ހުޅުމާލޭން ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ 

Loading

Facebook
Twitter
WhatsApp

 ހުޅުމާލެ ފޭސް 2 އިން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ރ. އިނގުރައިދޫ، ކަނބުރުގެ، ޢާއިޝަތު ޒީވާ ސަޢީދު ކަމަށެވެ. 

އޭނާ މިހާރު އުޅެނީ ހުޅުމާލެ ފޭސް 2، އެޗް 12ގައި ކަމަށް ފުލުހުން ބުނެފައި ވެއެވެ. 

ޢާއިޝަތު ޒީވާ ސަޢީދު އާއިލާއަށް ޚަބަރެއްނުވެގެން ގެއްލިފައިވާ ކަމަށް އާއިލާއަށް ރިޕޯޓްކޮށްފައި ވަނީ އޭޕްރިލް 01 ވަނަ ދުވަހުގެ ރޭ 07:45 އެހާކަންހާއިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ. 

މިގޮތުން އެ ކުއްޖާ ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އާއިލާއާ ހަވާލާދީ ފުލުހުން ބުނީ ޢާއިޝަތު ޒީވާ ސަޢީދު އެންމެ ފަހުން ފެނިފައި ވަނީ އޭޕްރިލް 01 ވަނަ ދުވަހުގެ 18:00 އެހައިކަންހާއިރު، އެ ކުއްޖާ ދިރިއުޅޭ އެޕާޓްމަންޓުން ކަމަށާއި އެއިރު އެކުއްޖާ ލައިގެން ހުރީ ބެއިޖް ކުލައިގެ ޓޮޕަކާއި ހަމަ އެކުލައިގެން ޕޮކެޓް ޖިންސެއް ކަމަށެވެ. 

މީގެ އިތުރުން ޢާއިޝަތު ޒީވާ ސަޢީދުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައި ވެއެވެ. 

Loading

Leave a Reply

ފަހުގެ އަޕްޑޭޓް