ގަލޮޅު ދަނޑުގައި ހިނގާދިޔަ ހާދިސާ ! 

Loading

Facebook
Twitter
WhatsApp

ދިވެހި ރާއްޖެއަކީ ޒަމާނުއްސުރެ ފަށައިގެން ބޭރު ދުނިޔޭގެ ފަރާތްތަކުގެ މެދުގައި މަޤުބޫލު އަދި އެހާމެ ހިތްފަސޭހަ އަމާން މަންޒިލެކެވެ. މިހެންވުމާއިއެކު މިލިއަނުން ބޭރު ޤައުމުތަކުގެ މީހުން އަންނަނީ މި ފަސްގަނޑަށް ޒިޔާރަތްކުރަމުންނެވެ.

މިމަގުން މިކަން ދާ މައިގަނޑު ސަބަބަކީ، ދިވެހިރާއްޖޭގެ ދުސްތޫރު ދިވެހި ރައްޔިތުން ބިނާކޮށްފައިވާ މައިގަނޑު އަސާސްގެ ސަބަބުންނެވެ. އެއީ އިސްލާމްދީނެވެ.(AbrahamicMonotheism) އެއް ދީނަކަށް ތަބާވާ، ތަފާތު ދީނީ މަޒުހަބީ ތަޅާފޮޅުން ނެތުމާއި، އެ މައިގަނޑު އަސާސްއާއި ޚިލާފު އެއްވެސް އަޤީދާއެއް މުޖުތަމަޢުގައި ފާޅުވެފައި ނެތުމެވެ. 

މި ހަމަތައް (އަމާންކަމާއި/ރައްކާތެރިކަމާއި/އެއްބައިވަންތަކަން) ހިފަހައްޓާ ކުރިއަށް ގެންދިއުމަށްޓަކައި ދިވެހިރާއްޖޭގެ އެންމެހާ ޤާނޫނުތަކާއި ޤަވާއިދުތަކެއް ފަރުމާ ކުރެވިފައިއޮތީ މި އަސާސްގެ މައްޗަށެވެ. އަދި މީގެ އިތުރުން ދީނީ އެއްބައިވަންތަކަމުގެ ޚާއްޞަ ޤާނޫނެއް މިކަމަށްޓަކައި ހެދިފައި އެބަ އޮތެވެ.

އޭގައި ވަރަށް ސާފު އިބާރާތުން އިސްލާމްދީންގެ އަސާސްތައް ހިމާޔަތް ކުރުމަށާއި، މި ދެންނެވި އަޤީދާއާއި (AbrahamicMonotheism) ފުށުއަރާ އެއްވެސް ބާވަތެއްގެ ކަމެއް މުޖުތަމަޢުގައި ހިނގިޔަ ދީގެން ނުވާނެކަން ކަޅާ ހުދުން ލިޔެފައި އޮވެއެވެ. ވުމާއިއެކު އެންމެހާ މުއައްސަސާތަކުގެ މައްޗަށް އޮތީ ރައްޔިތުންގެ މި ނިންމުމަށް އިޙްތިރާމްކޮށް އެކަންކަން ތަންފީޒުކުރުމެވެ. ސަލާމަތީ ބާރުތަކަށް މިކަންކަން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެއެވެ. އެހެނަސް ސީޔާސީ ހަލަބޮލިކަމުގެ ތެރެއިން އެ ފަރާތްތަކުގެ މައްޗަށް އޮންނަ ސިޔާސީ ނުފޫޒަކީ މިއަދަކު އިއްޔެއަކު ދައްކާ ވާހަކައެއް ނޫނެވެ. އަޅުގަނޑު ޤަބޫލުކުރަނީ ޤާނޫނު ތަންފީޒުކުރުމަށް ފުރިހަމަ މިނިވަން ބާރުވެރިކަމެއް ލިބިފައިވާނަމަ، އެ ފަރާތްތަކުގެ ކިބައިން މި ދެންނެވި ރައްޔިތުންގެ ނިންމުން މުޖުތަމަޢުގައި ތަންފީޒު ކުރާނެކަމެވެ.

މިކަންކަން މި މޭރުމުން އޮތުމާއިއެކު އަދި އެންމެ އެކަށީގެންވާ ގޮތުގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތައް ތަންފީޒު ނުކުރެވޭ ކަމުގައި ވާނަމަ، އެކަންކަމާ ހިތްހަމަ ނުޖެހޭނެ ފަރާތްތައް މުޖުތަމަޢުގައި ތިބޭނެއެވެ. ފެނިގެން މިދިޔައީވެސް އެފަދަ ކަމެކެވެ. އެއްބައެއްގެ ޖަޒުބާތުތައް އުތުރި އެރީއެވެ. ދެއްކެން އޮތީ އެކި މުއައްސަސާތަކުގެ ޤާނޫނީ ޒިންމާގެ ވާހަކައެވެ. އިސްލާމިކް މިނިސްޓްރީއިން ފެށިގެން ކަމާ ގުޅުންހުރި މުއައްސަސާތަކުގެ ވާހަކައެވެ. 

ކޮންމެއަކަސް ދެން ފާހަގަކޮށްލަންޖެހޭ އެންމެ މުހިންމު އެއް ނުކުތާއަކީ، ގަލޮޅު ދަނޑަށް އެވަގުތު ދެއްވި ދަޢުވަތުތަކަށް އިޖާބަދީގެން ގޮސް ތިއްބެވި ބޭރު އެހެނިހެން ޤައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމޭޓުންގެ ވާހަކައެވެ. މި ފަރާތްތަކަކީ ވަކި އުސޫލުތަކެއް ފުރިހަމަ ކޮށްގެން ޤައުމަށް އެތެރެވެފައިތިބި ފަރާތްތަކެކެވެ. އަދި އިސްލާމްދީނުގައި ވަކި ޚާއްޞަ ޙައްޤުތަކެއް ކަށަވަރު ކޮށްދީފައިވާ ބައެކެވެ. (އެއީ ކޮންމެ ދީނަކަށް ނިސްބަތްވީ ކަމުގައިވިއަސްމެއެވެ) މިކަމަކީ ތިމާ ހިތްނުރުހޭ ޕާޓީއެއްގެ މީހަކު ވެރިކަމުގައި ހުރީމާ ނުވަތަ ތިމާ ޤަބޫލުނުކުރާ މިންގަނޑުގެ ވެރިއެއް ހުރީތީވެ ގެއްލިގެންދާނެ ޙައްޤެއް ނޫނެވެ. 

އެހެނީ އެ ޙައްޤު ކަށަވަރު ކޮށްދެއްވީ ނަބިއްޔާ (ސ.ޢ.ވ) އެވެ. އެ ފަރާތްތަކުން އެތެރެވެފައި އެވަނީ އެފަރާތްތަކުން އެ ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހުގައެވެ. އަދި ގަލޮޅު ދަނޑަށް ގޮސްތިބީ ބަޔަކު ދެއްވި ދަޢުވަތަކަށެވެ. ގަލޮޅު ދަނޑު ދެއްވީހީ އެ ފަރާތްތަކުންނެއް ނޫނެވެ. ނަބިއްޔާ (ސ.ޢ.ވ) ވަނީ މިފަދަ ފަރާތްތަކުގެ ލޭ އޮހޮރުވާލުން މަނާކޮށްފައެވެ. ސަބަބަކީ އެކަމުގެ ވަށައިގެން ދެން އުފެދިގަންނަ ފިތުނަ ބޮޑުވާނެތީއެވެ. އަޅުގަނޑުމެންނަށް އޮތީ ޖަޒުބާތުގެ މައްޗަށް ނަބިއްޔާ (ސ.ޢ.ވ) ގެ މި ބަސްފުޅަށް އަޑުއަހާ ކިޔަމަންވުމެވެ. ހިތުގައި އެއްވެސް ދަތިކަމެއް ނެތިއެވެ.

މިކަން ފާހަގަ ކުރުމަށްފަހު ދެންނެވެން އޮތީ، އިތުބާރުހުރި އެއްވެސް ނޫހަކުން މިފަދަ ފަރާތެއްގެ ލޭ އޮހޮރުވާލާފައިވާ ކަމަށް ކަށަވަރު ކޮށްފައެއް ނެތެވެ. 

ސިޔާސީ މީހުން ސިޔާސީ ދޮގުވާހަކަ ދައްކާނެތެވެ. އަދި މުޅި މަންޒަރަށް ބަލާލިކަމުގައިވިއަސް މިއީ ހަނގުރާމައެއް ފަދައިން އެއްބަޔަކު އަނެއް ބަޔަކާ ކުރިމަތިލާ، ލޭ އޮހޮރުވާލަން ހިނގާދިޔަ ކަމެއް ނޫންކަން އަނިޔާވި ފަރާތްތަކުގެ ނިސްބަތަށް ބެލިނަމަވެސް އެބަ އެނގެއެވެ. އެހެން ނޫންނަމަ ބޮޑު ލޭއޮހޮރުވުމެއް ހިނގާ ގިނަބަޔަކަށް އަނިޔާވީސްކަން ކަށަވަރެވެ. ފެންނަ މަންޒަރުން ދޭހަކޮށްދެނީ #މަޤުޞަދަކީ ބޯޅަދަނޑުން އެމީހުން ނެރި އެކަން ހުއްޓާލުމެވެ. އެންމެ ބޮޑަށް ހަމަލާދިންކަމަށް ބެލެވޭ ވީޑިއޯއެއްގައިވެސް ފެންނަނީ ދިދަ ދަނޑިއަކުން ޖަހަން އުޅޭ މަންޒަރެވެ. 

އޭގައިވެސް ދަނޑި ނާރާ އެރީ ދިދައެވެ. ދަނޑި އެރިނަމަ އެމީހަކަށް އެގޮތަށް ބަޅު ނުވެ ނުހުރެވޭނެއެވެ. އަދި ދަނޑި ބިންމަތީގައި ޖެހިދާ ބާރުމިން އަދި އަމާޒެވެ. (މިއީ އަޅުގަނޑަށް ފެންނަ ގޮތެވެ) ކޮންމެއަކަސް ޒުވާބެއްގެ ތެރެއިންވެސް މިފަދަ ކަމެއް ހިނގާފައިވާނަމަ ކުރިންވެސް ދެންނެވިފަދައިން އެއީ ކުރެވިގެންވާނެ ކަމެއް ނޫނެވެ. އަދި މިފަދަ ކަންކަމަށް މިފަދަ ޒުވާނުން ހޭލުންތެރިކުރުވެން އެބަޖެހެއެވެ.

އުންމީދަކީ އެންމެ ދިމާލަކަށް މިކަމުގެ ޒިންމާ ނާޅުވާ، މިއީ ގިނަ ބައެއްގެ އިހުމާލުން ނުވަތަ ޤާނޫނުތައް އެކަށީގެންވާ ގޮތުގައި ތަންފީޒު ނުކުރެވޭތީ ދިމާވާ ކަންކަމޭވެސް ބުނެވިދާނެއެވެ.

– އަޙުމަދު އަތުހަރުު –-

Loading

7 Responses

  1. ދިވެހިރާއްޖެ މިދެކޭ ތަރައްގީއަކީ ރައީސް މައުމޫނުގެ ދިގުތިރީސް އަހަރުތެރޭ ގައި އެމަނިކުފާނުގެ ހިކުމަށްތެރި ކަމުން މިގައުމަށް ގެނެސްދީފައިވާ ދަރަށްގީ

  2. ހަޤީގަތުގައިވެސް ކޮރަލި އެވިދާޅުވީ ހައްގު ތެދެއް ވަރަށް ވަރަށް ސާފް

  3. ހަމަހޤީގަތިގައވެސް ކޮރަލި އެވިދާޅުވީ ވަރަށް ހައްގު ތެދުބަސްކޮޅެއް ވަރަށް ވަރަށް ސާފް އަިނގޭތޯ

  4. ޅިޔަން ފަހަރިން ލައްވައި ދައުލަތް ހިންގަން އުޅުނީމަ ވާނީ މިކަހަލަ ގޮތެއް.

  5. ޔޯގާ އަކީ ހަރާމް ނުވަތަ ހަލާލު ކަމެކޭ ބުނާކަށް އަޅުގަނޑަކަށްނޭގެއެވެ. އެހެންނަމަވެސް މިހާރަކަށް އައިސް ފެންނަ މަންޒަަރުތަކަށް ބަލާއިރު މިގައުމުގައި ހިނގަމުންދާ ބައެއް ހަމަނުޖެހުންތަކުގައި އިލްމުވެރިންނަށް އިނގިލި ދިއްކުރުން ވަރަށްގިނައެވެ. ސަބަބުތަކެއްވެސް އޮތީމައެވެ. ވަރަށްގިނަ އިލްމުވެރިން ދެކޭގޮތުގައި ރަނގަޅު ގޮތަކީ އެބޭފުޅަކުގެ ރައުޔެވެ. ޔޯގާގެ މައްސަލައިގާވެސް ބައެއް އިސްލާމީ ގައުމުތަކުގައިވެސް އެދުވަސްފާހަގަކުރިންކުރުން އެފަދަ އިލްމުވެރިންގެ ނަޒަރު އެ ގައުމުތަކުގެ މީހުން އެތިބީ މާއްދިއްޔަތަށް ގޮސް ހުސްވެފައެވެ. އެހެންކަމުން އެމީހުންކުރިކަންތަކަކީ އިސްލާމުދީނުގައި ނަހީކޮށްފައިވާ ކަންތަކެވެ. އެހެންނަމަވެސް ދެނެގަންނަންޖެހޭ ހަގީގަތަކީ އެމީހުންގެ އިލްމީ ފެންވަރު އެނގުމަކާނުލައި އެފަދަގޮތަކަށް އިލްމީ ބަހުރުވަ ބެހެއްޓުމަކީ ހައްދުފަހަނަޅާ ދިއުންކަމުގައެވެ. އަދި އަމާންކަމާއެކު ވަކިކަމެއް ކުރަންތިބިބަޔަކަށް އެއްވެސް ސިފައެއްގައި ފައްސާލުމުގެ ނަމުގައި ވިޔަސް ނޫނީ ދޮނެއް ދިނުމުގެ ނަމުގައިވިޔަސް ގާނޫނުން ބޭރުގައި ބާރުގެބޭނުން ކުރުމަކީ މިއަދުގެ މުޖުތަމައުގައި ޓެރަރިޒަމް ގެ ހަރާކާތެއްކަމުގައި ބެލެވިދާނެއެެވެ. ދެންވެސް އެފަދަ މީހުން ބުނާނީ މި ގައުމުގައި އެފަދަ ކަމެއް ކުރާކަށްނުކެރޭނެއެވެ.

  6. ދީނާ ގައުމާހެދި މަރުދޭން ތައްޔާރަށްތިބި ބަޔަކު ފަތިސްނަމާދުވަގުތު މިސްކިތް ބަލާލުން ރަނގަޅުވާނެ. ދެން ނަމާދަށް ނުދާ މީސްމީހުން ހޯދައިގެން ތިޔަ ދިދަ ދަނޑީގެ ބޭނުންކޮށްގެންވެސް އެކަން ރަނގަޅުވޭތޯ ބެލުން މާރަނގަޅުވާނެ. ތިޔަ އިލްމުވެރިންވިދާޅުވަނީ ނަމާދަކީ އިސްލާމް ކަމާއި ކާފަރުކަމުގެ އިންފާރު ކަމަށް. އެހެންވެގެން އާންމު ރައްޔިތުން އެބުނަނީ ދީނަށްޓަކައި ގައުމަށްޓަކައި ތިޔަކުރާކަންތައްތަކަކީ ސިޔާސީ ފައިދާއަކަށް ކުރާކަމެކޭ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް