ޕީއެންއެފް އުފައްދަން ބާއްވާ ޖަލްސާ މާދަމާރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި

Loading

Facebook
Twitter
WhatsApp

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ޖަލްސާ މާދަމާރޭ ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީޙު ޖަމާލު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންއެފް އުފެއްދުމަށް ބާއްވާ ތާރީޚީ ޖަލްސާ މާދަމާރޭ (9 އެޕްރީލް 2024 ވާ އަންގާރަ ވަނަ ދުވަހުގެ ރޭ) 9:15 ގައި ޣިޔާސުއްދީން ސްކޫލު ހޯލުގައި އޮންނާނެ ކަމަށެވެ.

މި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.

މަލީހްގެ ޕޯސްޓުގައި ވަނީ ޕާޓީގެ އެންމެހާ މެމްބަރުންނަށް މި ޖަލްސާއަށް ދަޢުވަތު އަރުވާފައެވެ.

ޕީއެންއެފް އުފެއްދުމަށް ބާއްވާ ޖަލްސާ މާދަމާރޭ ބާއްވަން ހަމަޖެހިފައިވާކަން ހާމަކޮށްފައިވާއިރު މީގެ ކުރިން އެ ޖަލްސާ ބާއްވަން ނިންމާފައިވަނީ މިރޭގައެވެ. ނަމަވެސް މާދަމާރެއަށް ޖަލްސާ ފަސްކޮށްފައިވަނީ ޖަލްސާ އޮބްޒާވްކުރަން ހަމަޖެހިފައިވާ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އޮފިޝަލުންނަށް މިރޭ ވަގުތު ދެވެން ނެތުމުންނެވެ. 

ފޮޓޯ: ސަން

Loading

Leave a Reply

ފަހުގެ އަޕްޑޭޓް