އިންޑިއާގެ ޔޯގާއަށް ނަޒަރެއް .. 

Loading

Facebook
Twitter
WhatsApp


އިންސާނާ އުޅެމުން މިދާ ދުނިޔެއަކީ ތަފާތު ކަންކަމާއި ކުރިމަތިލާންޖެހި، ނަފުސަށް ތަފާތު އިޙްސާސްތަކެއް ތަޙައްމަލުކުރަމުންދާ ދުނިޔެއެކެވެ. އެ ގޮތުން ކަންބޮޑުވުމާއި، ހާސްކަމާއި ހިތާމަތައް ސިކުނޑިއަށާއި ޖިސްމަށް ކުރުވަތެވެ. ވުމާއިއެކު މިކަންކަމުން އަރައިގަތުމަށް އެ އިންސާނާ އަބަދުވެސް ބޭނުންވާނެތެވެ.

މިކަންކަން އިންސާނިއްޔަތުގެ މެދުގައި އޮންނާނެކަން ކާއިނާތުގެ ވެރި ރައްބު ދެނެވޮޑިގެން ވުމާއިއެކު އެ އިލާހުވަނީ އެކަންކަމުން އަރައިގަންނާނެ މަގުތައް އެ އިންސާނާއަށް ދައްކަވާ ދެއްވާފައެވެ. މި ގޮތުން ޝިފާއެއް ގޮތުގައި ޤުރުއާން ބާވައިލައްވާ ޖިސްމަށް ހަމަޖެހުމެއް ކަމުގައި ނަމާދުކުރުން (ޙަރަކާތްތަކެއް)ލައްވާފައިވެއެވެ. ޤަވާއިދުން މިކަންކަމުގެ ތެރޭގައި އުޅޭ މީހަކަށް އެނގިވަޑައި ގަންނަވާނެ މިކަންކަމުން ސިކުނޑިއަށާއި ޖިސްމަށް ކުރާ ފައިދާ އެމީހާއަށް އިޙުސާސް ވާނެކަން ކަށަވަރެވެ. މިއީ އިލާހީ ދީނަކަށް ތަބާވާ މީހުންގެ ފަރުވާއެވެ.

ދެންއޮތީ އިލާހީ ދީނަކަށް ތަބާނުވާ ފަރާތްތަކުންވެސް މި މަގުން އެމީހުންގެ ސިކުނޑިތަކާއި ޖިސްމަށް ފަސޭހަކަން ގެންނާނެ ގޮތްތައް ހޯދާނެ ނޫންތޯއެވެ؟ އެގޮތުން މިއަދު މަޝްހޫރު ވެފައިމިވާYOGA އަކީ އެގޮތުން ބައެއްގެ މެދުގައި އުފެދުނު އެއްޗެކެވެ. އެކަން ފެށިފައިއޮތީ Shiva ނަމަކަށް ކިޔާ މީހެއްގެ ފަރާތުންނެވެ. އެއީ މިއަދު ހިންދުސްތާނުގައި ކަލާންގެއެއްގެ ދަރަޖަ ދީފައިވާ ފަރާތެކެވެ.

އިންޑިއާ ހިންދޫން ގަބޫލުކުރާ ލޯޑް ޝިވާ

އެކަން ފެށިފައި އޮތީ މި ދެންނެވި ފަދައިން ރޫޙާނިއްޔަތައް ފަރުވާއެއް ހޯދުމުގެ ބޭނުމުގައި ދީނީ އަސާސްއެއްގެ ގޮތުގައެވެ. އަދި އިރަކީ އެއީ މައިގަނޑު ރަމްޒެއް ގޮތުގައި ދެކި ކުއްތަން ވުމުގެ ގޮތުން، ސިކުނޑިއާއި ހަށިގަނޑު އެ އެއްޗަކަށް (ތަފާތު ގިނަ ޙަރަކާތްތަކުން) ބައްޓަން ކުރެތެވެ (ފޯކަސް). އަޅުގަނޑުމެން ނަމާދުގައި ވަކި ފަރާތަކަށް މުޅި މީހާގެ ސިކުނޑިއާއި ޖިސްމު ހުރިހާ ޚިޔާލުތަކުން އެއްކިބާވެ ބައްޓަންކުރާ ބީދައިންނެވެ.

އެހެންކަމުން އިރު އަރާ ވަގުތަކީ، އާނމުކޮށް (ހެނދުނު ވަގުތު) މިފަދަ ފަރާތްތައް ޖަމާވާ ވަގުތެކެވެ. އަދި މީގެ އިތުރުން މިކަމަކީ ހިންދޫދީނުގެ ރަސްމީ ފޮތް ކަމުގައިވާ ބަގުވަތުޤީތާ/ވޭދާސް ފަދަ ފޮތްތަކުން ނަކަލު ކުރެވިފައިވާ އެއްޗެކެވެ.

މިޒަމާނުގައި މިކަން YOGA މަޝްހޫރުކޮށްފައި މިވަނީ، ދީނަކަށް ނިސްބަތްނުކޮށް އެހެނަސް ޝަޤާފަތެއްގެ ގޮތުގައި އެބައެއްގެ އާދަކާދަތަށް އެހެނިހެން މުޖުތަމަޢުތަކުގެ ތެރޭގައި އަހުލުވެރިކުރުވުމަށެވެ. (ފިކުރީގޮތުންނެވެ) މިއަދުވެސް މިކަންކަން ފެތުރުމުގައި އެންމެ މުލުގައި ތިއްބެވީ މިދެންނެވި ހިންދޫ/ބުދިސްޓު ދީންތަކަށް ނިސްބަތްވާ ޝިވާއަށް ކަލާންގެ ދަރަޖް ދީގެން އުޅޭ ފާދިރީންނެވެ.

އޭގައި (އެބަހީ) YOGA ގައި ކުރާ ބައެއް ޙަރާކަތްތަކުން، ސިކުނޑިއަށާއި ޖިސްމަށް ލުއިކަން ގެނެސްދިންކަމުގައި ވިއަސް، މީގެ އަސްލެއް (މައިގަނޑު) ބަދަލެއް ނުވާނެތެވެ.


{ لَا تَسۡجُدُوا۟ لِلشَّمۡسِ وَلَا لِلۡقَمَرِ وَٱسۡجُدُوا۟ لِلَّهِ ٱلَّذِی خَلَقَهُنَّ إِنكُنتُمۡ إِیَّاهُ تَعۡبُدُونَ } Surah Fussilat: 37

އުންމީދު ކުރަނީ މި މެސެޖު ގިނަ ބަޔަކަށް ފޯރާނެކަމަށެވެ. إنشاء الله.

– އަތުހަރު އަޙުމަދު -–

Loading

3 Responses

  1. އަޚުތަރު އަޙުމަދުގެ މިވާހަކައިން އެނގުނީ ދިވެހިންވެސް މިކަން ދޫކޮށް ނުލާށެވެ. ކުރިޔަށްގެންދަންވީކަމަށެވެ. ސަރުކާރުންވެސް ބޭނުންވާ ކަމެއްކަމުގައެވެ. ހިންދޫދީންތަކުގެ ޘަޤާފަތް ދިރުވީކަމެވެ.

  2. މި މޯޑީ އަތުން ކިހާވަރެއް ނަގައިގެންތަ އެމްޑީޕީގެ އިބޫ މިސަކަރާތް މިޖަހަނީ؟ ކުރޮޅިއަކަށް ވެރިކަން ލިބުނީމާ ވެރިކަން ހިފަހަށްޓަން އިންޑިއާ މިލިޓަރީގެނެސްގެން 2023ގައި ވެސް ވެރިކަމަށް އަންނަން. ހާދަ ދެރަކަމެކޭ. ދިވެހިންނާއި އިންޑިއާ މީހުންނާ އެއްވެސް މައްސަލަ ނެތި އޮއްވާ ހަމަ ވެރިކަމުގެ ދަހިވެތި ކަމުގައި ހެޔޮނުވާނެ މިފަދަ ފިތުނަ އުފައްދަން. ދެން ގަރާރު ފާސްކޮށްގެން ވެސް މޯދީ ބޭނުންވާގޮތް ވާންޖެހޭ ހެއްޔެވެ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް