އެއާ އެމްބިއުލާންސްގެ ފުރަތަމަ މަހު އެކަނިވެސް 66 ދަތުރުކޮށްފައިވޭ

Loading

Facebook
Twitter
WhatsApp

ހާލު ދެރަ ބަލި މީހުން އުފުލުމަށް ދިވެހި ސަރުކާރުން ތައާރަފުކުރި އެއާ އެމްބިއުލާންސްގައި ފުރަތަމަ މަހު އެކަނިވެސް 66 ދަތުރުކޮށްފިއެވެ. 

މިކަން ހާމަކޮށް މޯލްޑިވިއަނުން ބުނީ ހާލު ދެރަ ބަލި މީހުން އަވަސް ފަރުވާއަށް މާލެ ގެނައުމަށް އެއާއެމްބިއުލާންސްގައި މާޗު މަހު 66 ދަތުރުކޮށްފައިވާ ކަމަށެވެ. 

އެއާ އެމްބިއުލާންސްގެ ހިދުމަތް 24 ގަޑިއިރު ދިނުމަށް ހަމަޖެހިފައި ވާއިރު މި އެމްބިއުލާންސްތަކުގައި ނަރުހުންނާއި ޑޮކްޓަރުންނާއި މެޑިކަލް ޓެކްނީޝަނުން ހިމެނޭހެން ތަމްރީން ލިބިފައިވާ 15 މުވައްޒަފުން މަސައްކަތްކުރާނެއެވެ. އަދި މި އެމްބިއުލާންސްތަކުގައި ކުއްލި ހާލަތުގައި ބޭނުންކުރާ އޮކްސިޖަންއާއި، ވެންޓިލޭޓަރުގެ އިތުރުން އިމަޖެންސީގައި ބޭނުންވާނެ ތަފާތު އިންޖެކްޝަން ފަދަ ތަކެތި ހުންނާނެއެވެ. 

ކުއްލި ހާލަތްތަކުގައި ފަރުވާ ބޭނުންވާ މީހާއަށް ފުރަތަމަ އަވަސް ފަރުވާ ދިނުމަށް ހަމަޖެހިފައިވަނީ ބަލި މީހާ އެވަގުތު އޮތް ހިސާބާ އެންމެ ގާތުގައި ހުންނަ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ގެންގޮސްގެންނެވެ. 

މޯލްޑިވިއަންގެ ޑޭޝް 8-200 މަރުކާގެ ބޯޓަކާއެކު އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށީ ފާއިތުވި މާޗް މަހުގެ ފުރަތަމަ ދުވަހުއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް