މަސްތުވާތަކެތި ދިރުވާލައިގެން އުޅުނު މީހަކަށް އައިސީޔޫގައި ފަރުވާ ދެނީ! 

Loading

Facebook
Twitter
WhatsApp

މަސްތުވާތަކެތި  ދިރުވާލައިގެން އުޅުނު ދިވެހި ފިރިހެނެއްގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

މިކަން ހާމަކޮށް ފުލުހުން ދެންމެ ބުނީ ހަށިގަނޑު ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބުލެޓްތަކެއް ފޮރުވައިގެން އުޅުނު މީހަކު ހާލު ސީރިއަސްވެގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ. 

އެގޮތުން މި މީހާއަކީ މިރޭ މާލެ ތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ. 

މީގެ އިތުރުން އޭނާގެ އާއިލާއަށް މިކަމުގެ މައުލޫމާތު މިހާރު ހިއްސާ ކޮށްފައިވާ ކަމަށާއި، މިކަމާއި ގުޅޭގޮތުން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް