އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން، އިތުރު ދަރިން ހޯދުމަށް އެ ޤައުމުގެ އަންހެނުންނަށް ގޮވާލައިފިއެވެ.
ކިމް މިކަމަށް ގޮވާލާފައި ވަނީ އުތުރު ކޮރެއާގެ ޤައުމީ މައިންގެ ބައްދަލުވުމުގައި ދެއްވި ތަޤުރީރުގައެވެ.
އެގޮތުން ކިމްގެ ތަޤުރީރުގައި ފާހަގަކުރެއްވި ގޮތުގައި އުފަންވުމުގެ ނިސްބަތް ދަށްވުން ހުއްޓުވައި، ކުދިންނަށް ރަނގަޅު ފަރުވާއާއި ތަޢުލީމު ފޯރުކޮށްދިނުމަކީ ހައްލުކުރަންޖެހޭ އާއިލީ މައްސަލަތައް ކަމަށެވެ. އުތުރު ކޮރެއާގެ ލީޑަރު ކިމް، އިތުރު ދަރިން ހޯދުމަށް އެ ޤައުމުގެ އަންހެނުންނަށް ގޮވާލާފައިވާއިރު ފާއިތުވި ދިހަ އަހަރު ތެރޭގައި އެ ޤައުމުގައި އުފަންވާ ނިސްބަތް ވަނީ ދަށަށް ގޮސްފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން 1990 ގެ އަހަރުތަކުގައި ދަރިމައިވުމުގެ ނިސްބަތް ދަށްވެފައިވާ ކަމަށް ބެލެވޭއިރު، ދެކުނު ކޮރެއާގެ ހިއުންޑައި ރިސާޗް އިންސްޓިޓިއުޓުން އޮގަސްޓް މަހު ބުނެފައި ވަނީ އުފަންވާ ނިސްބަތް ދަށްވުމުން އާޚިރުގައި އުތުރު ކޮރެއާގެ އުފެއްދުންތެރިކަން ދަށަށް ގޮސްދާނެ ކަމަށެވެ.
އުތުރު ކޮރެއާއިން އުފަންވާ ކުދިންގެ ނިސްބަތްދަށަށް ދާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު ދެކުނު ކޮރެއާ އަށް ވެސް ވަނީ ދަރިމައިވުމުގެ ގޮންޖެހުން ތަކާ ކުރިމަތިވެފައެވެ. މިގޮތުން ދެކުނު ކޮރެއާގައި 2022 ވަނަ އަހަރު އަންހެނަކަށް 0.78 ކުދިން ވިހެއުމުގެ ރެކޯޑް ލިބިފައިވާއިރު، މިއީ ނިސްބަތުން ދުނިޔޭގެ ދަރިމައިވުމުގެ އެންމެ ދަށް އަދަދެވެ.
އެ ޤައުމުގެ ދަރިމައިވުމުގެ ނިސްބަތް ދަށްވުމުގެ ސަބަބުތަކުގެ ތެރޭގައި ސޯލް ފަދަ ބޮޑެތި ސިޓީތަކުގައި ބޯހިޔާވަހިކަމުގެ ދަތިތަކާއި ކުރިމަތިލާން ޖެހުމާއި، މަސައްކަތުގެ ގަޑި ދިގުވުން މި ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ. ދެކުނު ކޮރެއާއިން މިކަމަށް ހައްލެއް ހޯދުމަށްޓަކައި ފާއިތުވި އަހަރުތަކުގައި އަލަށް އުފަންވާ ކުދިންނަށް މަހުން މަހަށް އެލަވަންސް ދީފައިވީ ނަމަވެސް މި ސިޔާސަތުގެ ސަބަބުން ދަރިމައިވުމަށް ދިގު މުއްދަތަކަށް އަސަރެއް ކުރާނެ ކަމެއް ކަމަކަށް ހޯދިފައެއް ނުވެއެވެ.
One Response
އާހ! އޭރުން ފައިޓް ޖެއްސޭނީ. ކީއްވެބާ މީނާފަހަތުން އެމެރިކާ ނުދުވެ މިއުޅޭނީ. ދުވެންނެތީކަމަށް ވަނީ. އޭނާ އަތުގައިވެސް އެބުނާ ބޮން އޮތީކަން ޔަގީނެވެ.