އަމިއްލަ ގޮތުން ވާދަ ކުރެއްވި ހަ ކެންޑިޑޭޓަކު ޕީއެންސީއަށް ސޮއި ކުރައްވައިފި

Loading

Facebook
Twitter
WhatsApp

އަމިއްލަ ގޮތުން މަޖިލިސް އިންތިޚާބުގައި ވާދަ ކުރައްވާ ވިހި ވަނަ މަޖިލީހުން ގޮނޑި ކާމިޔާބު ކުރެއްވި ހަ މެންބަރަކު ޕީއެންސީއަށް ސޮއި ކުރައްވައިފިއެވެ. 

އަމިއްލަ ގޮތުން ވާދަކުރެއްވި ބައެއް މެންބަރުން ޕީއެންސީއާ ގުޅުނުކަން ހާމަކޮށް އެ ޕާޓީން ވަނީ ސޯޝަލް މީޑިއާގައި ފޮޓޯ ހިއްސާކޮށްފައެވެ.

އެ މެންބަރުންގެ ފޯމާއި ޙަވާލުވެވަޑައިގަތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މި ކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. 

ޕީއެންސީއާ ގުޅުނު މެންބަރުން: 

މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރް

ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް

މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރު

ތިމަރަފުށީ ދާއިރާގެ މެންބަރު އަހްމަދު ރިޔާޒް

ނައިފަރު ދާއިރާގެ މެންބަރު އަބްދުﷲ ޔާސީން

ވިލިގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލްއަޒީޒް

އިންތިޚާބުގައި ކާމިޔާބު ހޯއްދެވި ބައެއް މެންބަރުން ޕީއެންސީއާ ގުޅިފައި ވާއިރު އެ މެންބަރުންގެ ދައުރު ފެށުމަށް މެންބަރުން ހުވާ ކުރައްވާނީ އަންނަ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. 

މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ، އިސްތިއުފާ ދޭން ޖެހޭ ގޮތަށް އެކުލަވާލި އެންޓި ޑިފެކްޝަން ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީޤު ކުރައްވާފައި ވާއިރު 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ މެންބަރުން ހުވާ ކުރެއްވުމުގެ ކުރިން ޕާޓީ ބަދަލު ކުރެއްވި ނަމަވެސް އިސްތިއުފާ ދޭކަށެއް ނުޖެހޭނެއެވެ. 

އެ މެންބަރުންގެ މައްޗަށް މި ޤާނޫނު ހިނގާނީ އިންތިޚާބުވީ ދައުރުގައި މެންބަރުން ޕާޓީ ބަދަލު ކުރާނަމައެވެ. 

Loading

One Response

  1. Party ge ticket nulibuneema ves Dr.Muizz beynunfulhu vee ebeyfulhun amilla gothun ves kurimathi laan. Adhi sarukaarun ebeyfulhunnge campaign haradhuthah ves kureh vee. Party ge ticket libifa thi bee rashu dhaa iraa ge dharinah ehen nama ves e beyfulhun balai nugane ebeyfulhun aee fageerun kamah vidhaalhuve viyafaari verinnaa muhsadhin nah sarukaarun ehbaarulun dhineee

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް