ތަޤުވާ މިސްކިތުން 7 ފަންކާ ވަގަށް ނަގައިފި

Loading

Facebook
Twitter
WhatsApp

މާލޭގެ ތަޤުވާ މިސްކިތުން 7 ފަންކާ ވަގަށް ނަގައިފިއެވެ.

 މިކަން ހާމަކޮށް މާލެ ސިޓީ ކައުންސިލުން ވީޑިއޯ އާންމުކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ތިން ރޭ މަތިން ތަޤުވާ މިސްކިތުން 7 ފަންކާ ވަގަށް ނަގާފައިވާ ކަމަށެވެ. އަދި ދަރުމަވަންތަ މިސްކިތުގެ ފެން މޯޓަރު ރޭގެ ވަގުތެއްގައި ވަގަށް ނަގާފައިވާ ކަމަށްވެސް އެ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ. 

އެގޮތުން މި މައްސަލަ މިހާރު ޕޮލިހަށް ރިޕޯޓު ކޮށްފައިވާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ. 

މިކަމަށް އިޝާރާތްކޮށް ފުލުހުން ބުނީ ކުށް ހިނގިތަނަށް ހާޒިރުވެ ކުށުގެ ވެށިން ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް