ވިނަރެސް ފްލެޓްތައް ބަލާލުމުގެ ފުރުސަތު އިތުރުކޮށްފި

Loading

Facebook
Twitter
WhatsApp

ހުޅުމާލޭގެ ދެވަނަފިޔަވަހީގައި ސަރުކާރުން އިމާރާތްކޮށްފައިވާ ވުނަރެސް ފްލެޓްތައް ބަލާލުމަށް އެޗްޑީސީން ހުޅުވައިލި ފުރުސަތު އިތުރުކޮށްފިއެވެ.

އެޗްޑީސީން ބުނީ ވިނަރެސް ފްލެޓްތައް ބަލާލުމުގެ ފުރުސަތު އިތުރުކުރީ ކުރިން އެ ފުރުސަތު ހުޅުވާލުމުން ލިބުނު ތަރުހީބު ބޮޑުވެ އިތުރު ފުރުސަތުތައް އިތުރުކުރުމަށް ގިނަ އަދަދެއްގެ ބަޔަކު އެދެމުން އަންނާތީ ވީހާވެސް ގިނަ ފަރާތްތަކަކަށް ފްލެޓްތައް ބަލާލުމުގެ ފުރުސަތު ހޯދައި ދިނުމަށް ކަމަށެވެ.

ވިނަރެސް ފްލެޓްތައް ބަލާލުމަށް އާންމުންނަށް އެންމެފުރަތަމަ ހުޅުވާލި ފުރުސަތުގައި 11000މީހުން އެ ފްލެޓްތައް ބަލާލުމަށް ނަން ނޯޓުކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މި ފްލެޓްތައް ބަލާލުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ހެނދުނު 8:30 އިން މެންދުރުފަހު 2:30 އަށް ފުރުސަތު ދެމުން އަންނަ އިރު ދުވަހކަށް ފުރުސަތުދެނީ 500 މީހުންނަށެވެ.

10 ޓަވަރު ހިމެނޭހެން ތަރައްގީކޮށްފައިވާ ވިނަރެސް މަޝްރޫއުގައި 1344 ފްލެޓު ހިމެނެއެވެ. މިއީ މުޅިންވެސް 3 ކޮޓަރީގެ ފްލެޓްތަކެކެވެ.

ވިނަރެސް ފްލެޓްތައް ތަރައްގީކޮށްފައިވަނީ 4 ކޮންސެޕްޓަކަށެވެ. އެއީ އިނާ ވިއު، އައުޓާ ވިއު، މެރީނާ ވިއު އަދި ސްޓޭންޑާޑް ވިއު އެޕާޓްމެންޓްތަކެވެ. މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނެއެވެ. އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް