ބަންގްލަދޭޝް އާއި އިންޑިޔާގައި ފެންބޮޑުވެ އެތައް ބަޔެއްގެ ފުރާނަ ގެއްލެނީ

Loading

Facebook
Twitter
WhatsApp

ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހުޅަނގު މޫސުމުގެ ވިއްސާރާގައި އިންޑިޔާ އާއި ބަންގްލަދޭޝްގެ އެކި ސަރަހައްދު ތަކުގައި ފެން ބޮޑުވެ އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. މި އަހަރުގެ ވިއްސާރާގައި މިހާތަނަށް 41 މީހުން މަރުވެފައިވާ ކަމަށް މީޑިޔާ ތަކުން ރިޕޯޓުކޮށްފައިވެއެވެ. 

ބަންގްލަދޭޝްގެ އުތުރާއި އިރުމަތީގެ ސަރަހައްދުތަކުގެ ސަހަރުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ސްކޫލުތަކުގައި ކިޔަވައިދިނުން ވަގުތީގޮތުން ހުއްޓާލައި އެތަންތަން ވަނީ އެމަޖެންސީ އެހީދޭ ސެންޓަރުތަކަކަށް ބަދަލުކޮށްފައެވެ. 


ފެންބޮޑުވުމުގެ އިތުރުން ވިއްސާރާގައި ހޮނު އެޅުމުގެ ހާދިސާތަކުގައި މިހާތަނަށް 21 މީހުން މަރުވެފައިވާ ކަމަށްވެސް އެ ގައުމުގެ ކަމާ ބެހޭފަރާތްތަކުން މައުލޫމާތު ދެއްވިއެވެ. 

ކޮންމެ އަހަރެއްގެ ހުޅަނގު މޫސުމުގައިވެސް އިންޑިޔާ އާއި ބަންގަލަދޭޝްގެ އެކި ހިސާބު ތަކުގައި ފެންބޮޑުވެ މީހުންގެ ފުރާނަ އަށް ނުރައްކާވާ ހިސާބަށް ކަންކަން ގޯސްވެއެވެ. ނަމަވެސް ފަހުގެ ތާރީޚަށް ބަލާލާ އިރު މި މައްސަލަ ވަނީ އިތުރަށް ގޯސްވެފައެވެ. 

ކަމާ ބެހޭ މާހިރުން ދެކިލައްވާ ގޮތުގައި މިއީ  ދުނިޔެ ހޫނުވެ، މޫސުން ބަދަލުވުމާއި ގުޅިގެން ދިމާވާ ކަމެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް