އީރާނާއި އެމެރިކާގެ ދުވަސްވީ ކޯޅުން 

Loading

Facebook
Twitter
WhatsApp

މަޝްހޫރު 2015 ގެ ފަނާކުރަނިވި ހަކަތައިގެ އެއްބަސް ވުމަށް އެމެރިކާ އަލުން ގެނައުމަށްޓަކައި އީރާނާއި އެމެރިކާއިން ކުރިއަށްގެންދިޔަ ނުސީދާ ވާހަކަ ދެއްކުންތައް ޔުނައިޓެޑް ނޭޝަންސްގެ ފަނާކުރަނިވި ޙަކަތައާއި ބެހޭ އޭޖެންސީން ބަލަން ބޭނުންވާ ބެލުންތަކަށް މޮނިޓަރިން ކުރެވޭގޮތަށް ހަރުކޮށްފައިހުރި ކެމެރާތަށް ބުލޮކްކޮށް  އީރާނުން ހުރަސް އެޅުމާގުޅިގެން މިދިޔަ މާރޗްމަހު ފަހު މިހާރު އަނެއްކާ އިތުރު ނުތަނަވަސް ކަމެއް އުފެދެން ފަށައިފިއެވެ. 

މި ނުތަނަވަސްކަމެއް އުފެދުނީ އީރާނުގެ ފަނާކުރަނިވި ހަކަތައިގެ މަޝްރޫޢުގައި ގަލްފް ސަރަޙައްދަށާއި މުޅި ދުނިޔެއަށްވެސް އިތުރު ޔަގީންކަން ލިބޭނެގޮތަށް އިރާނުގެ ޙަރަކާތްތައް ބައްޓަން ކުރައްވާނެކަމަށް އުންމީދު ކުރައްވާކަން ދޭހަވާ މޭރުމަކުން އެ އޭޖެންސީގައި ހުންނަވާ އެމިރޭޓްސްގެ ސަފީރު ވާހަކަ ދެއްކެވުމާއި ގުޅިގެންނެވެ. 

އެމިރޭޓްސްގެ މި ވާހަކައާއިގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު ހުސޭން އަމީރު އަބްދު ﷲ އެމިރޭޓްސްގެ ޚާރިޖީ ވަޒީރަށް ފޯނުކުރައްވައި ވިދާޅުވީ އީރާނުން އަވައްޓެރިންނާއެކު އެކުވެރި ގުޅުމެއް ބާއްވަން އަބަދުވެސް ބޭނުންވާކަމަށާއި އެ މަގްސަދުގައި އިތުރަށް ވާހަކަ ދައްކަންވެސް ބޭނުންވާކަމުގައެވެ. އެމެރިކާއާއި އެކު އެކުވެރިކަމުގެ ގުޅުމެއް އޮންނަ އެމިރޭޓްސް އިން އެތައް ޒަމާނަކަށްފަހު އީރާނާއެކު ވާހަކަ ދައްކަންފެށީ 2019 ވަނަ އަހަރުގައެވެ. އީރާނުގެ ބަހަކި އެއްވެސް ގައުމަކަށް އީރާނުގެ މިނިވަންކަމާއި ގައުމިއްޔަތަށް އުނިކަން ގެނެވޭފަދަ ފުރުސަތެއް ނުދެވޭނެކަމަށެވެ. އަދި ފަލަސްތީނުގެ މިނިވަނަކަމާއި އެތަނުގެ ރައްޔަތުން އިޒްރޭލްގެ ޒައްނިސްޓުންގެ ޙަމަލާތަކުން ސަލާމަތްވުމަށް ދެވެންއޮތް ކޮންމެއެހީއެއް ދެމުން ގެންދާނޭކަމަށެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް