ގައުމީ ސަލާމަތަށް ނުރައްކާ: އެމެރިކާއިން ޔޫކްރޭނަށް ޑްރޯން ނުވިއްކާނެ، ނުވެސް ދޭނެ 

Loading

Facebook
Twitter
WhatsApp

އެމެރިކާއިން ޔޫކްރޭނަށް ކުރިން ވިއްކަން ކަނޑައަޅާފައިވާ މިސައިލު ބޭނުންކޮށްގެން ހަމަލާ ދެވޭވަރުގެ ބޮޑު ހަތަރު ޑްރޯން ގައުމީ ސަލާމަތަށް ނުރައްކައު ވެދާނެ ކަމަށް ބަލައި ޔޫކްރޭނަށް ނުވިއްކާ ގޮތަށް އެމެރިކާއިން ނިންމައިފިއެވެ.

އެމެރިކާގެ ދިފާއީ ވުޒާރާގެ އިސް ބޭފުޅަކު ވިދާޅުވިގޮތުގައި އެމެރިކާގެ ޑްރޯން ޔޫކްރޭނަށް ނުވިއްކާ ގޮތަށް ނިންމީ އެއިން ޑްރޯނެއް ދުޝްމަނުންގެ އަތްދަށަށް ހިނގައްޖެނަމަ އޭގެ ބޭނުންކޮށްގެން އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކޮށްފާނެތީއެވެ.

އެމެރިކާގެ ދިފާއީ ވުޒާރާގެ އިސްބޭފުޅަކު ވިދާޅުވިގޮތުގައި ޑްރޯންގައި ހަރުކޮށްފައިވާ ރާޑައާއި އެހެން ސާމާނުތައް ރަޝިއާގެ ސިފައިންގެ އަތްދަށަށް ހިނގައްޖެ ނަމަ އެތަކެތީގެ ބޭނުން ކޮށްގެން ރަޝިއާއިން އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކައު ކުރުމުގެ މަގު ފަހިވެގެންދާނެއެވެ. ޔޫކްރޭނަށް ޑްރޯން ނުވިއްކުމަށް ނިންމީ ދިފާއީ ވުޒާރާގެ ކަމާ ބެހޭ އިސް ބޭފުޅުންގެ މަޝްވަރާ ބައްދަލުވުމަކަށް ފަހުގައެވެ

ފަހުގެ ޓެކްކޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ ”ގްރޭ އީގަލްސް ޑްރޯން“އެއް

ދިފާއީ ވުޒާރާ، ޕެންޓަގެންގެ ތަރުޖަމާނު ވިދާޅުވިގޮތުގައި އެމެރިކާއިން އުފައްދާ ހަތިޔާރު އެހެން ގައުމުތަކަށް ވިއްކައި ގައުމުތަކަށް ފޮނުވުމުގެ ކުރިން ޓެކްނޮލޮޖީގެ ސަލާމަތާ ގުޅޭގޮތުން މަޝްވަރާކޮށް ހެދުމަކީ އާއްމު ކަމެކެވެ. އޭނާ ވިދާޅުވިގޮތުގައި ޔޫކްރޭނަށް ޑްރޯން ނުވިއްކަން ނިންމީ އެފަދަ ބައްދަލުވުމަކަށް ފަހުގައެވެ.

އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން ހަދާފައިވާ ޑްރޯނަކީ މިސައިލާއި އެހެނިހެން ހަތިޔާރުން ދުޝްމަނުންގެ އަމާޒުތަކަށް ހަމަލާ ދެވޭގޮތަށް އުފައްދާފައިވާ ވަރަށް ފެންވަރު ރަނގަޅު ޑްރޯންތަކެކެވެ. އެއިން ޑްރޯންއެއްގެ އަގަކީ 10 މިލިއަން ޑޮލަރެވެ.

ނޭޓޯގެ ގައުމުތަކުގެ މަޝްވަރާ ބައްދަލުވުމަކަށްފަހު ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ރަޝިއާއާ ދެކޮޅަށް ޔޫކްރޭނުން ކުރަމުންދާ ހަނގުރާމައަށް އެހީތެރިވުމުގެ ގޮތުން ނޭޓޯއިން ގިނައަދަދެއްގެ ހަތިޔާރު ޔޫކްރޭނަށް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

ރަޝިއާއިން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގައި ރަޝިއާއަށް ގެއްލުންތަކެއް ލިބުނުކަމަށް ވިޔަސް ރަޝިއާއިން ދަނީ އެ ހަނގުރާމައިން ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ

Loading

One Response

  1. އެމެރިކާ ދުނިޔޭގައި ނިކަމެތިވެ އެއްވެސް ބާރެއްނެތް ޤައުމަކަށް ހަދާލާބަޔަކު ވެގެންދާނީ ދުނިޔެ އަމާންކުރާ ބަޔަކަށް އުންމީދުކުރަނީ އެއީ ރަސިޔާ ވާނެކަމަށް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް