ރާއްޖޭގެ ކޮންމެ މުރަކައެއް، ކޮންމެ ވެލިފުކަކަށް ލިބޭ ގެއްލުމަކީ އިޤްތިޞާދަށް ލިބޭ ގެއްލުމެއް: ރައީސް މުޢިއްޒު

Loading

December 1, 2023
sandhaanu news
Facebook
Twitter
WhatsApp

ރާއްޖޭގެ ކޮންމެ މުރަކަ އަކަށް ކޮންމެ ވެލިފުކަކަށް، ލިބޭ ކޮންމެ ގެއްލުމަކީ ރާއްޖޭގެ އިޤްތިޞާދަށް ލިބޭ ގެއްލުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވެފައި ވަނީ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގެ ވަރލްޑް ލީޑަރސް ސަމިޓުގައި ތަގުރީރު ކުރައްވަމުންނެވެ.

އެގޮތުން ރައީސްގެ ތަޤުރީރުގައި ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ވެށީގައި ހިމެނޭ ކޮންމެ ދިރުމަކީ ވެސް އަގުހުރި ދިރުމެއް ކަމަށެވެ. ހަމަ އެހެންމެ އެއިން ކޮންމެ ދިރުމަކަށް ލިބޭ ގެއްލުމަކީ މުޅި ރާއްޖޭގެ އިޤްތިޞާދަށް ލިބޭ ގެއްލުމެއް ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން ރާއްޖޭގެ ކަނޑުފަޅުން ބާނާ މަހާއި، ކޮންމެ މުރަކައެއް، ކޮންމެ ވެލިފުކެއް، ކޮންމެ މަހެއް، ކޮންމެ ރުކެއްގައި އަގު އެބަހުރި ކަމަށާއި އެއަށް ލިބޭ ކޮންމެ ގެއްލުމަކީ ދިވެހި ޤައުމަށް ލިބޭ ގެއްލުމެއް ކަމަށް ރައީސްގެ ތަގުރީރުގައި ފާހަގަކުރައްވާފައި ވެއެވެ.

އެހެން ކަމުން ރާއްޖޭގެ ގުދުރަތީ ވެށި ދެމެހެއްޓުމަށް ޓަކައި މޫސުމީ ކާރިސާތައް މަދުކުރުން މުހިންމު ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ރައީސް މުޢިއްޒު ވިދާޅުވީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ފޯރުކޮށްދޭން ވައުދުވާ ފައިސާގެ އަދަދު މަދުކޮށް އޮތް އޮތުން ކުޑަ ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މީގެ އިތުރުން ރައީސް މުޢިއްޒުގެ ތަގުރީރުގައި ވިދާޅުވީ 1.5 ޑިގްރީގައި ދުނިޔޭގެ ފިނިހޫނުމިން ހިފެހެއްޓުމަށް ޓަކައި، ޕެރިސް އެގްރިމަންޓަށް ރިއާޔަތްކޮށް ޕްލޭނެއް އެކުލަވައިލުން މުހިންމު ކަމަށެވެ. 

Loading

Leave a Reply

ފަހުގެ އަޕްޑޭޓް