މާދަމާ އިސްލާމީ މަރުކަޒުގައި ހުކުރު ކުރައްވާނީ ފިރުޒުލް: މިނިސްޓްރީ

Loading

December 7, 2023
sandhaanu news
Facebook
Twitter
WhatsApp

މާދަމާ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެކަން ހާމަކުރީ އިސްލާމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައެވެ. ހުކުރު ހުތުބާގެ މައުޟޫއަކީ އިންސާނާގެ ޙަޔާތުގައި ޞައްޙަ ޢަޤީދާގެ މުހިއްމުކަން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފިރުޒުލް އަކީ މިސްރުގެ އަޒްހަރު ޔުނިވާސިޓީން ޝަރީއާ އެންޑް ލޯ އިން މަތީ ތައުލީމް ހާސިލް ކުރައްވައިފައިވާ ބޭފުޅެކެވެ. ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ އިންތިގާލީ މަރުހަލާގެ ތަރުޖަމާނަކަށް ހުންނެވި ފިރުޒުލް އަކީ މިހާރު ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް