މިސްކިތްތަކުގައި އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ގްރޭޑް 10 ނިންމާފައިވާ ދަރިވަރުންނަށް ދެނީ

ގްރޭޑް 10،11،12 ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ރީތިކޮށް ޤުރުއާން ކިޔަވާ، ނަމާދުގެ ފިޤުހަށް އަހުލުވެރި ދަރިވަރުންނަށް ޚުތުބާ ކިޔުމުގެ ހުއްދަ ދޭން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ނިންމުން ނިންމީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޚަތީބުންނާއި އިމާމުން ލިބުމުގެ ދަތިކަން ހުރުމުން ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. އަދި މިއީ ޒުވާނުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަން ވެސް […]
މިއަދު އެންމެންވެފައި ވަނީ ގޫގުލް ޑޮކްޓަރުންނަށް: ލާރާ ދައްތާ

މިއަދު އެންމެންވެފައި ވަނީ ގޫގުލް ޑޮކްޓަރުންނަށް ކަމަށް ބޮލީވުޑްގެ ބަތަލާ ލާރާ ދައްތާ ބުނެފިއެވެ. ލާރާ މިހެން ބުނެފައި ވަނީ ބުރާސްފަތި ދުވަހު ބޭއްވި މީޑިއާ ރައުންޑްޓޭބަލް އޮން އެމްޕަވަރިންގ މެނޮޕޮޒް ކޮންވާޒޭޝަންސްގައި މައްސަރު ކަންތައްތަކުގެ ސިއްޙަތާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. ލާރާ ވަނީ ސިއްޙީ އިރުޝާދުތަކަށް ސޯޝަލް މީޑިއާ އާއި އިންޓަނެޓްގެ ނުފޫޒު ފޯރުވާކަމަށް ބުނެ ފާޑުކިޔާފައެވެ. އެގޮތުން ސޯޝަލް މީޑިއާ އާއި އިންޓަނެޓްގެ ދުނިޔެއިން އެންމެން ސިއްޚީ މާހިރުންނަށް ހަދާފައިވާ ކަމަށް ލާރާ ވަނީ […]
ރޭ ދަންވަރު ފުވައްމުލަކު ސިޓީ މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ކުއްޖާގެ ހާލު ސީރިއަސް

ފުވައްމުލަކު ސިޓީ މަގުމައްޗަށް ވެއްޓިފައި އޮއްވާ ރޭ ދަންވަރު ފެނުނު ކުޑަކުއްޖާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ބުނީ، ރޭ ދަންވަރު 3:40 އެހާކަންހާއިރު ފުވައްމުލަކު ސިޓީ މަގުމަތި ޕެޓްރޯލް ކުރަމުން ދިޔައިރު ފުވައްމުލަކު ސިޓީ، މާލެގަން، ބަހާރު މަގާއި ގާޒީ މަގު ގުޅޭ ހިސާބުން ސައިކަލަކާއި އެކު ވެއްޓިފައި އޮތް ކުއްޖެއް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ސައިކަލަކާ އެކު ވެއްޓިފައި އޮއްވާ ފެނިފައި ވަނީ އުމުރުން 14 އަހަރުގެ ފިރިހެން […]
އިންޑިއާ ކަނޑުގެ ސަރަޙައްދަކީ، ފުދުންތެރި ސަރަޙައްދަކަށް ހެދުމަށް މަސައްކަތް ކުރަން ރާއްޖެއިން ތައްޔާރު: ނައިބު ރައީސް

އިންޑިއާ ކަނޑުގެ ސަރަޙައްދަކީ، ވިލުންތެރި އަދި ފުދުންތެރި ސަރަޙައްދަކަށް ހެދުމަށްޓަކައި ތަޖުރިބާ ޙިއްޞާކުރުމަށާއި އެކުގައި މަސައްކަތްކޮށް ހަރުދަނާ ގުޅުންތަކެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ ”ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން“ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ޗައިނާ އާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ޤައުމުތައް ގުޅިގެން އިޤްތިޞާދީ ތަރައްޤީއަށް ކުރާ މަސައްކަތާ ގުޅޭގޮތުން މަތީ […]
ޤުދުރަތީ ގޮތުން ބަރުދަން ލުއިކުރާނެ މޮޅު ޕްރޮޑަކްޓެއް އުފައްދައިފި

ޤުދުރަތީ ގޮތުން ބަރުދަން ލުއިކުރާނެ މޮޅު ޕްރޮޑަކްޓެއް އުފައްދައިފިއެވެ. ބަރުދަން ލުއި ކުރެވޭނެ ތަފާތު ފޯމިއުލާއެއް އުފައްދާފައި މިވަނީ މެލޭޝިޔާގެ މެޑިކަލް ދަރިވަރެއް ކަމައްވާ ޒަލީނާ އަހުމަދެވެ. ޒަލީނާ އުފެއްދި ބަރުދަން ލުއި ކުރާ ޕްރޮޑަކްޓްގެ ނަމަކީ“ސަވީނާ“ އެވެ. ބަރުދަން ލުއި ކުރުމަށްޓަކައި ހަށިގަނޑަށް އެހީތެރިވުމަށް މި ޕްރޮޑަކްޓުގައި ގާތްގަނޑަކަށް 10 ވަރަކަށް ގުދުރަތީ އަދި ރައްކާތެރި މާއްދާ ހިމެނެއެވެ. މި ބޭހުގެ މައިގަނޑު ދިރާސާތަކާއި އުފެއްދުމުގެ މަސައްކަތް ކުރިއަށް ދަނީ މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރުގައެވެ. އެގޮތުން […]
ވިކީ، ކެޓްރީނާއަށް ޕްރޮޕޯސްކުރީ ކައިވެނީގެ އެއްދުވަސް ކުރިން

