އެސްޓީއޯއިން ފިޔާގެ އަގު ހެޔޮކޮށްފި

Loading

Facebook
Twitter
WhatsApp

އެސްޓީއޯއިން ފިޔާގެ އަގުހެޔޮކޮށްފިއެވެ.

ފިޔާގެ އަގުހެޔޮ ކޮށްފައި ވަނީ ރޯދަމަހާއި ދިމާކޮށް އަތްފޯރާ އަގުގައި ކާބޯތަކެތީގެ ބާވަތްތައް ރައްޔިތުންނަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ.

އެގޮތުން އެސްޓީއޯއިން ވަނީ ފިޔާ ކިލޯއެއް 17ރ. އަށް ކުޑަކޮށްފަ އެވެ. އަދި ފިޔާ ބަސްތާއެއް މިހާރު ވިއްކަނީ 320 ރުފިޔާއަށް ކަމަށް އެސްޓީއޯ އިން ބުނެފައި ވެއެވެ.

މި ބަދަލާއެކު 20 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ކިލޯއަކުން މިވަނީ 3 ރުފިޔާ އަގު ހެޔޮވެފައެވެ. މީގެ އިތުރުން 450 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ބަސްތާއަކުން ވަނީ 130 ރުފިޔާ އަގުހެޔޮ ކޮށްފައެވެ.

އެސްޓީއޯއިން ވިއްކަމުން އަންނަ ފިޔާގެ އަގުހެޔޮ ކޮށްފައިވާއިރު، އެސްޓީއޯ އިން އަލުވި ކިލޯއެއް 15ރ. އަށް، އަދި ބިހެއް ވިއްކަނީ 1.7ރ. އަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް