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ/ސަރުކާރުގެ މެމްބަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރައީސް ވިދާޅުވެގެންނޭ ކިޔާފައި ގުޅާނެ މީހަކު ނުހުންނާނެ ކަމަށާއި މެމްބަރުންނަށް ދޭން ބޭނުންވާ މެސެޖެއް ދެއްވާނީ އެ މަނިކުފާނު އަމިއްލަފުޅަށް ކަމަށް ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ އެ މަނިކުފާނާއި ނުގުޅޭނެ މެމްބަރަކު ނުހުންނާނެ ކަމަށާއި […]
އަމިއްލަ ގޮތުން ވާދަ ކުރެއްވި ހަ ކެންޑިޑޭޓަކު ޕީއެންސީއަށް ސޮއި ކުރައްވައިފި

އަމިއްލަ ގޮތުން މަޖިލިސް އިންތިޚާބުގައި ވާދަ ކުރައްވާ ވިހި ވަނަ މަޖިލީހުން ގޮނޑި ކާމިޔާބު ކުރެއްވި ހަ މެންބަރަކު ޕީއެންސީއަށް ސޮއި ކުރައްވައިފިއެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ބައެއް މެންބަރުން ޕީއެންސީއާ ގުޅުނުކަން ހާމަކޮށް އެ ޕާޓީން ވަނީ ސޯޝަލް މީޑިއާގައި ފޮޓޯ ހިއްސާކޮށްފައެވެ. އެ މެންބަރުންގެ ފޯމާއި ޙަވާލުވެވަޑައިގަތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މި ކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. ޕީއެންސީއާ ގުޅުނު މެންބަރުން: […]
މަސްތުވާތަކެތި ދިރުވާލައިގެން އުޅުނު މީހަކަށް އައިސީޔޫގައި ފަރުވާ ދެނީ!

މަސްތުވާތަކެތި ދިރުވާލައިގެން އުޅުނު ދިވެހި ފިރިހެނެއްގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ. މިކަން ހާމަކޮށް ފުލުހުން ދެންމެ ބުނީ ހަށިގަނޑު ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބުލެޓްތަކެއް ފޮރުވައިގެން އުޅުނު މީހަކު ހާލު ސީރިއަސްވެގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ. އެގޮތުން މި މީހާއަކީ މިރޭ މާލެ ތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ. މީގެ އިތުރުން […]
ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ މަޤާމަށް ހީނާ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ކަމުގެ މަޤާމަށް، ސ.ހިތަދޫ، ސަންސެޓްވިލާ، ހީނާ ވަލީދު މިއަދު ޢައްޔަން ކުރައްވައިފިއެވެ. މިއީ، ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ކަމުގެ މަޤާމުގެ މަސްއޫލިއްޔަތާ އަންހެން ބޭފުޅަކު ޙަވާލުވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ކަމަށް ހީނާ ޢައްޔަން ކުރައްވާފައި ވަނީ، އެ ކަމަނާ މިހާރު ހުންނެވި އެންސްޕާގެ ސީއީއޯގެ މަޤާމު އަދާކުރައްވަމުން ގެންދަވާ ގޮތަށެވެ. އެގޮތުން ޗީފް ސްޕޯކްސް ޕާސަންގެ ގޮތުގައި ހީނާ ޚިދުމަތް […]
ޕީއެންސީގެ މައިނޯރިޓީ މަޖިލީހުގައި އޮތް އިރު ފިއްތުންތަކާއި ކުރިމަތި ކުރުވާފައިވޭ: ސަލީމް

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮތް އިރު ފިއްތުންތަކާއި ކުރިމަތި ކުރުވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ. ސަލީމް މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ނިމިދިޔަ މަޖިލިސް އިންތިޚާބުގެ ނަތީޖާއަށް އިޝާރަތްކުރައްވާ ސަލީމް ވިދާޅުވީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީއަށް ލިބިފައިވީ ނަމަވެސް މައިނޯރިޓީއަށް އިޙްތިރާމް ކުރައްވާނެ ކަމަށެވެ. އަދި މަޖިލީހުގައި ޕީއެންސީއަށް ސުޕަ މެޖޯރިޓީ އޮތް ނަމަވެސް މައިނޯރިޓީ […]
ވަގުތީ ނަތީޖާ: އެމްޑީޕީއަށް 12 ގޮނޑި

މި މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީއަށް 12 ގޮނޑި ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންސް އިން ނެރުނު ވަގުތީ ނަތީޖާއިން ދައްކައިފިއެވެ. އެގޮތުން އެކޮމިޝަނުން ރޭ އިއުލާންކުރި 20 ވަނަ މަޖިލީހުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބު ކޮށްފައެވެ. އަދި އިދިކޮޅު އެމްޑީޕީއަށް ލިބިފައި ވަނީ […]
ސިޔާސީ ވާދަވެރިކަން ދޫކޮށް، ޤައުމުގެ ކުރިއެރުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންފި

ސިޔާސީ ވާދަވެރިކަން ދޫކޮށްލުމަށްފަހު، ދިވެހި ޤައުމުގެ ކުރިއެރުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. ރައީސް މިގޮތަށް އެދިވަޑައިގެންނެވީ މަޖިލިސް އިންތިޚާބުގައި ސަރުކާރަށް ތާއީދުކުރައްވާ ކެންޑިޑޭޓުންނަށް ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެން އާޓިފިޝަލް ބީޗްގައި މިރޭ ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ސިޔާސީ ވާދަވެރިކަން ދޫކޮށްލުމަށްފަހު، ޤައުމުގެ ތަރައްޤީއަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް ރައީސް ވަނީ ސިޔާސީ ލީޑަރުންނަށް ދައުވަތު އަރުވާފައެވެ. ހަމަ އެހެންމެ ސިޔާސީ ކުލައަށް ބަލައިގެން އެއްވެސް ރައްޔިތަކާމެދު ތަފާތު […]
ރައީސް މުޢިއްޒުގެ ވަޢުދުތައް ފުއްދެވުމަށް މިހާރު އެއްވެސް ހުރަހެއް ނެތް: ޑރ. ޖަމީލް

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުތައް ފުއްދުމަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ. ޖަމީލް މިހެން ވިދާޅުވެފައި ވަނީ އިއްޔެ ބޭއްވި މަޖިލިސް އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީން މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައި ވާތީ އެކަމަށް އިޝާރާތްކޮށް ކުރެއްވި ޕޯސްޓެއްގައެވެ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު ސަރުކާރުގެ މަޝްރޫޢުތަކާއި ރައީސް މުޢިއްޒުގެ ވައުދުތައް ފުއްދުމަށް ބާރު ސްޕީޑުގައި ކުރިއަށް ދެވޭނީ މަޖިލިސް […]
މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރުން ކަށަވަރު ކޮށްފި

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ކަށަވަރުކޮށްފިއެވެ. މިއަދު ކުރިއަށްދިޔަ އިންތިޚާބުގެ މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީން ވަނީ އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީގެ މެޖޯރިޓީ އޮތް ރަށް ތަކުންނާއި ސިޓީތަކުން ބޮޑު ތަފާތަކުން ކުރި ހޯދާފައެވެ. އެގޮތުން މާލެ، އައްޑޫ، ފުވައްމުލަކު އަދި ކުޅުދުއްފުށި ސިޓީން ވެސް ޕީއެންސީން ވަނީ ތަފާތު ބޮޑުކޮށް ކާމިޔާބު ހޯދާފައެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދަން 62 […]
މަޖިލިސް އިންތިޚާބު 2024: ވޯޓުލާ މީހުންގެ ކިޔު ބަންދުކޮށްފި

މިއަދު ކުރިއަށްދިޔަ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ވޯޓުލުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަވުމާއެކު ވޯޓުލާ މީހުންގެ ކިޔު ބަންދުކޮށްފިއެވެ. ވޯޓުލުން ފެށިފައި ވަނީ މިއަދު ހެނދުނު 8:00 ގައެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދެންމެ ކުރި ޕޯސްޓެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގެ ވޯޓު ނެގުމުގެ ވަގުތު ހަވީރު 5:30 އަށް ހަމަވެ ކިއުތައް ބަންދުކޮށްފައިވާ ކަމަށެވެ. ކިއުގައި މީހުން ތިބިނަމަ އެ ފަރާތްތައް ވޯޓުލާ ނިމުމުން ވޯޓުފޮށި ބަންދުކުރެވޭނެ ކަމަށް އީސީން ބުނެފައި […]