ޑރ.މަހާތިރް: ގައުމެއްގެ ތަރައްގީގެ އަސްލަކީ  އެ ގައުމެއްގެ ވެރިންގެ ގާބިލުކަން

Loading

Facebook
Twitter
WhatsApp

ގައުމެއްގެ މުސްތަގުބުލާއި ކުރިއެރުން ބިނާވެފައިވަނީ އެ ގައުމެއްގެ ވެރިންގެ ގާބިލިކަމުގެ މައްޗަށް ކަމަށާއި ގައުމެއް ކުރިއަރާނީ އެ ގައުމެއް ހިންގަން ތިބި ބޭފުޅުންނަކީ އެ ގައުމެއްގެ ރައްޔިތުންނާ ދޭތެރޭ އަބަދުވެސް ވިސްނާ ފިކުރުކުރާ ބޭފުޅުން ކަމުގައި ވެގެން ކަމަށް މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު، ޓުން ޑރ. މަހާތިރް މުހަންމަދް ވިދާޅުވެއްޖެއެވެ.

ޑރ. މަހާތިރް މުހަންމަދް މިހެން ވިދާޅުވީ ނަސްޑެމް ޕާޓީގެ ފަރާތުން ބޭއްވި ސިޔާސީ ބައްދަލުވުމެއްގައި ރައްޔިތުންނާ މުުޚާތަބްކޮށް ވާހަކަފުޅުދައްކަވަމުންނެވެ. 

މީގެ އިތުރުން އޭނާގެ ވާހަކަ ފުޅުގައި ފާހަގަކޮށްފައިވާ ގޮތުގައި ގައުމުގެ ވެރިންގެ މެދުގައި ހަމަނުޖެހުން އޮތުމަކީ ގައުމަށް އެތައް ގޮތަކުން ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. އެހެންކަމުން ގައުމުގެ އަމަންއަމާންކަން ގާއިމް ކުރުމަށްޓަކައި ސުލްހަވެރިކަމަށް ލޯބިކުރާ ވެރިން ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ގިނަ ބަޔަކު ތާއީދުކުރާ ގޮތަކަށް ޑިމޮކްރެސީގައި އަމަލުކުރަން އޮންނަ އޮތުމުގެ ސަބަބުން ވަރަށް ގިނަ އިބްރަތްތައް ހާސިލް ކުރެވޭނެ ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަށް ގައުމު ހިންގުމަކީ ގައުމު ތަރައްގީކުރުމަށްޓަކައި އަޅަންޖެހިފައިވާ އެންމެ މުހިންމު ފިޔަވަޅުކަންވެސް ޑރ. މަހާތިރްގެ ވާހަފުޅުގައި ފާހަގަކުރެއްވިއެވެ. 

ހަމައެޔާއެކު އިދިކޮޅު ޕާޓީތަކުން ދޭ ޚިޔާލުތަކަކީވެސް ވެރިންނަށް ވަރަށް މުހިންމު އެއްޗަކަށް ވެގެން ނޫނީ ގައުމެއް ތަރައްގީ ނޫވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Loading

One Response

  1. ޔަގީން ނޫންތޯ. މިގައުމުގައިވެސް ގެނެވުނު ޑިމޮކްރަސީގެ ދަށުން އަހަރެމެން ރޯނާގެ މަގުމަތީ ސަކަރާތް ޖަހަން އުޅުނު ޕަޕަރާސީ އެއް ގައުމުގެ ވެރިކަމާއި ޚަވާލުވީމަ ވީގޮތް އެގިއްޖެއެވެ. ހަމަ އެހެންމެ ވޯޓްގަނެ ވިއްކާގެން ދެން މިގެނެވުނު ލޭމޭން އިބޫގެ ސަރުކާރުން ދިވެހި ދައުލަތަށް ލިބުނުގެއްލުންވެސް މިފެންނަނީ. ގައުމުގެ ވެރިޔަކަށް ރައީސްކަން ކުރުމުގެ ގާބިލުކަން އެކްސްޕީރިއަންސް ގަދަރާއި އިއްޒަތް މާތްﷲ ގެ ރަޙުމަތުން އިސްލާމްދީން ސައްތައިން ސައްތަލިބި ދިނުމުން ދެން މިވީގޮތާއި ވާގޮތް ވަރަށް ރަނގަޅައް އެނގިއްޖެނޫންތޯއެވެ. ވީމާ 2023 ގައިވެސް ދިވެހިން ރިޝްވަތު ނުނަތައި ނެގިއްޔާ ނެގާފައިވެސް ރައީސްކަން ކުރެވޭފަދަ މީހަކަށް ވޯޓްދީގެން ގައުމު ސަލާމަތް ކުރަން ޖެހޭނެއެވެ. ރިޝްވަތު އެދެނީވެސް ތިބާއަތުން ވައްކަން ކޮށްގެން ނުވަތަ ތިބާގެ ޓެކްސްމަނީއިން ދައުލަތުން ހަބޭހަށް ވައްކަން ކޮށްގެނެވެ. ވީމާ ސަމާލުވޭ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް