އީރާނުގެ މުސްލިމުންނަށްޓަކައި މިރޭ ދުޢާ ކުރައްވާށެވެ!

އެމެރިކާގެ ވެރިކަމުގައި ހުރި ނުބައި ނުލަފާ ޓްރަމްޕް އީރާނަށް އާދަޔާއި ޚިލާފް ޙަމަލާ ތަކެއް މިރޭ ދޭނެ ކަމުގެ އިންޒާރު އަންނަނީ ދެމުންނެވެ. މި ދޮގުވެރިޔާގެ ބަސް ތެދު ކަމުގައިވަނީނަމަ މިރެޔަކީ އީރާނުގެ މުސްލިމް އަޚުންނާއި އުޚުތުންނަށް ނުރައްކާތެރިކަން ބޮޑު ރެޔަކަށް ވެދާނެއެވެ. އޭނާ ދީފައިވާ ބައެއް އިންޒާރު ތަކުގައި ވަނީ އީރާނުގެ އިންޖީނުގެ ތަކާއި ބްރިޖް ތަކާއި މަދަނީ ތަންތަނަށް މާވަރުގަދަ ޙަމަލަ ތަކެއް ދޭނެ ކަމުގައެވެ. މުޅި އީރާން އެއްކޮށް ފަނާ ކޮށްލާނެ ކަމުގައިވެސް […]

އަހުލުބައިތުންދެކެ ނުރުހުމަކީ މުނާފިޤުކަމުގެ ޢަލާމަތެކެވެ.

ޢަލީގެފާނުދެކެ ލޯބިވުމާއި އެކަލޭގެފާނުގެ ޤަދަރަށް އުނިކަން ލިއްބައިދޭ ކަންކަމަށް ތިމާގެ ހިތް ބުރަވުމަކީ އެމީހާގެ އީމާންކަމާއި ނިފާޤުކަން ވަޒަންކޮށްދޭ މީޒާނެކެވެ.މާތްﷲ ވަޙީކުރައްވާފައިވެއެވެ: ”قُلْ لَا أَسْأَلُكُمْ عَليهِ أَجْرًا إِلَّا الْمَوَدَّةَ فِي الْقُرْبَى“ (އަލްޝޫރާ: 23). މިއާޔަތުގެ މާނައަކީ: ”އޭރަސޫލާއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ދީނަށް ގޮވައިލެއްވުމުގައި، ތިޔަބައިމީހުންގެ ކިބައިން ތިމަންކަލޭގެފާނުގެ ގާތްތިމާގެ މީހުންދެކެ ލޯބިވުން ފިޔަވައި ، އެއްވެސް އުޖޫރައަކަށް ތިމަންކަލޭގެފާނު އެދިވަޑައެއް ނުގަންނަވަމެވެ.“ މިއާޔަތުގެ ތަފްސީރުގައިވާ އެއްބަސްފުޅަކީ، އިތުރު އެކަލޭގެފާނުގެ އަހުލުބައިތުންނާއި ގާތްތިމާގެ ބޭފުޅުންދެކެ […]

އީރާނުގެ އިސްލާމީ އިންޤިލާބުގެ ލީޑަރު، އާޔަތުﷲ ސައްޔިދު މުޖްތަބާ ޚާމަނޭއީގެ ފުރަތަމަ މެސެޖުގެ ދިވެހި ތަރުޖަމާ:

سْمِ اللهِ الرَّحْمٰنِ الرَّحِيْمِ ”މާތްﷲގެ އިސްމުފުޅުން ފަށަމެވެ. އެކަލާނގެއީ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ.“ ”ތިމަންރަސްކަލާނގެ ނަސްޚު ކުރައްވައިފި އާޔަތެއް، ނުވަތަ ތިމަންރަސްކަލާނގެ ހަނދުމަނައްތަވައިފި އާޔަތެއްގެ ބަދަލުގައި، އެއަށްވުރެ ހެޔޮ ނުވަތަ ހަމަ އެފަދަ އާޔަތެއް ތިމަންރަސްކަލާނގެ ގެނެސްދެއްވާ ހުށީމެވެ“ ▪️ﷲގެ މަގަށް ގޮވާލައްވާ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ނިޝާންތައް އުނގަންނައިދެއްވި މާތް ނަބިއްޔާއަށް ސަލާމް ހުއްޓެވެ. ﷲގެ ދީން ގާއިމުކުރައްވާ، އެކަލާނގެ މަގަށް ހުޅުވިފައިވާ ދޮރާށްޓަށް ސަލާމް ހުއްޓެވެ. ﷲގެ ޙައްޤު ބަސްފުޅަށް ނަޞްރުދެއްވާ، އެކަލާނގެ ޚަލީފާއަށް […]

އާޔަތުﷲ ޚާމަނާއީ ހިމެނިވަޑައިގަތީ މި ފަހުގައި އިސްލާމީ އުންމަތުގައި އުފެދުނު ބޮޑެތި ޤާއިދުންގެ ތެރެއިންނެވެ.

ޝައިޠާނީ އިސްރާއީލާއި އަދި އެމެރިކާގެ ޙަމަލާގައި، އީރާނުގެ އިސްލާމީ އިންޤިލާބުގެ އެންމެ މަތީ ވެރިޔާ، އާޔަތުﷲ ސައްޔިދު ޢަލީ ޙުސައިނީ ޚާމަނާއީ ޝަހީދުވެވަޑައިގެންފިކަން އީރާނުގެ ދައުލަތުގެ ޓީވީން އިޢުލާންކޮށްފިއެވެ. މި ޙަމަލާގައި ޚާމަނާއީގެ ދަރިކަނބަލުންނާއި، ދަނބި ދަރިކަލުންނާއި ކާފަ ދަރިކަލުންވެސް ޝަހީދުވެފައިވާ ކަމުގައި ވެއެވެ. ޚާމަނާއީ އެ ޝަހީދުވެ ވަޑައިގަތީ މި އުންމަތުގެ އެންމެ ނުބައި ދުޝްމަނުންނާއި ކެރިގެން ކުރިމަތިލުމުގައި ލާމަސީލު މިސާލެއް ދައްކަވަމުންނެވެ. ރަމަޟާން ރޯދަ މަހުގައެވެ. ސީދާ ހަނގުރާމައިގެ މައިދާނުގައި ހުންނަވަނިކޮށެވެ. ދާއޫދު ގެފާނާއި […]

علم އުގެނުމަށް إسلآم ދީނުގައި ދެއްވާފައިވާ އަހަމިއްޔަތު

علم އުގެނުމަށް إسلآم ދީނުގައި ދެއްވާފައިވާ އަހަމިއްޔަތާއި އުނގެނޭ މީހުންނަށް މިންވަރުކޮށް ދެވާފާއިވާ މަތިވެރި ނިޢުމަތްތަކާއި ، ޢިލްމު އުނގެނުމުން ﷲ ގެ ކަށުކުޅަދުންވައްތަ ކަމާއި އެއްކައުވަންތަކަން ދެނެގަނެވޭނެ ކަމާއި، އުޑާއި ބިމުގައިވާހާ އެއްޗަކާއި ކާއިނާތުގައި ވާހާ އެއްޗަކީ އެކަލާންގެ އަށް މިލްކުވެ ވޮޑިގެންވާ ތަކެތިކަމާއި ދަންނަ މީހުންނާއި ނުދަންނަ މީހުން ހަމަހަމަ ނުވާނެކަން ވެސް ޢިލްމުން އިންސާނާއަށް ދެނެގަނެވެއެވެ.   ޢިލްމުގެ ތެރޭގައި ސައިންސާއި ޓެކްނޮލޮޖީ އާއި ފަލަކީ އިލްމާއި ހިސާބު ޢިލްމު ހިމެނޭނެއެވެ. ދަންނަންޖެހޭ […]

މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމުގެ ނުބައިކަން

މާތް ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. މީހެއްގެ މުދަލެއް އަތުލައިގަތުމަށްޓަކައި ދޮގުވެރި ޙާލުގައި ހުވާކުރިމީހާ ދަންނާށެވެ! އެމީހާ ﷲއާ ބައްދަލުކުރާނީ އެކަލާނގެ އޭނާ ދެކެ ރުހިވޮޑިނުގަންނަވާ ޙާލުގައެވެ. “ ( ބުޚާރީ މުސްލިމު)މާތް ﷲ ރުއްސުންލެއްވި އިބުނި މަސްޢޫދު އަރިހުން އަރިހުން ރިވާވެގެންވޭ މާތް ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. އެއްވެސް ޙަޤީޤަތެއް ނެތި މުސްލިމެއްގެ މުދާ ހުވާ ކޮށްގެން އަތުލާމީހާ ޤިޔާމަތް ދުވަހުން މާތް ﷲ އާ […]

ޤުރުއާނާއި ޙަދީސުގެ އަލީގައި އީރާން

އަޅުގަނޑު އީރާން ދެކެ ލޯބިވެ ސަޕޯޓުކުރާ ތަފާތު ސަބަބުތައް އެބަހުއްޓެވެ. އެއީ :1- އެތާގެ ރައްޔިތުންގެ 99% އަކީ މުސްލިމުން ކަމުގައި ވާތީއެވެ. 2- އެމީހުންގެ ތައުރީފުގައި ކީރިތި ރަސޫލާ صلعمގެ މިޙަދީސު ބަސްފުޅު އައިސްފައިވާތީއެވެ. وَالَّذِي نَفْسِي بِيَدِهِ لَوْ كَانَ الْإِيمَانُ مَنُوطًا بِالثُّرَيَّا لَتَنَاوَلَهُ رِجَالٌ مِنْ فَارِسَ (މާނައީ ﷲ ގަންދީ ވިދާޅުވަމެވެ. ޢިލްމާއި އީމާންކަން އަސްމާނީ ތަރިތަކުގައި އެލުވިފައި ހުއްޓަސް ފާރިސް ކަރައިގެ (އީރާނު) މީހުން އެކަންކަން ޙާޞިލުކުރާނެއެވެ.) [މިއީ […]

ފަލަސްތީނަށް ވެރިވެގަނެގެން އުޅެނީ ޒައަނިސްޓް ޓެރަރިސްޓް ޖަމާޢަތެކެވެ.

ފަލަސްޠީނުގެ ބިމުގައި އިޒްރޭލު ކިޔާ ޓެރަރިސްޓް ދައުލަތެއް އިނގިރޭސިންނަށް އުފެއްދުނީ، ޢަރަބިންގެ ޣަފުލަތުންނެވެ. އިނގިރޭސިވިލާތާއި ހުޅަގުގެ މަޞްލަޙަތަށްޓަކާ ފަލަސްޠީނުގެ ބިމުގައި، ފުރަތަމަ ޒައަނިސްޓް ޓެރަރިސްޓް ޖަމާޢަތަކުން އުފެއްދި ޤައުމަކީ، އިނގިރޭސިވިލާތް ކަމަށް ވިޔަސް އިނގިރޭސިވިލާތަށް އެކަނި އިޒްރޭލު ޙިމާޔަތް ކޮށްދިނުމަކީ ނާދިރުކަމަކަށް ވުމުން އެމެރިކާ އާއި  ޖަރުމަނާއި ފްރާންސް އާއި އިޓަލީ އަދި މިނޫން ހުޅަގުގެ ޤައުމުތައް ބައިވެރިކުރުވިއެވެ.އަބަދުވެސް އިސްލާމުންނަށް ގޯނާއެއް ކުރެވެން އޮތިއްޔާ މިކާފަރުންތައް އެއްބައިވެތެވެ.  އިޒްރޭލު އުފެއްދުނީއްސުރެއް އިޒްރޭލު ޙިމާޔަތްކުރުމުގައި ފަލަސްޠީނާއި އެއްބޯޑަރެއް ޙިއްސާކުރަން […]

އެވަގުތު މާތްވަނީ ކީއްވެގެން ހެއްޔެވެ!

ކޮންމެ ރެއެއްގެ ހާރުދަންވަގުތަކީ މާތްކުރެވިފައިވާ ވަގުތުކޮޅެކެވެ.އެވަގުތު ކޮޅަކީ ގާތްގަޑަކަށް1:30ފެށިގެން އަންނަ ވަގުތުތަކެވެ. އެވަގުތު މާތް ވަނީ އެވަގުތަކީ، ﷲ އެކަލާނގެ ޛާތުފުޅާ އެކަށީގެންވާގޮތެއްގެމަތީން ދުނިޔޭގެ އުޑަށް ފައިބައި ވޮޑިގަންނަވާ ވަގުތުކޮޅެކެވެ. އެވަގުތުކޮޅުގައި އެކަލާނގެ އަންނަނިވި ކަންކަމުގެނިދާ އިއްވައެވެ. އެއީ; ދުޢާކުރާމީހާގެ ދުޢާ އިޖާބަކުރަށްވާނެ ވާހަކައެވެ.ކަމަކަށްއެދި ދަންނަވާ މީހާގެ އެކަމެއް ފުރިހަމަ ކޮށްދެއްވާނެ ވާހަކައެވެ.ފާފަ ފުއްސަވާދެއްވުން އެދި ދަންނަވާމީހާގެ ފާފަތައް ފުއްސަވާދެއްވާނެ ވާހަކައެވެ.ފަތިސްނަމާދުވަގުތު ވަންދެން މިގޮތަށް ނިދާއިއްވުމުގައިﷲދެމިވޮޑިގެންވެއެވެ.މި ވާހަކަ އައިސްފައިވަނީإمَامُ مُسْلِمُއާއި އެހެނިހެން އިމާމުން ރިވާކުރަށްވާފައިވާصَحَّޙަދީޘްތަކުގައެވެ. އެހެންކަމުން ބަރަކާތްތެރިرَمَضَانމަހަކީ […]

ކުރު ވާހަކަ:ދަރިފުޅު ކަދުރު ގެނެސްފައި އޭގެ އޮށް ނުނަގަމެއް ނޫން ހެއްޔެވެ؟

ފަތިސް ނަމާދަށް ފަހު، އަބޫ ބަކުރުގެފާނު، ކޮންމެ ދުވަހަކު ވެސް، މަދީނާގެ ރަށް ބޭރަށް ވަޑައިގެން، ކުޑަކުޑަ ގެގަނޑަކަށް ވަންނަވައި، ވަގުތުކޮޅެއް ހޭދަކޮށްލައްވާތީ އެކަމާ ދިމާއަށް އުމަރުގެފާނުގެ ސަމާލުކަން ދިޔައެވެ. އާންމު ގޮތެއްގައި، އަބޫ ބަކުރުގެފާނު ކުރައްވާ ކަންކަން އުމަރުގެފާނު ދެނެވަޑައިގަނެއެވެ. ނަމަވެސް، ރަށްބޭރުގައި ހުންނަ މި ގެއަށް އަބޫ ބަކުރު ވެދެވަޑައިގަންނަވީ ކީއްވެގެން ކަމެއް، އެކަމުގެ ސިއްރަކީ ކޮބައި ކަމެއް، އެއްގޮތަކަށް ވެސް އުމަރުގެފާނަކަށް އެނގިވަޑައިގެން ނުވެއެވެ. ކޮންމެއަކަސް، މިގޮތުގައި، ދުވަސްތައް ހޭދަވަމުން ދިޔައެވެ. އަބޫ […]