ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ މަޤާމަށް ހީނާ

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ކަމުގެ މަޤާމަށް، ސ.ހިތަދޫ، ސަންސެޓްވިލާ، ހީނާ ވަލީދު މިއަދު ޢައްޔަން ކުރައްވައިފިއެވެ. 

މިއީ، ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ކަމުގެ މަޤާމުގެ މަސްއޫލިއްޔަތާ އަންހެން ބޭފުޅަކު ޙަވާލުވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ކަމަށް ހީނާ ޢައްޔަން ކުރައްވާފައި ވަނީ، އެ ކަމަނާ މިހާރު ހުންނެވި އެންސްޕާގެ ސީއީއޯގެ މަޤާމު އަދާކުރައްވަމުން ގެންދަވާ ގޮތަށެވެ.

އެގޮތުން ޗީފް ސްޕޯކްސް ޕާސަންގެ ގޮތުގައި ހީނާ ޚިދުމަތް ކުރައްވަމުން ގެންދަވާނީ، މުސާރަ ނުނަންގަވާ މަޤާމެއްގެ ގޮތުގައި ކަމަށް ރައީސް އޮފީހުން ވިދާޅުވެފައި ވެއެވެ. 

މީގެ ކުރިން ހީނާ ވަލީދު ވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕޮލިޓިކަލް ޑިރެކްޓަރުކަމާއި، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގެ ގިނަ މަޤާމުތަކެއް ފުރުއްވާފައެވެ.

މިގޮތުން ހީނާ ވަނީ ރާއްޖޭގެ ޤައުމީ މީޑިއާގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. ޕަބްލިކް ސަރވިސް މީޑިއާގެ ހެޑް އޮފް ނިއުސްގެ މަޤާމުވެސް ހީނާ ވަނީ އަދާ ކުރައްވާފައެވެ.

ހީނާ މަތީ ތަޢުލީމު ޙާސިލްކުރައްވާފައި ވަނީ މާސް ކޮމިއުނިކޭޝަން ޖަރނަލިޒަމް އެންޑް އެޑްވަރޓައިސްމަންޓްގެ ދާއިރާއިންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް