ހިސްޓޯ ޕީއެންސީ ދޫކުރައްވައި ޕީއެންއެފް އަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ޝިފާގު މުފީދު (ހިސްޓޯ) ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް ކަމުންނާއި ޕާޓީގެ މެމްބަރު ކަމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ވެރިކަން ކުރާ މައި ޕާޓީ, ޕީއެންސީގެ ރައީސް ޑރ.މުހައްމަދު މުޢިއްޒުއަށް ފޮނުއްވި ސިޓީގައި ހިސްޓޯ ވިދާޅުވީ ޕީއެންސީ މިހާރު ހިނގަނީ ”ހައްދުންމަތިން“ އަންނަ މީހަކު ޕާޓީ އޮފީސްތެރެއިން އަޑަފިކޮޅު ހިއްޕަވައިގެން ނުކުންނަވައި ޕްރޮގްރެސިވް ކޮންގްރެސްގެ އެންމެހާ މެންބަރުންގެ މޫނަށް ”ހައްޕުނޑު“ ބުރުވުމުގެ ނޭއްގާނީ އުސޫލުން ކަމުގައެވެ.
އެގޮތުން މިފަދަ ހާލަތެއްގައި މެމްބަރުންގެ މޫނުމަތި މާލީސްކޮށްގެން ވެސް އެ މެންބަރުންގެ މާޔޫސްކަން ފިލުވައި ދިވެހީންގެ ރާއްޖެ ދިވެހީން އެދޭ މަގަށް ގެނެވޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. އެހެން ކަމުން ޕީއެންސީގެ އެސްޖީގެ މަގާމުންނާއި އަދި ޕާޓީގެ މެމްބަރު ކަމުން މިއަދުން ފެށިގެން އިސްތިއުފާ ދެއްވީ ކަމުގައެވެ.
ހިސްޓޯ ޕީއެންސީން ވަކިވެވަޑައިގެންފައިވާއިރު، ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ސިޔާސީ ޕާޓީ, ޕްރޮގްރެސިވް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް ކަމަށްވާ ޢައްބާސް ޢާދިލް ރިޟާ ވަނީ ހިސްޓޯ ޕީއެންއެފަށް ސޮއިކުރެއްވިކަން ކަށަވަރު ކޮށްދެއްވާފައެވެ. އެހެން ނަމަވެސް މިކަމާގުޅޭ ގޮތުން ހިސްޓޯގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
![]()
Comments are reviewed before publication. You can write in English or Dhivehi.




3 Responses