އައިޓޫޔޫޓޫ ބައްދަލުވުން ޖުލައިމަހު ބާއްވަނީ.. 

އިންޑިޔާ، އިޒްރޭލު، ޔޫއޭއީ އަދި އެމެރިކާ ހިމެނޭގޮތުން އުފައްދާފައިވާ (އައިޓޫޔޫޓޫ) I2U2ގުރޫޕުގެ ފުރަތަމަ އޮންލައިން ބައްދަލުވުން ބާއްވަން ނިންމައިފިއެވެ.  މި ބައްދަލުވުން ބާއްވަން ނިންމާފައިވަނީ މި ހިނގާ 2022 ވަނަ އަހަރުގެ ޖުލައިމަހުގައެވެ. ވައިޓް ހައުސް އިން މައުލޫމާތު ދޭ ގޮތުގައި (އައިޓޫޔޫޓޫ) ގުރޫޕު އުފައްދާފައިވަނީ އެމެރިކާއާ ދުނިޔޭގެ އެހެން ޤައުމުތަކާ އޮންނަ ގުޅުން އިތުރަށް ރަނގަޅުކުރުމަށް އެމެރިކާ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. މި ގުރޫޕުގެ އެންމެ ފުރަތަމަ ބައްދަލުވުން 2022 ވަނަ އަހަރުގެ ޖުލައިމަހު ބާއްވަން ނިންމާފައިވާއިރު، […]

އިންޑިއާގެ ޔޯގާއަށް ނަޒަރެއް .. 

އިންސާނާ އުޅެމުން މިދާ ދުނިޔެއަކީ ތަފާތު ކަންކަމާއި ކުރިމަތިލާންޖެހި، ނަފުސަށް ތަފާތު އިޙްސާސްތަކެއް ތަޙައްމަލުކުރަމުންދާ ދުނިޔެއެކެވެ. އެ ގޮތުން ކަންބޮޑުވުމާއި، ހާސްކަމާއި ހިތާމަތައް ސިކުނޑިއަށާއި ޖިސްމަށް ކުރުވަތެވެ. ވުމާއިއެކު މިކަންކަމުން އަރައިގަތުމަށް އެ އިންސާނާ އަބަދުވެސް ބޭނުންވާނެތެވެ. މިކަންކަން އިންސާނިއްޔަތުގެ މެދުގައި އޮންނާނެކަން ކާއިނާތުގެ ވެރި ރައްބު ދެނެވޮޑިގެން ވުމާއިއެކު އެ އިލާހުވަނީ އެކަންކަމުން އަރައިގަންނާނެ މަގުތައް އެ އިންސާނާއަށް ދައްކަވާ ދެއްވާފައެވެ. މި ގޮތުން ޝިފާއެއް ގޮތުގައި ޤުރުއާން ބާވައިލައްވާ ޖިސްމަށް ހަމަޖެހުމެއް ކަމުގައި ނަމާދުކުރުން (ޙަރަކާތްތަކެއް)ލައްވާފައިވެއެވެ. ޤަވާއިދުން މިކަންކަމުގެ […]

ބާ އިމްތިހާން ލަސްކޮށްނުދެވޭނެ

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ބާ އިމްތިހާނު ބާއްވާ ތާރީހް އިތުރަށް ލަސްކުރެވެން ނެތްކަމަށް ބާ ކައުންސިލުން ބުނެފިއެވެ. ބާ ކައުންސިލުން އިމްތިހާނު ލަސްކުރެވެން ނެތްކަމަށް ބުނީ މި އިމްތިހާނު ލަސްކުރުމަށް އެދި ގިނަ ލޯޔަރުންތަކެއް ގޮވަމުން ދަނިކޮށެވެ. އެ ގޮވާލުންތަކަށް ގޮތެއް ނިންމުމަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ ބައްދަލުވުމެއް ރޭ  ބޭއްވުމަށްފަހު ބާ ކައުންސިލުން ނރުނު ބަޔާނުގައި ބުނީ ބާ އިމްތިހާން ޑިވެލޮޕްކުރުމަށް ފާއިތުވި ތިން އަހަރު އެތައް މަސައްކަތެއް […]

އެމެރިކާގެ ރައީސް ބައިސިކަލުން ވެއްޓިވަޑައިގަތުން: ބޮޑު ވެއްޓިވަޑައިގަތުމެއް

އެމެރިކާގެ ރައީސް ޖޯ ބައިޑެން ބައިސިކަލެއްގައި ވަޑައިގަންނަވަނިކޮށް ކުއްލިއަކަށް ބިންމައްޗަށް ވެއްޓިވަޑައިގެންފިއެވެ. އެ މަންޒަރު މިހާރު ވަނީ މުޅިދުނިޔެއަށް ފެތުރިގެން ގޮސްފައެވެ.  އުމުރުފުޅުން 79 އަހަރުފުޅުގެ ބައިޑެން ވެއްޓިވަޑައިގަތުމާއެކު ހަށިފާރުވެރިއެއްގެ އެހީގައި ފުންމައިގެން ތެދުވެވަޑައިގެންނެވިއެވެ. ބައިޑެން ވެއްޓިވަޑައިގަތް އިރު އަނބިކަނބަލުން ވެސް އަރިހުގައި ބައިސިކަލްގައި ވަޑައިގެންނެވިއެވެ. ބައިސިކަލް ދުއްވަމުން ގެންދެވީ އެމެރިކާގެ ޑެލަވެއާގެ އަތިރިމައްޗާ ކައިރި ސަރަހައްދެއްގައި ހަދާފައިވާ ޕާކެއްގައެވެ. ޚަބަރު ލިބިފައިވާ ގޮތުގައި ބައިޑެން ވެއްޓިވަޑައިގެންނެވިކަމަށް ވަނީ ފާލުގަނޑުގައި ބޫޓުކޮޅު ތާށިވެ ނުނެއްޓުމުގެ ސަބަބުންނެވެ. ބައިޑެން ތެދުވެވަޑައިގެން ވިދާޅުވިއެވެ. ”އަޅުގަނޑު ރަނގަޅު.“ ދުނިޔޭގެ އެންމެ […]

ރިޔާސީ ކެންޑި ޑޭޓް ހޮވަން އެމްޑީޕީގެ ކޮންގްރެސް އިން ޕްރައިމަރީއެއް ބާަންވަން ފާހެއް ނުކުރާނެ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްއެއް މިހާތަނަށް ހޮވަމުން އަންނަނީ ޕްރައިމަރީ އެއް ބާއްވައިގެންނެވެ. އެހެނަސް 2018 ގެ ރިޔާސީ އިންތިޚާބުގެ އެމްޑީޕީގެ ޓިކެޓް ރައީސް ނަޝީދަށް ލިބިވަޑައިގެންފައި ވަނިކޮށް އެމަނިކުފާނަށް އެ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ގެއްލުމާއި ގުޅިގެން ޕްރައިމަރީއެއް ބާއްވާނެ ވަގުތު ނެތުމާއެކު ރައީސް އިބްރާހިމް މުޙައްދު ޞާލިހަށް ޕްރައިމަރީ އަކާ ނުލާ ޓިކެޓް ދިނުމަށް ގައުމީ މަޖިލީހުން ފާސް ކުރީއެވެ. އެމް.ޑީޕީއިން އެފަހަރު އެގޮތަށް މަޖުބޫރީ ޙަލަތުގައި ޢަމަލު ކުރިނަމަވެސް އެއީ އެމްޑީޕީ އިން ކުރިން ޢަމަލު ކޮށްފައިވާ ގޮތެއް ނޫނެވެ. އެހެންކަމުން އެމްޑީޕީގެ […]

ވިނަރެސް ފްލެޓްތައް ބަލާލުމުގެ ފުރުސަތު އިތުރުކޮށްފި

ހުޅުމާލޭގެ ދެވަނަފިޔަވަހީގައި ސަރުކާރުން އިމާރާތްކޮށްފައިވާ ވުނަރެސް ފްލެޓްތައް ބަލާލުމަށް އެޗްޑީސީން ހުޅުވައިލި ފުރުސަތު އިތުރުކޮށްފިއެވެ. އެޗްޑީސީން ބުނީ ވިނަރެސް ފްލެޓްތައް ބަލާލުމުގެ ފުރުސަތު އިތުރުކުރީ ކުރިން އެ ފުރުސަތު ހުޅުވާލުމުން ލިބުނު ތަރުހީބު ބޮޑުވެ އިތުރު ފުރުސަތުތައް އިތުރުކުރުމަށް ގިނަ އަދަދެއްގެ ބަޔަކު އެދެމުން އަންނާތީ ވީހާވެސް ގިނަ ފަރާތްތަކަކަށް ފްލެޓްތައް ބަލާލުމުގެ ފުރުސަތު ހޯދައި ދިނުމަށް ކަމަށެވެ. ވިނަރެސް ފްލެޓްތައް ބަލާލުމަށް އާންމުންނަށް އެންމެފުރަތަމަ ހުޅުވާލި ފުރުސަތުގައި 11000މީހުން އެ ފްލެޓްތައް ބަލާލުމަށް ނަން ނޯޓުކޮށްފައިވާ […]

ބަންގްލަދޭޝް އާއި އިންޑިޔާގައި ފެންބޮޑުވެ އެތައް ބަޔެއްގެ ފުރާނަ ގެއްލެނީ

ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހުޅަނގު މޫސުމުގެ ވިއްސާރާގައި އިންޑިޔާ އާއި ބަންގްލަދޭޝްގެ އެކި ސަރަހައްދު ތަކުގައި ފެން ބޮޑުވެ އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. މި އަހަރުގެ ވިއްސާރާގައި މިހާތަނަށް 41 މީހުން މަރުވެފައިވާ ކަމަށް މީޑިޔާ ތަކުން ރިޕޯޓުކޮށްފައިވެއެވެ.  ބަންގްލަދޭޝްގެ އުތުރާއި އިރުމަތީގެ ސަރަހައްދުތަކުގެ ސަހަރުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ސްކޫލުތަކުގައި ކިޔަވައިދިނުން ވަގުތީގޮތުން ހުއްޓާލައި އެތަންތަން ވަނީ އެމަޖެންސީ އެހީދޭ ސެންޓަރުތަކަކަށް ބަދަލުކޮށްފައެވެ.  ފެންބޮޑުވުމުގެ އިތުރުން ވިއްސާރާގައި ހޮނު އެޅުމުގެ ހާދިސާތަކުގައި މިހާތަނަށް […]

ގައުމީ ސަލާމަތަށް ނުރައްކާ: އެމެރިކާއިން ޔޫކްރޭނަށް ޑްރޯން ނުވިއްކާނެ، ނުވެސް ދޭނެ 

އެމެރިކާއިން ޔޫކްރޭނަށް ކުރިން ވިއްކަން ކަނޑައަޅާފައިވާ މިސައިލު ބޭނުންކޮށްގެން ހަމަލާ ދެވޭވަރުގެ ބޮޑު ހަތަރު ޑްރޯން ގައުމީ ސަލާމަތަށް ނުރައްކައު ވެދާނެ ކަމަށް ބަލައި ޔޫކްރޭނަށް ނުވިއްކާ ގޮތަށް އެމެރިކާއިން ނިންމައިފިއެވެ. އެމެރިކާގެ ދިފާއީ ވުޒާރާގެ އިސް ބޭފުޅަކު ވިދާޅުވިގޮތުގައި އެމެރިކާގެ ޑްރޯން ޔޫކްރޭނަށް ނުވިއްކާ ގޮތަށް ނިންމީ އެއިން ޑްރޯނެއް ދުޝްމަނުންގެ އަތްދަށަށް ހިނގައްޖެނަމަ އޭގެ ބޭނުންކޮށްގެން އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކޮށްފާނެތީއެވެ. އެމެރިކާގެ ދިފާއީ ވުޒާރާގެ އިސްބޭފުޅަކު ވިދާޅުވިގޮތުގައި ޑްރޯންގައި ހަރުކޮށްފައިވާ ރާޑައާއި އެހެން […]

ސަންދާނުގެ ދުރުމިން ދުނިޔެ

ފާއިތުވެގެން ދިޔަ ހަފްތާގައިވެސް ދުނިޔޭގެ މަސްރަހުގައި ފާހަގަ ކުރެވިގެންދިޔަ ކަންތައްތަކަކީ ކޮބައިތޯ ސަންދާނުގެ ދުރުމިން ބަލަމުން ގެންދިޔައީމެވެ. އެ ދުރުމީގެ ފޯކަސް އެންމެބޮޑަށް ޚާއްސަކުރަމުން ގެންދިޔައީ މިދުނީޔޭގައި ދިރިއުޅޭ އިންސާނުންގެ ދިރިއުޅުމަށް އަންނަމުންދާ ރަނގަޅު އަދި ނުރަނގަޅު ބަދަލުތައް ދެނެގަތުމުގެ މައްޗަށެވެ. މިގޮތުން އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު ބައެއް ކަންތައް ކިއުންތެރިންނާއި ހިއްސާކޮށްލަމެވެ.                                       މިދިޔަ އާދިއްތަ ދުވަހު […]

ވެރިކަމުގެ ބޭނުމުގައި ރައްޔިތުންނަށް ބިކަވާފަދަ ސިޔާސީގޭމު ކުޅުން ހުއްޓަވާލައްވާ

ވެރިކަން ބޭނުންވިޔަސްވެސް އިސްލާމީ ޝަރީޢަތާ ޢަދުލުއިންސާފު ނެތިކޮށްލުމަށް ވާގިވެރިވުމަކީ މުސްލިމަކަށް ހުއްދަވާނެ ކަން ކަމެއްނޫނެވެ. މިރާއްޖޭގެ ތާރީޚަށް ނަޒަރު ހިންގާލުމުން ފެންނާންހުރި ޙަގީގަތަކީ ރައްޔިތުންގެ ރުހުން ގަނެފައިވާ ސިޔާސީ ލީޑަރަކު ވެރިކަމަށް ކުރިމަތި ލާނެހެން ހީވާނަމަ  ފައިސާއާ ބާރުގެބޭނުން ކޮށްގެން އެލީޑަރަކު ވުޖޫދުން ފޮހެލުމެވެ. ހިތާމަޔާއި އެކު ދަންނަވަން ޖެހެނީ ހަމަ މިއަދުގެ ޙާލަތަކީވެސް މިއީކަމެވެ. މިގަރުނުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ ބައެއްލީޑަރުން ވަނީ ވެރިކަމުގެ ލައްޒަތާ ޖާހަތައްޓަކާ އެތަކެއް ދިވެހި ރައްޔިތުން އެމީހުންގެ ޙައްގުތަކުން މަޙުރޫމް ކޮށްފައެވެ. އަދިހަމަ އެހެންމެ ވެރިކަން ލިބިދާނެ ކަމަށް ބެލެވޭ ސިޔާސީ ލީޑަރަކު ގައުމުން ފާޅުވެއްޖެނަމަ އެޝަޚުސިއްޔަތް އޮފު ކަނޑުވާލުމަކީވެސް ހިންގާފައިހުރި އަނިޔާވެރި ޢަމަލު ތަކެވެ. […]