ކުރީ ސަރުކާރުގެ ވައްކަންތައް ހާމަކުރަން ފެށުމަކީ އިސްތިއުފާއަށް ގޮވާލި މައިގަނޑުއެއް ސަބަބު: އީވާ

Loading

December 3, 2023
sandhaanu news
Facebook
Twitter
WhatsApp

އެމްޑީޕީ ސަރުކާރުގެ ވައްކަންތައް ފާޅުގައި ހާމަކުރަން ފެށުމަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމުން އިސްތިއުފާއަށް ގޮވާލި މައިގަނޑުއެއް ސަބަބު ކަމަށް މަޖިލީހުގެ ނައިބު ރައީސް ކަމުން މިއަދު އިސްތިއުފާދެއްވި އީވާ ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވެފައި ވަނީ މަޤާމުން އިސްތިއުފާ ދެއްވުމުގެ ކުރިން އެމްޑީޕީން ހުށަހަޅާފައިވާ އެ ކަމަނާ މަޤާމުން ވަކިކުރެއްވުމުގެ މައްސަލައަށް ޖަވާބުދާރީވެ ވަޑައިގަންނަވަމުންނެވެ.

އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވާ މަޖިލީހަށް ހުށައަޅާފައިވާ، މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ މެންބަރު ޢިސްމާޢީލް އަޙުމަދުއެވެ. މި ޤަރާރު ހުށައަޅުއްވަމުން އިސްމާޢީލް އަހުމަދު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އީވާ އިންތިޚާބު ވެވަޑައިގެންފައި ވަނީ އެމްޑީޕީން ކަމަށާއި، އެމްޑީޕީ މެންބަރުން ވޯޓުދީގެން މަޖިލީހަށް އިންތިޚާބު ކުރެއްވީ އެޕާޓީން ވެފައިވާ ވައުދު ފުއްދުމަށް ކަމަށެވެ. ނަމަވެސް އީވާ ޕާޓީން ވަކިވެވަޑައިގެން އޭރުގެ ސަރުކާރުން ކުރަމުން ދިޔަ މަސައްކަތްތަކަށް ހުރަސް އަޅާފައިވާ ކަމަށް މެންބަރު އިސްމާޢީލް ވިދާޅުވެފައި ވެއެވެ.

މިކަމަށް ރައްދު ދެއްވަމުން އީވާ ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގައި އޭރު ހުންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއި، ރައްޔިތުގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، ދެބޭފުޅުންނަކީ ވެސް އެ ކަމަނާއާއި އާއިލީ ގޮތުން ގުޅުން އޮތް ދެބޭފުޅުން ކަމަށެވެ. ހަމަ އެހެންމެ އާއިލީ ވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރެއްވިނަމަ މީގެ ތެރެއިން ދެބޭފުޅުންނަކީވެސް ދޫކޮށްލެވޭވަރުގެ ދެބޭފުޅުން ނޫން ކަމަށާއި މަޖިލީހުން ކުރަންޖެހޭ މަސައްކަތްތަކާ، މަޖިލީހުގެ ޤަވައިދާ ދެކޮޅަށް އެއްވެސް ފަރާތެއްގެ ދިފާއުގައި ވާހަކަ ނުދައްކަވާ ކަމަށާއި އަބަދުވެސް މަސައްކަތް ކުރެއްވީ ޤާނޫނީ ތަރަހައިގެ ތެރޭގައި   ކަމަށް އީވާ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ރައީސް ޞާލިހްގެ ސަރުކާރަށް ފާޑު ވިދާޅުވަމުން އީވާ ފާހަގަކުރެއްވި ގޮތުގައި ކުރީގެ ސަރުކާރުން ކަންކަން ކުރަމުން ދިޔައީ އެމީހަކާ އެމީހެއްގެ އުސޫލުން ވައްކަން ކުރަމުން ކަމަށެވެ. އެހެންކަމުން މިކަންކަން ފާޅުކަން ބޮޑުގޮތެއްގައި މަޖިލިސް ތެރޭގައި ދައްކަން ފެށުމަކީ އެ ކަމަނާގެ އިސްތިއުފާއަށް ގޮވާލި މައިގަނޑުއެއް ސަބަބު ކަމަށާއި މިކަމަކީ ޒާތީގޮތުން ކުރެއްވި ކަމެއްގެ ގޮތުގައި އީވާ ވަނީ ވިދާޅުވެފައެވެ. 

Loading

One Response

Leave a Reply

ފަހުގެ އަޕްޑޭޓް