ރައީސްގެ ފަރާތްޕުޅުން އަންގަވާ އެންގެވުންތައް އަންގަވާނީ ''ތިމަން މަނިކުފާނު"

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ފަރާތްޕުޅުން މަޖިލިސް މެންބަރުންނަށް އަންގަވާ އެންގެވުންތައް އަންގަވާނީ އެ މަނިކުފާނު ކަމަށް ވިދާޅުވެއްޖެއެވެ. 

ރައީސް މިހެން ވިދާޅުވީ އިއްޔެ މުލިއާގޭގައި އަލަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ/ސަރުކާރުގެ މެމްބަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ރައީސް ވިދާޅުވެގެންނޭ ކިޔާފައި ގުޅާނެ މީހަކު ނުހުންނާނެ ކަމަށާއި މެމްބަރުންނަށް ދޭން ބޭނުންވާ މެސެޖެއް ދެއްވާނީ އެ މަނިކުފާނު އަމިއްލަފުޅަށް ކަމަށް ވަނީ ވިދާޅުވެފައެވެ.

ހަމަ އެހެންމެ އެ މަނިކުފާނާއި ނުގުޅޭނެ މެމްބަރަކު ނުހުންނާނެ ކަމަށާއި ގުޅޭނެ ކަމަށާއި ޖަވާބު ވެސް ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. 

މީގެ އިތުރުން މުޅި ކެބިނެޓް ބައިންދައިގެން މެމްބަރުންނާ ވާހަކަ ދެއްކެވުމަކީ ރަނގަޅު ފާލެއް ކަމަށާއި ރައްޔިތުންގެ މަޖިލިސް ސަރުކާރަށް ވަރަށް މުހިންމުކަން އަންގަވައި ދެއްވި ކަމަށް ބައްދަލުވުމުގައި ބައިވެރިވި ބައެއް ފަރާތްތަކުން ހާމަކުރެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކުރީގައި ރައީސްކަން ކުރެއްވި ފަރާތްތަކަށް ބަލާއިރު، އެ ދެ ފަރާތުގެ ދެމެދުގައި މާ ގާތް ގުޅުމެއް ބާއްވާފައި ނުވާ ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވެފައިވެއެވެ. 

Loading

2 Responses

  1. ތިންބާރު އޮންނަންޖެހެނީ ވަކިވެފަޔޯ، އެކަމަކު ކޮންމެ ވެރިކަމެއްގަވެސް ވެރިކަން ހިންގުމުގެ ބާރާ ގާނޫނު ހެދުމުގެ ބާރު ( މަޖިލީސް ) މިއޮންނަނީ އެއްބަޔަކަށް، ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ފިސާރި.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް