އައިޓޫޔޫޓޫ ބައްދަލުވުން ޖުލައިމަހު ބާއްވަނީ.. 

Loading

Facebook
Twitter
WhatsApp

އިންޑިޔާ، އިޒްރޭލު، ޔޫއޭއީ އަދި އެމެރިކާ ހިމެނޭގޮތުން އުފައްދާފައިވާ (އައިޓޫޔޫޓޫ) I2U2ގުރޫޕުގެ ފުރަތަމަ އޮންލައިން ބައްދަލުވުން ބާއްވަން ނިންމައިފިއެވެ.  މި ބައްދަލުވުން ބާއްވަން ނިންމާފައިވަނީ މި ހިނގާ 2022 ވަނަ އަހަރުގެ ޖުލައިމަހުގައެވެ.

ވައިޓް ހައުސް އިން މައުލޫމާތު ދޭ ގޮތުގައި (އައިޓޫޔޫޓޫ) ގުރޫޕު އުފައްދާފައިވަނީ އެމެރިކާއާ ދުނިޔޭގެ އެހެން ޤައުމުތަކާ އޮންނަ ގުޅުން އިތުރަށް ރަނގަޅުކުރުމަށް އެމެރިކާ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.

މި ގުރޫޕުގެ އެންމެ ފުރަތަމަ ބައްދަލުވުން 2022 ވަނަ އަހަރުގެ ޖުލައިމަހު ބާއްވަން ނިންމާފައިވާއިރު، މި ބައްދަލުވުމުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއާއި އެމެރިކާގެ ރައީސް ޖޯ ބައިޑެން، އިޒްރޭލުގެ ބޮޑުވަޒީރު ނެފްތަލީ ބެންނެތު އަދި ޔޫއޭއީގެ ރައީސް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މި ހަތަރު ޤައުމުގެ އިސްވެރިން މަޝްވަރާކުރަން ހަމަޖެހިފައިވަނީ ކާބޯތަކެތީގެ މައްސަލަތަކާއި، ޤައުމުތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ އެކި ދާއިރާތަކާ މެދުގައެވެ.

މީގެ އިތުރުން އެމެރިކާގެ ރައީސް ޖޯ ބައިޑެން، ޖުލައި 13އިން ޖުލައި 16 އަށް މެދުއިރުމަތީގެ ސަރަހައްދުތަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި އިޒްރޭލު، ވެސްޓް ބޭންކް އަދި ސައުދީ އަރަބިއްޔާއަށް ޒިޔާރަތް ކުރައްވާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް