ވިހެއުމަށްފަހު ކުއްޖާ އެއްލައިލި އަންހެންމީހާ ހައްޔަރުކޮށްފި

Loading

December 3, 2023
Facebook
Twitter
WhatsApp

އދ. ދިގުރަށުގައި ކުއްޖަކު ވިހެއުމަށްފަހު ކޮތަޅަކަށް ލާފައި އެއްލައިލި އަންހެން މީހާ ހައްޔަރުކޮށްފިއެވެ.

ވިހެއުމަށްފަހު ފޫޅު ނުކަނޑާ ކޮތަޅަކަށް ލާފައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ފެނުނީ މިއަދު ހެނދުނު 9:20 އެހާ ކަންހާއިރު އެރަށު ކުނިގޮނޑުންނެވެ. މި މައްސަލަ ފެންމަތިވުމާއެކު ފުލުހުން ވަނީ އެ ރަށުގައި ހަރަކާތްތެރިވާން ފަށާފައެވެ.

އެގޮތުން ފުލުހުން ދެންމެ ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ބިދޭސީ އަންހެނެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރަން ގޮސް ހުއްޓާ ކަމަށް ފުލުހުން ހާމަކުރެއެވެ. މީގެ އިތުރުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ދިގުރަށު ގެސްޓު ހައުސްއެއްގައި މަސައްކަތް ކުރަމުން އައި ލަންކާ އަށް ނިސްބަތްވާ އަންހެނެކެވެ.  ދުވަސްފުރާ ވިހާފައި އޮތް ތުއްތު ފިރިހެން ކުއްޖަކު ފެނިފައި ވަނީ ރަށުތެރެއިންނާއި ގެސްޓު ހައުސްތަކުން ނަގައިގެން ގެންނަ ކުނީގެ ތެރޭގައި ހުންނަ ދަޅާއި ޕްލާސްޓިކު އަދި އެހެނިހެން ތަކެތި ކޮތަޅުތަކުން ނަގައި ވަކިކުރަމުން ދަނިކޮށް ގެސްޓު ހައުސްތަކުން ގެނެވުނު ކުނި އަޅާފައި ހުރި ކަޅު ކޮތަޅެއް ހުޅުވާލިއިރު ދިގުރަށު ކައުންސިލުގެ ކުނި ނެގުމާއި ހަވާލުވެ ތިބި ބިދޭސީ މުވައްޒަފުންނަށް ކަމަށް މަޢުލޫމާތު ލިބެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް