އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސްގެ މަޤާމަށް މެންބަރު އެ ކޮމިޝަނުގެ މެންބަރު ޢަލީ ނަޝާތު އައްޔަނު ކުރައްވައިފިއެވެ.
ނަޝާތު އެ މަޤާމަށް އައްޔަނު ކުރައްވާފައި ވަނީ އެކޮމިޝަންގެ މެންބަރު ކަމުގައި އަދި ނައިބު ރައީސްކަމުގައި ކުރިން ހުންނެވި އިސްމާޢީލް ޙަބީބުގެ ދައުރު ހަމަވުމާއިގުޅިގެންނެވެ.
އީސީން މިއަދު ބުނީ އެ ކޮމިޝަނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިއަދު ބޭއްވި ކޮމިޝަނުގެ ޢާންމު ޖަލްސާއިން، އީސީގެ ނައިބު ރައީސްގެ މަޤާމަށް އއ. ފެރިދޫ، ހާލި، ޢަލީ ނަޝާޠު އައްޔަން ކުރައްވާފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގައި 5 މެންބަރުން ތިއްބަވާއިރު، މެންބަރުންގެ ދައުރެއްގެ މުއްދަތަކީ 5 އަހަރެވެ. އީސީގެ މެންބަރުކަމަށް ޢަލީ ނަޝާތު ފުރަތަމަ އައްޔަން ކުރައްވާފައި ވަނީ 2018 ވަނައަހަރުގެ ޖުލައި މަހުގެ 25 ވަނަދުވަހުއެވެ. އަދި މިދިޔަ އަހަރުގެ ޖުލައި 25 އަށް އޭނާގެ ދައުރު ހަމަވުމާ ގުޅިގެން ދެވަނަ ދައުރަކަށް ނަޝާތު މެންބަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ނޮވްމެބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އެހެން ކަމުން ނަޝާތުގެ ދައުރު ދެން ހަމަވާނީ 2028 ވަނަ އަހަރުގެ ޖުލައި 25 އަށެވެ.
![]()