ސިއްރުން އެތަކެއް ދުވަހު ރަށްޓެހިވެގެން އުޅުމަށްފަހު، 2021 ވަނަ އަހަރު ކައިވެނި ކުރި ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ވިކީ ކައުޝަލް، 35އ ކެޓްރީނާ ކައިފް 40އ އަށް ޕްރޮޕޯސްކުރީ ކައިވެނީގެ އެއްދުވަސް ކުރިން ކަމަށް ވިކީ ބުނެފިއެވެ. ކޮފީ ވިތް ކަރަންގެ މި ހަފްތާގެ އެޕިސޯޑުގައި ވާހަކަދައްކަމުން ވިކީ ބުނީ އޭނާ ކެޓްރީނާއަށް ޕްރޮޕޯޒް ކުރީ ރާޖިސްތާނުގައި އެ ދެ މީހުންގެ ކައިވެނީގެ އެއް ދުވަސް ކުރިން ކަމަށެވެ. ވިކީ އާއި ކެޓްރީނާ ކައިވެނި ކުރީ […]
މާދަމާ އިސްލާމީ މަރުކަޒުގައި ހުކުރު ކުރައްވާނީ ފިރުޒުލް: މިނިސްޓްރީ

މާދަމާ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އެކަން ހާމަކުރީ އިސްލާމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައެވެ. ހުކުރު ހުތުބާގެ މައުޟޫއަކީ އިންސާނާގެ ޙަޔާތުގައި ޞައްޙަ ޢަޤީދާގެ މުހިއްމުކަން ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ފިރުޒުލް އަކީ މިސްރުގެ އަޒްހަރު ޔުނިވާސިޓީން ޝަރީއާ އެންޑް ލޯ އިން މަތީ ތައުލީމް ހާސިލް ކުރައްވައިފައިވާ ބޭފުޅެކެވެ. ރައީސް […]
ދުބާއީ އެއާޕޯޓުގެ ޑިއުޓީ ފްރީން ކުރިއަށްގެންދިޔަ ޕްރޮމޯޝަނެއްގައި ދިވެއްސަކަށް އެއް މިލިއަން ޑޮލަރު

ދުބާއީގެ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީ (ޑީއެފްޑީ) އިން ކުރިއަށް ގެންދިޔަ މިލޭނިއަމް މިލިއަނަރ ޕްރޮމޯޝަނުގެ އެއް މިލިއަން ޑޮލަރު ލިބޭ ނަސީބުވެރިއެއްގެ ގޮތުގައި ދިވެއްސަކު ހޮވިއްޖެއެވެ. ބައިނަލްއަޤްވާމީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން މިލޭނިއަމް މިލިއަނަރ ސީރީޒް 442 ގެ ޓިކެޓް ނަމްބަރު 1174 އިން ނަސީބުވެރިޔަކަށް ހޮވިފައި ވަނީ ރާއްޖެއަށް ނިސްބަތްވާ އަހްމަދު ނާސިރު ކިޔާ ދިވެއްސެކެވެ. އެގޮތުން އޭނާ ޓިކެޓު ގަނެފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އޮންލައިންކޮށް ކަމަށް […]
ބޯންމެރޯ ޓްރާންސްޕްލާންޓާއި އައިވީއެފް ޚިދުމަތް އާސަންދައިން ލިބޭ ގޮތް ހަމަޖައްސަނީ

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ޚިދުމަތާއި އައިވީއެފް ޚިދުމަތް އާސަންދައިގެ ދަށުން ލިބޭނެ އިންތިޒާމު ހަމަޖައްސައި އާސަންދަ އާއި ގުޅޭ އުސޫލުތައް އެގޮތަށް އިސްލާހުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވެފައި ވަނީ ކެބިނެޓާއެކު ބޭއްވި ބައްދަލުވުމަށްފަހު، ނިންމެވި ނިންމުންތައް ހިއްސާކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރައީސް މުޢިއްޒު ވިދާޅުވީ، ބޯންމެރޯ ޓްރާންސްޕްލާންޓް ޚިދުމަތް އާސަންދައިގެ ތެރެއިން ހިލޭ ހެދޭނެ ގޮތަށް ހަމަޖައްސަން މިއަދު ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ […]
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން، އިތުރު ދަރިން ހޯދުމަށް އެ ޤައުމުގެ އަންހެނުންނަށް ގޮވާލައިފި

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން، އިތުރު ދަރިން ހޯދުމަށް އެ ޤައުމުގެ އަންހެނުންނަށް ގޮވާލައިފިއެވެ. ކިމް މިކަމަށް ގޮވާލާފައި ވަނީ އުތުރު ކޮރެއާގެ ޤައުމީ މައިންގެ ބައްދަލުވުމުގައި ދެއްވި ތަޤުރީރުގައެވެ. އެގޮތުން ކިމްގެ ތަޤުރީރުގައި ފާހަގަކުރެއްވި ގޮތުގައި އުފަންވުމުގެ ނިސްބަތް ދަށްވުން ހުއްޓުވައި، ކުދިންނަށް ރަނގަޅު ފަރުވާއާއި ތަޢުލީމު ފޯރުކޮށްދިނުމަކީ ހައްލުކުރަންޖެހޭ އާއިލީ މައްސަލަތައް ކަމަށެވެ. އުތުރު ކޮރެއާގެ ލީޑަރު ކިމް، އިތުރު ދަރިން ހޯދުމަށް އެ ޤައުމުގެ އަންހެނުންނަށް ގޮވާލާފައިވާއިރު ފާއިތުވި ދިހަ […]