މަޖިލިސް އިންތިޚާބުގެ ވޯޓު ކަރުދާސް އަންނަ ހަފްތާގައި އަތޮޅުތަކަށް ފޮނުވަނީ

Loading

Facebook
Twitter
WhatsApp

މި މަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ވޯޓު ކަރުދާސް އަންނަ ހަފްތާގައި އަތޮޅުތަކަށް ފޮނުވަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. 

މިކަން ހާމަކޮށް އީސީން ބުނީ އިންތިޚާބުގެ ވޯޓު ކަރުދާސް މި މަހުގެ 16 ވަނަ ދުވަހު އަތޮޅުތަކަށް ފޮނުވަން ފަށާނެ ކަމަށެވެ. އަދި ރަށްރަށަށް ވޯޓު ކަރުދާސް ފޮނުވާނީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށް އީސީން ބުނެފައި ވެއެވެ. 

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރާނެއެވެ.

މި އިންތިޚާބުގައި 284،663 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންވާ ކަމަށް އީސީން ހާމަކުރެއެވެ. 

މީގެ ކުރިން މަޖިލިސް އިންތިހާބު ބާއްވަން ކަނޑައެޅި ތާރީހު ރޯދަ މަހާ ދިމާވާތީ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އެކަމުގައި އުޅޭތީވެ މިހާރު ވަނީ މި މަހުގެ 21 ވަނަ ދުވަހު ބާއްވާގޮތަށް ނިންމާފައެވެ. 

Loading

Leave a Reply

ފަހުގެ އަޕްޑޭޓް