ކަލަންޑަރުގައިވާގޮތަށް މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށްވުމުގެ ފުރުސަތުބޮޑެވެ.
މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައަޅާނީ މިރޭގެ ހަނދު މިއަދުގެ އިރު އޮއްސުމަށް ފަހު ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ފެންމަތީގައި ހުރެގެންނެވެ.
އެގޮތުން މިއަދު އިރުއޮއްސި 18:26 ގައި ހަނދު ފެންނަން ހުންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ.
އަދި މާލެއަށް މިއަދު އިރު އޮއްސޭނީ 18:20 ގައި ކަމަށް ދައްކައެވެ.
އެހެންކަމުން ހަނދު ފެނިއްޖެނަމަ މާދަމާއަކީ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވާނެއެވެ.
ރާއްޖޭގެ ހުރިހާ ހިސާބުތަކަކަށްވެސް އިރު އޮއްސޭފަހުން ހަނދު ފެންނަން ހުންނާނެ ކަމަށް ދައްކާއިރު ސައޫދީ އަރަބިއްޔާ އަށް ވެސް މިއަދު އިރު އޮއްސި 13 ވަރަކަށް މިނެޓް ވަންދެން ހަނދު ފެންމަތީގައި ހުންނާނެ ކަމަށް ދައްކައެވެ.
ރާއްޖެއާއި ސައުދީއަށްވެސް އިރުއޮއްސޭފަހުން ހަނދުފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާއިރު، އޮސްޓްރޭލިއާ އަށް މާދަމާ އަކީ ޝައުބާން މަހުގެ ފަހު ދުވަސް ކަމަށާއި އެ ޤައުމަށް މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވާނީ 12 މާރިޗް ވާ އަންގާރަ ދުވަސް ކަމުގައި ވަނީ ކަނޑައަޅާފައެވެ.
![]()
