ހުޅުމާލެ ފޭސް 2 އިން ގެއްލިގެން ހޯދަމުން ދިޔަ 13 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ރޭ ބުނީ ގެއްލިގެން ހޯދަމުންދަނީ ރ. އިނގުރައިދޫ، ކަނބުރުގެ، ޢާއިޝަތު ޒީވާ ސަޢީދު ކަމަށެވެ.
ޢާއިޝަތު ޒީވާ ސަޢީދު އާއިލާއަށް ޚަބަރެއްނުވެގެން ގެއްލިފައިވާ ކަމަށް އާއިލާއަށް ރިޕޯޓްކޮށްފައި ވަނީ އޭޕްރިލް 01 ވަނަ ދުވަހުގެ ރޭ 07:45 އެހާކަންހާއިރު ކަމަށް ފުލުހުން އޭރު ބުނެފައި ވެއެވެ.
ފުލުހުން ދެންމެ ބުނީ ހޯދަން އިއުލާނު ކުރި ފަހުން ޢާއިޝަތު ޒީވާ ސަޢީދު ފެނިފައިވާ ކަމަށެވެ. އަދި އޭނާ ފެނިފައި ވަނީ މާލެއިން ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފައި ވެއެވެ.
![]()
