ލިވާޠުކުރި މީހާއާއި ލިވާޠުކުރެވުނު މީހާގެ ޢުޤޫބާތް 

ލިވާޠުކުރި މީހާގެ މައްޗަށް އޮތް ޢުޤޫބާތަކީ އޭނާ މެރުން ކަމަށް އަޞްޙާބު ބޭކަލުން ވަނީ އިޖުމާޢުވެ ވަޑައިގެން ފައެވެ. އެ ބޭކަލުންގެ މެދުގައި އިޚުތިލާފެއް އޮތީ އޭނާ މަރާނެ ގޮތަކާމެދުގައެވެ. ބައެއް ބޭކަލުން ވިދާޅުވެފައިވަނީ، އޭނާ އަލިފާނުން އަންދާލުމަށެވެ. މިހެން ވިދާޅުވި ބޭކަލުންގެ ތެރޭގައި ޢަލީގެފާނު ހިމެނިވަޑައިގަންނަވައެވެ.  ލިވާޠުކުރި މީހާ އަލިފާނުން އެންދުމުގެ ރަަޢުޔަށް ބާރުދެއްވި ބޭކަލުންގެ ތެރޭގައި އަބޫބަކުރުގެފާނު ހިމެނިވަޑައި ގަންނަވައެވެ. ބައެއް އަޞްޙާބު ބޭކަލުން ވިދާޅުވެފައިވަނީ ލިވާޠުކުރި މީހާ، އެ މީހާ ހުރި ރަށެއްގައިވާ އެންމެ އުސް ތަނެއްގެ މަތިން […]

ރަޝިޔާ ޔޫކުރޭން ހަނގުރާމަ 

ވިސްނާފިކުރު ނުކޮށް ތިއްބަސް ދުނިޔެއަށް މިދުވަސްވަރު ކުރިމަތިވެފައިވަނީ ނުރައްކާތެރި ހަނގުރާމައިގެ ޙާލަތެކެވެ. އެ ހަނގުރާމައިގާ ސީދާގޮތުންނާއި ނުސީދާގޮތުން ބައިވެރިވަނީ ދުނިޔޭގައި އޮތް އެންމެ ބާރުގަދަ ގައުމުތަކެވެ. މާއްދިއްޔަތާއި ތަނަވަސްކަމުގެގޮތުން ބެލިޔަސް އެންމެ ކުރީ ސަފުގައި ތިބި ގައުމުތަކެވެ. ފަނާކުރަނިވި ހަތިޔާރުތައްވެސް އެންމެ ގިނަ ގައުމުތަކެވެ.  ދުނިޔޭގައި ދިރިއުޅޭ އެންމެހާ އިންސާނުންނާމެދު ގޮތްކިޔަމުންގެންދާ ގައުމުތަކެވެ. އެމީހުންގެ ދުޝްމިނުންނަކީ ދެންތިބިމީހުންގެ ދުޝްމިނުންނަށް ވާންޖެހެއެވެ. އެމީހުންގެ ރުހުންލިބިފައިވާ މީހުންނަކީ އަނެކުންގެ ރުހުންލިބިފައިވާ މީހުން ކަމުގައި ވާންޖެހެއެވެ. އެމީހުންގެ ބާރުހުރި މިންވަރު ރަމްޒީގޮތެއްގައި ހާމަކޮށްލަން ބުނެއުޅެނީ “ މިވެނި ޝަހަރެއް […]

އީރާނާއި އެމެރިކާގެ ދުވަސްވީ ކޯޅުން 

މަޝްހޫރު 2015 ގެ ފަނާކުރަނިވި ހަކަތައިގެ އެއްބަސް ވުމަށް އެމެރިކާ އަލުން ގެނައުމަށްޓަކައި އީރާނާއި އެމެރިކާއިން ކުރިއަށްގެންދިޔަ ނުސީދާ ވާހަކަ ދެއްކުންތައް ޔުނައިޓެޑް ނޭޝަންސްގެ ފަނާކުރަނިވި ޙަކަތައާއި ބެހޭ އޭޖެންސީން ބަލަން ބޭނުންވާ ބެލުންތަކަށް މޮނިޓަރިން ކުރެވޭގޮތަށް ހަރުކޮށްފައިހުރި ކެމެރާތަށް ބުލޮކްކޮށް  އީރާނުން ހުރަސް އެޅުމާގުޅިގެން މިދިޔަ މާރޗްމަހު ފަހު މިހާރު އަނެއްކާ އިތުރު ނުތަނަވަސް ކަމެއް އުފެދެން ފަށައިފިއެވެ.  މި ނުތަނަވަސްކަމެއް އުފެދުނީ އީރާނުގެ ފަނާކުރަނިވި ހަކަތައިގެ މަޝްރޫޢުގައި ގަލްފް ސަރަޙައްދަށާއި މުޅި ދުނިޔެއަށްވެސް އިތުރު ޔަގީންކަން ލިބޭނެގޮތަށް އިރާނުގެ ޙަރަކާތްތައް ބައްޓަން ކުރައްވާނެކަމަށް […]

ޔޫކްރޭން ހަނގުރާމަ: އެމެރިކާއިން 6 ބިލިއަން ޑޮލަރުގެ ހަތިޔާރު ޔޫކްރޭނަށް ދީފި

ރަޝިޔާއިން ޔޫކުރޭނާ ހަނގުރާމަ ފެށިތާ 4 މަސް ފުރިއްޖެއެވެ. މިހާރު ހަނގުރާމައިގެ އެންމެ މުހިންމު ސަރަހައްދަކަށް ވެފައި ވަނީ ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގެ ޑޮންބާސް އެވެ. ޔޫކްރޭންގެ ރައީސްގެ އޮފީހުން ހާމަކުރި ގޮތުގައި އެ ސަރަހައްދުގައި ކުރަމުންދާ ހަނގުރާމައިގެ ނުރައްކަލާއި ބިރުވެރިކަން ވަނީ އިންތިހާއަށް ގޮސްފައެވެ. ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވި ގޮތުގައި ރަޝިއާއިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށީ ރަޝިޔާގެ ސަރަހައްދުތަކަށް ހުޅަނގުގެ ގައުމުތަކުން ޔޫކްރޭން މެދުވެރިކޮށް ބާރު ފޯރުވަން މަސައްކަތް ކުރަމުންދާތީ އެ ކަން ހުއްޓުވައި އެމެރިކާއާއި ހުޅަނގުގެ ވަކިތަކުން ރަޝިއާ ދިފާއުކުރުމަށެވެ. ހަނގުރާމަ […]

ބިންހެލުމުގެ ސަބަބުން ހާލުގައިޖެހިފައިވާ އަފްޣާނިސްތާނު ރައްޔިތުންނަށް އެކި ގަައުމުތަކުން އެހީ ފޯރުކޮށްދެނީ

މީގެ ދެ ދުވަސް ކުރިން އަފްޣާނިސްތާނުގެ ޚަބުލްއަށް ނުރައްކާތެރި ބިންހެލުމެއް އަރައި އެ ގައުމުގެ ބޮޑު ސަރަހައްދެއް ވަނީ އެއްކޮށް ވީރާނާވެފައެވެ. މިހާތަނަށް މި ހާދިސާގައި މަރުވެފައިވާ މީހުންގެ އަދަދު 1000 އަށްވުރެ މައްޗަށް އަރާފައިވާ އިރު އަވަށްޓެރި ގައުމުތަކުން ދަނީ އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން އަވަށްޓެރި އިންޑިޔާއާއި ޕާކިސްތާނުން ވަނީ އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދީ އެކަން އިއުލާނުކޮށްފައެވެ.  އިންޑިޔާގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އިއްޔެގެ ވަގުތެއްގައި އެ ގައުމުން ވަނީ […]

އިންޑިޔާ އާއި އެކު ”ގުޅުން ބަދަހި“ ކުރުމުގެ އަގު ދައްކަންޖެހެނީ ދީން ޤުރުބާންކޮށްގެންބާ! 

ދާދި މިދާކަށް ދުވަހުގެ ކަމެކެވެ. އިންޑިޔާގެ ޓީވީ ބަހުސެއްގައި ވެރިކަންކުރާ ބީޖޭޕީގެ ނެޝަނަލް ސްޕޯކްސްވުމެން ނުޕުލް ޝަރުމާ އާއި ބީޖޭޕީގެ ދިއްލީގެ މީޑިއާ އޮޕަރޭޝަން ހެޑް ނަވީން ކުމާރު ޖިންދާލް މިއުންމަތުގެ ރަސޫލާ މުޙައްމަދު ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަޞައްލަމް އަށް ފުރައްސާރަކުރިއެވެ. މިކަމާއި ގުޅިގެން އިސްލާމީ ޤައުމުތަކުން އިންޑިޔާގެ އުފެއްދުންތައް ބޮއިކަޓްކުރުމަށް ގޮވާލާ މުޒާހަރާކޮށް އެކަން ކުއްވެރިކޮށް ބަޔާންތައް ނެރެ ގަތަރާއި ކުވައިތުން އިންޑިޔާގެ އެމްބެސެޑަރުން ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް ނުރުހުން ފާޅުކުރުމުގެ ގޮތުންދޭ ރަސްމީލިޔުން ހަވާލުކުރިއެވެ. މިއީ ޑިޕޮލޮމެޓިކް ދާއިރާގައި ނުރުހުން ފާޅުކުރުމުގެ އެންމެ މަތީ ދަރަޖައެވެ. […]

ގަލޮޅު ދަނޑުގައި ހިނގާދިޔަ ހާދިސާ ! 

ދިވެހި ރާއްޖެއަކީ ޒަމާނުއްސުރެ ފަށައިގެން ބޭރު ދުނިޔޭގެ ފަރާތްތަކުގެ މެދުގައި މަޤުބޫލު އަދި އެހާމެ ހިތްފަސޭހަ އަމާން މަންޒިލެކެވެ. މިހެންވުމާއިއެކު މިލިއަނުން ބޭރު ޤައުމުތަކުގެ މީހުން އަންނަނީ މި ފަސްގަނޑަށް ޒިޔާރަތްކުރަމުންނެވެ. މިމަގުން މިކަން ދާ މައިގަނޑު ސަބަބަކީ، ދިވެހިރާއްޖޭގެ ދުސްތޫރު ދިވެހި ރައްޔިތުން ބިނާކޮށްފައިވާ މައިގަނޑު އަސާސްގެ ސަބަބުންނެވެ. އެއީ އިސްލާމްދީނެވެ.(AbrahamicMonotheism) އެއް ދީނަކަށް ތަބާވާ، ތަފާތު ދީނީ މަޒުހަބީ ތަޅާފޮޅުން ނެތުމާއި، އެ މައިގަނޑު އަސާސްއާއި ޚިލާފު އެއްވެސް އަޤީދާއެއް މުޖުތަމަޢުގައި ފާޅުވެފައި ނެތުމެވެ.  މި ހަމަތައް […]

އީރާނުން މި އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި 105 މީހުން ދަންޖައްސައިފި

އީރާނުން މި އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި 105 މީހުން ދަންޖައްސާފައި ވާކަމަށް އދ. އިން ބުނެފިއެވެ. ޖެނީވާގައި ބޭއްވި ބައްދަލުވުމަކަށް އދ. ގެ ސެކްރެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓުރެސް އިސްވެ ހުންނަވައިގެން ތައްޔާރުކުރައްވައި ހުށަހެޅުއްވި ރިޕޯޓެއްގައި އީރާނުން ގިނަ އަދަދެއްގެ ބަޔަކު ދަންޖައްސަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތްޕުޅުން އެ ރިޕޯޓު ހުށަހެޅުއްވީ އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ ނައިބު ރައީސް ނަދާ އަލްނާޝިފް އެވެ. އޭނާ ވިދާޅުވިގޮތުގައި މި […]

ޢިބުރަތް ލިބިގަތުން، އަނިޔާވެރި ނުވުން 

އަލްއިމާމުއް ޛަހަބީ رحمه الله ވިދާޅުވެފައިވެއެވެ. ތިމަން ކަލޭގެފާނަށް ބަޔަކު މީހުން ކިޔައިދިނެވެ. ކޮނޑުހުޅާ ހަމައިން އަތް ބުރިކޮށްފައިވާ، މީހަކު މަގުމަތީގައި ހުރެ މީސްތަކުންނާއި މުޚާޠަބުކޮށް ގޮވަމުން ދިޔައެވެ. ތިމަންނާ އަށް ބަލާ ޢިބުރަތް ލިބިގަންނާށެވެ. އެއްވެސް މީހަކު އަނެކާއަށް އަނިޔާވެރި ނުވާށެވެ. ތިމަންމެން އޭނާގެ ގާތަށް ގޮސް ބުނީމެވެ. އޭ އަޚާއެވެ! ތިބާގެ ވާހަކަ ނިކަން ކިޔައިދީ ބަލާށެވެ. އެމީހާ ބުންޏެވެ.  ތިމަންގެ ވާހަކައަކީ ވަރަށް އަޖާޢިބު ކުރުވަނިވި ވާހަކައެކެވެ. ތިމަންނާ އަކީ މީސްތަކުންނަށް އަނިޔާވެރިވަމުން ދިޔަ ޖަމާޢަތެއްގެ މީހަކީމެވެ. އެއްދުވަހަކު […]

ޑރ.މަހާތިރް: ގައުމެއްގެ ތަރައްގީގެ އަސްލަކީ  އެ ގައުމެއްގެ ވެރިންގެ ގާބިލުކަން

ގައުމެއްގެ މުސްތަގުބުލާއި ކުރިއެރުން ބިނާވެފައިވަނީ އެ ގައުމެއްގެ ވެރިންގެ ގާބިލިކަމުގެ މައްޗަށް ކަމަށާއި ގައުމެއް ކުރިއަރާނީ އެ ގައުމެއް ހިންގަން ތިބި ބޭފުޅުންނަކީ އެ ގައުމެއްގެ ރައްޔިތުންނާ ދޭތެރޭ އަބަދުވެސް ވިސްނާ ފިކުރުކުރާ ބޭފުޅުން ކަމުގައި ވެގެން ކަމަށް މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު، ޓުން ޑރ. މަހާތިރް މުހަންމަދް ވިދާޅުވެއްޖެއެވެ. ޑރ. މަހާތިރް މުހަންމަދް މިހެން ވިދާޅުވީ ނަސްޑެމް ޕާޓީގެ ފަރާތުން ބޭއްވި ސިޔާސީ ބައްދަލުވުމެއްގައި ރައްޔިތުންނާ މުުޚާތަބްކޮށް ވާހަކަފުޅުދައްކަވަމުންނެވެ.  މީގެ އިތުރުން އޭނާގެ ވާހަކަ ފުޅުގައި […]