ހިދާޔަތުގެ އަލި މަޖައްލާ ތައްޔާރުކޮށް ޕްރިންޓްކޮށް ދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، އެ މިނިސްޓްރީން ކުރިއަށް ގެންދިޔުމަށް ބޭނުންވާ ”ހިދާޔަތުގެ އަލި“ މަޖައްލާ ތައްޔާރުކޮށް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށް ބުނެފައެވެ.
އެގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކޮށް މައުލޫމާތު ސާފު ކުރުމަށް ފަހު އެ މިނިސްޓްރީއަށް ގޮސް އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައެވެ.
މީގެ އިތުރުން ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ޖެނުއަރީ 18 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ރަޖިސްޓްރީ ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ.
މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށެވެ.
One Response
ދީވާނީ ލިޔުމުން ލިޔުއްވާފައިވާ މަރުކަޒުގެ ނަމުގެ ފަހު ލަފުޒު ރަނގަޅެއް ނޫން “ މީ “ އެއްވެސް ލިޔުންތެރިއަކު އަދި ދީވާނީ ލިޔުމުގެ ޤަވާޢިދަކު ވެސް އެގޮތަށް މީމު ލިޔެފަ ނެތް ވާހަކަ ދަންނަވަން.