އިންޑިއާ ކަނޑުގެ ސަރަޙައްދަކީ، ފުދުންތެރި ސަރަޙައްދަކަށް ހެދުމަށް މަސައްކަތް ކުރަން ރާއްޖެއިން ތައްޔާރު: ނައިބު ރައީސް

Loading

December 8, 2023
sandhaanu news
Facebook
Twitter
WhatsApp

އިންޑިއާ ކަނޑުގެ ސަރަޙައްދަކީ، ވިލުންތެރި އަދި ފުދުންތެރި ސަރަޙައްދަކަށް ހެދުމަށްޓަކައި ތަޖުރިބާ ޙިއްޞާކުރުމަށާއި އެކުގައި މަސައްކަތްކޮށް ހަރުދަނާ ގުޅުންތަކެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ”ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން“ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއީ ޗައިނާ އާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ޤައުމުތައް ގުޅިގެން އިޤްތިޞާދީ ތަރައްޤީއަށް ކުރާ މަސައްކަތާ ގުޅޭގޮތުން މަތީ ފަންތީގެ އިސްވެރިންގެ މެދުގައި ބާއްވަވާ ރަސްމީ ފޯރަމްގެ ދެވަނަ ބުރެވެ.

މި ފޯރަމްގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން 2011 ވަނަ އަހަރު ދިވެހިރާއްޖެ ޕްރޮމޯޓް ވުމަށްފަހު، އިންޑިއާ ކަނޑުގެ ސަރަޙައްދާއި، އެނޫންވެސް ސަރަޙައްދުތަކުގެ ޤައުމުތަކާ ގުޅިގެން ސަރަޙައްދީ ކުރިއެރުމަށާއި ސުލްޙަމަސަލަސްކަމަށް ރާއްޖެއިން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.

ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މުޖުތަމަޢާ ގާތްގުޅުމެއް އުފައްދައި މަޝްވަރާއަށް އިސްކަންދީ، ޞުލްޙަވެރިކަމާއި އެކުވެރިކަމާއެކު ދެމިތިބެ އެއް އަމާޒަކަށް މަސައްކަތް ކުރުމަށް ރާއްޖެއިން އަބަދުވެސް ބާރުއަޅަމުން އަންނަކަމުގައިވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޗައިނާއަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު ޤައުމެއްކަން ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން ދެ ޤައުމުންވެސް، އިޖްތިމާޢީ ތަރައްޤީއާއި، ޞުލްޙަމަސަލަސްކަމާއި، ތަނަވަސްކަން އިތުރު ކުރުމުގެ މަޤްޞަދުގައި ރައްޔިތުންނަށް އިސްކަންދިނުމުގެ ސިޔާސަތެއް ގެންގުޅޭކަން ވަނީ ފާހަގަކުރައްވާފައެވެ. މި ރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ، ޗައިނާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ސަރުކާރެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. މި ދެޤައުމުގެ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އަދާކުރާ އިޙްތިރާމާއި ދެ ޤައުމުން ޙިއްޞާކުރާ ވަކި އަމާޒުތަކަށް މަސައްކަތް ކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަންވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެ މަނިކުފާނު ވަނީ ދެ ޤައުމަށްވެސް ފައިދާކުރަނިވި އެކިއެކި ދާއިރާތަކުން ދެ ޤައުމުގެ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ސަރަޙައްދުގެ ނުވަދިހަ ނުވަ އިންސައްތަ އަކީ ކަނޑުގެ ސަރަޙައްދުކަމާއި، ހިކިފަސް ތަންތަނުގެ ގޮތުގައި ހިމެނެނީ އެންމެ އިންސައްތައެއްކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ، ކަނޑާ ގުޅިފައިވާ ކާރިސާތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދުނިޔެ ހޫނުވުމާއި، ރަށްގިރުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައްފަދަ ގެއްލުންތަކަކީ ރާއްޖެއިންވެސް ތަޖުރިބާ ކުރަންޖެހޭ ކަންތައްތައްކަން ފާހަގަކުރައްވާފައެވެ.

ދިވެހިން ދިރިއުޅުމަށް ކުރާ މަސައްކަތް ގުޅިފައި ވަނީ ކަނޑުގެ ދިރުންތަކާއި އަދި ނޫ އިޤްތިޞާދާކަމަށާއި އޭގެ ތެރޭގައި ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ސިނާޢަތަކީ ކަނޑުގެ ދުޅަހެޔޮކަމުގެ މައްޗަށް ބަރޯސާވެފައިވާ ސިނާޢަތްތައް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. ރާއްޖެއަކީ ނާޒުކު ތިމާވެށްޓެއްގެ ވެރި ޤައުމެއް ނަމަވެސް ރާއްޖެއަކީ ވިލުންތެރި އަދި ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތް ކުރަމުން އަންނަ ޤައުމެއްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ޢާންމު މުޖުތަމަޢުތަކަށާއި ތިމާވެއްޓަށްވެސް އޭގެ ފައިދާވާ ގޮތަށް ކަނޑުގެ ދިރުންތަކުގެ ރައްކާތެރި ކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގައި އީޖާދީ ގޮތްތައް ހޯދުމަށް ރާއްޖެއިން މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މި ފޯރަމް ވެގެންދާނީ ޚިޔާލު ބަދަލުކޮށް، ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރެވި ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާއެކު މި ސަރަޙައްދުގެ މުސްތަޤްބަލް ބައްޓަން ކުރުމަށް ލިބޭ މުހިންމު ފުރުޞަތަކަށްކަން ޔަޤީން ކުރައްވާ ކަމަށް ނައިބު ރައީސް ހުސައިން ވިދާޅުވިއެވެ. 

Loading

One Response

  1. ފުށިދިއްގަރު ފަޅު ހިއްކަން މުއިއްޒުގެ ސަރުކާރުން ބަޖެޓް ގައި ޖެހި އަދަދު އެމްޑީޕީން އުނިކުރިއިރު ޕީއެންސީ ތަމްސީލް ކުރާ އެންމެ މެމްބަރަކު ވެސް މަޖްލީހުގައި ނެތޭ މަޖްލީހުގެ މެމްބަރުންގެ ގޮތުގައި ތިބި ޕީޕީއެމް ޕީއެންސީ ހުރިހާ މެމްބަރުން މުއިއްޒު ގެންގޮސް އެމެންނަށް ވަޒީރު ކަން ދިނުން އެެއީ ސީދާ ރައްޔިތުން މަޖްލީހުގެ މެމްބަރުންނާއި ހަވާލު ކުރި ޒިންމާ އާއި ޚިލާފަށް އެމެން ސަރުކާރުގެ ފައިސާގެ ދަހިވެތިކަމުގައި ކުރިކަމެކޭ އެމްޑީޕީން ރުހުން ނުދޭނެއޭ ތަމެންނަށް މުއިއްޒު ތަ ބަލާތި ވާގޮތް ތަ ބަލަން ހުންނާތި ހުރިހާ ވަޒީރުން ނަގާ އެއްލާލާނެއޭ އެމްޑީޕީން އެމްޑީޕީ އަށް ކޮންކަމެއް ތަމެންގެ ސަރުކާރު ހިނގިއަސް އަދި ނުހިނިގިނަމަވެސް އެމްޑީޕީ އަކީ އިދިކޮޅު ސިޔާސީ ޕާރޓީ ކަމުން އެމެން ކޮންމެހެން ނުޖެހޭނެއޭ ޕީއެންސީ ސަރުކާރެއް ހިންގުމަށް ޓަކައި މުއިއްޒު ބުނާ ވަޒީރުންނަށް ރުހުން ދޭން އެއީ ސިޔާސީ ޕާރޓީ ތައް މަސައްކަތް ކުރަން ޖެހޭ ގޮތާއި ޚިލާފަށް ކުރާ ކަމަކަށޭ ވާނީ އެމްޑީޕީން ޕީޕީއެމް ޕީއެންސީ ވަޒީރުންނަށް ރުހުންދީފިނަމަ އެއީ ސިޔާސީ ގޮތުން ކުރަން ހަރާމްކަންކަމޭ އެހުންނަނީ ހުއްޖަތެއްގެ ގޮތުގައި އެމްޑީޕީ އަށް ދެއްކޭނެއޭ ރައީސް ޔާމީނަށް ހަރާމްކޯރުވި ބަޔަކު ރައްޔިތުންނަށް ވެސް ހަރާމްކޯރުވާނެ ކަމަށް ބަލައިގެން މުއިއްޒު ތަ ބަލާތިވާގޮތް ޔޫ ގޮޓާ ގޯ އެން ގެޓް އެންގްރީ އޮން އޯލް އޮފް ޔާންޓޭ އޮނެސްޓީ އައި ހޮޕް ޔޫ ޑޯން ރަން އައުޓް އޮފް ޓައިމް ކުޑް ސަމްވަން ކޯލް އަ ރެފްރީ ކޮޒް އައި ޖަސްޓް ނީޑް ޓު ނީލް ޑައުން ޔޫ އައި ޖަސްޓް ނީޑް ވަން މޯރ ޝޮކް ޓު ގިވް ސޮރީ ސޮރީ ސޮރީ ސޮރީ އޯއް އޯއް އޯއް ޔޭއް ޑާންސް ޑާންސް ޑާންސް ޑާންސް….

Leave a Reply

ފަހުގެ އަޕްޑޭޓް