ލިވާޠުކުރި މީހާއާއި ލިވާޠުކުރެވުނު މީހާގެ ޢުޤޫބާތް 

Loading

Facebook
Twitter
WhatsApp

ލިވާޠުކުރި މީހާގެ މައްޗަށް އޮތް ޢުޤޫބާތަކީ އޭނާ މެރުން ކަމަށް އަޞްޙާބު ބޭކަލުން ވަނީ އިޖުމާޢުވެ ވަޑައިގެން ފައެވެ. އެ ބޭކަލުންގެ މެދުގައި އިޚުތިލާފެއް އޮތީ އޭނާ މަރާނެ ގޮތަކާމެދުގައެވެ. ބައެއް ބޭކަލުން ވިދާޅުވެފައިވަނީ، އޭނާ އަލިފާނުން އަންދާލުމަށެވެ. މިހެން ވިދާޅުވި ބޭކަލުންގެ ތެރޭގައި ޢަލީގެފާނު ހިމެނިވަޑައިގަންނަވައެވެ. 

ލިވާޠުކުރި މީހާ އަލިފާނުން އެންދުމުގެ ރަަޢުޔަށް ބާރުދެއްވި ބޭކަލުންގެ ތެރޭގައި އަބޫބަކުރުގެފާނު ހިމެނިވަޑައި ގަންނަވައެވެ. ބައެއް އަޞްޙާބު ބޭކަލުން ވިދާޅުވެފައިވަނީ ލިވާޠުކުރި މީހާ، އެ މީހާ ހުރި ރަށެއްގައިވާ އެންމެ އުސް ތަނެއްގެ މަތިން ވައްޓައިލުމަށާއި، އެއަށްފަހު އޭނާގެ ގައިގައި ގަލުން ތަޅައި މެރުމަށެވެ. މިހެން ވިދާޅުވި ބޭކަލުންގެ ތެރޭގައި އިބްނު ޢައްބާސުގެފާނު ހިމެނިވަޑައި ގަންނަވައެވެ. ބައެއް ބޭކަލުން ވިދާޅުވެފައިވަނީ، ލިވާޠުކުރި މީހާ މަރުވެއްޖައުމަށް ދާންދެން އޭނާގެ ގައިގައި ގަލުން ތެޅުމަށެވެ. މިހެން ވިދާޅުވި ބޭކަލުންގެ ތެރޭގައި ޢަލީގެފާނާއި އިބްނުޢައްބާސުގެފާނު ހިމެނިވަޑައި ގަންނަވައެވެ.

ބައެއް ފިޤުހުވެރިން ވަނީ، ލިވާޠުކުރާ މީހުންގެ ތެރެއިން މުޙުޞަނުންނާއި ޣައިރު މުޙުޞަނުން ވަކިކުރައްވާފައެވެ. ފިޤުހުވެރިންގެ ތެރެއިން ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ، ލިވާޠުކުރި މުޙުޞަނާއި ލިވާޠުކުރި ޣައިރު މުޙުޞަނުގެ މައްޗަށް އޮތީ އެއް ޙުކުމެއް ކަމަށެވެ. އެއީ އެ ދެ މީހުން މެރުން ކަމަށެވެ. ބައެއް ފިޤުހުވެރިން ވިދާޅުވެފައިވަނީ، ލިވާޠުކުރި މީހާގެ މައްޗަށް އޮތީ ޒިނޭކުރި މީހާގެ މައްޗަށް އޮތް ޢުޤޫބާތް ކަމަށެވެ. ލިވާޠުކުރި މީހާއަކީ މުޙުޞަނެއް ކަމުގައިވާނަމަ އޭނާގެ ޢުޤޫބާތަކީ ރަޖަމުކުރުމެވެ. އޭނާއަކީ ޣައިރު މުޙުޞަނެއް ކަމުގައިވާނަމަ އޭނާގެ ޢުޤޫބާތަކީ ޖަލްދުކުރުމެވެ. ބައެއް ފިޤުހުވެރިން ވިދާޅުވެފައިވަނީ، ލިވާޠުކުރި މީހާގެ ޢުޤޫބާތަކީ އޭނާ ތަޢުޒީރުކުރުން ކަމަށާއި، ތަޢުޒީރު ކަނޑައަޅުއްވާނީ ޙާކިމު ކަމަށެވެ.

”އަލްޖަވާބުލް ކާފީ ލިމަން ސައަލަ ޢަނިއްދަވާއިއްޝާފީ“ އެވެ، ކިޔުނު ފޮތުގައި އިބްނުލްޤައްޔިމު ވަނީ، ލިވާޠުކުރުމުގެ ޢުޤޫބާތުގެ މައްޗަށް ބައްލަވައި ލައްވާފައެވެ. އެކަމާބެހޭ ގޮތުން ފިޤުހުވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކާއި ޙުއްޖަތްތައް އެ ފޮތުގައި ވަނީ ޖަމާކުރައްވާފައެވެ. އިބްނުލްޤައްޔިމު ބުރަވެވަޑައިގެންފައިވަނީ ފިޤުހުވެރިންގެ ފުރަތަމަ ޤައުލަށެވެ. އެއީ ލިވާޠުކުރި މުޙުޞަނާއި ލިވާޠުކުރި ޣައިރު މުޙުޞަނުގެ ޢުޤޫބާތަކީ އޭނާ މެރުން ކަމަށް ފިޤުހުވެރިން ވިދާޅުވެފައިވާ ޤައުލެވެ. ނަންގަނެވިދިޔަ ފޮތުގައި އިބްނުލްޤައްޔިމު ވިދާޅުވެފައި ވެއެވެ.

ލިވާޠުކުރުމަކީ އެންމެ ބޮޑުވެގެންވާ ފަސާދައިގެ ތެރެއިން ފަސާދައެއް ކަމުގައި ވީހިނދު، އެ ޖަރީމާ ހިންގައިފި މީހެއްގެ ޢުޤޫބާތަކީ ދުނިޔެއާއި އާޚިރަތުގައި އެންމެ ބޮޑު ޢުޤޫބާތް ކަމުގައި ވެއެވެ. އެ ޢުޤޫބާތާމެދު ޢިލްމުވެރިންގެ މެދުގައި އިޚުތިލާފު އުފެދިފައިވަނީ ތިން ޤައުލެއްގެ މައްޗަށެވެ. އެއީ ޒިނޭގެ ޢުޤޫބާތަށްވުރެ ބޮޑު ޢުޤޫބާތެއްތޯއެވެ؟ ނުވަތަ އެއީ ޒިނޭގެ ޢުޤޫބާތާ އެއްވަރު ޢުޤޫބާތެއްތޯއެވެ؟ ނުވަތަ އެއީ ޒިނޭގެ ޢުޤޫބާތަށްވުރެ ކުޑަ ޢުޤޫބާތެއްތޯއެވެ؟

އަބޫބަކުރުގެފާނާއި ޢަލީގެފާނާއި ޚާލިދުބްނުލްވަލީދާއި ޢަބްދުﷲ ބްނުއްޒުބައިރާއި އިބްނުޢައްބާސާއި މާލިކާއި އިސްޙާޤު ބްނު ރާހުވައިހި އާއި އިމާމު އަޙްމަދުގެ ދެ ރިވާޔަތުން ޞައްޙަ ރިވާޔަތާއި ޝާފިޢީގެފާނުގެ ދެ ޤައުލުން އެއް ޤައުލުގައި ވަނީ، ލިވާޠުގެ ޢުޤޫބާތަކީ ޒިނޭގެ ޢުޤޫބާތަށްވުރެ ބޮޑު ޢުޤޫބާތެއް ކަމަށެވެ. އެއީ ލިވާޠުކުރި މީހާ މެރުމެވެ. އޭނާއަކީ މުޙުޞަނެއް ކަމުގައިވިޔަސް އަދި އޭނާއަކީ ޣައިރު މުޙުޞަނެއް ކަމުގައި ވިޔަސް އޭނާގެ މައްޗަށް އޮތް ޢުޤޫބާތަކީ އޭނާ މެރުމެވެ.

ޝާފިޢީ މަޛުހަބުގެ ޡާހިރީ ރައުޔާއި އިމާމު އަޙްމަދުގެ ދެވަނަ ރިވާޔަތުގައި ވަނީ، ލިވާޠުކުރުމުގެ ޢުޤޫބާތާއި ޒިނޭކުރުމުގެ ޢުޤޫބާތަކީ އެއް ޢުޤޫބާތެއް ކަމަށެވެ. (މީގެ މާނައަކީ، ލިވާޠުކުރާ މުޙުޞަނުގެ ޢުޤޫބާތަކީ އޭނާ މެރުމެވެ. ލިވާޠުކުރާ ޣައިރު މުޙުޞަނުގެ ޢުޤޫބާތަކީ އޭނާ ޖަލްދުކުރުމެވެ.)

ލޫޠުގެފާނުގެ ޤައުމުގެ މީހުންނަށްވުރެ ކުރިން އެހެން ބަޔަކު، ލިވާޠުކުރުމުގެ ފާފަ ކޮށްފައެއް ނުވެއެވެ. އެމީހުން އެ ފާފަކުރުމުން، އެހެން އުއްމަތަކަށް ނުދެއްވާ ވަރުގެ ބޮޑު ޢުޤޫބާތެއް، މާތްﷲ، އެމީހުންނަށް ދެއްވިއެވެ. އެމީހުން ހަލާކު ކުރެއްވުމަށްޓަކައި އެކަލާނގެ އެމީހުންގެ މައްޗަށް ފޮނުއްވި ޢަޛާބުގައި އެތައް ޢުޤޫބާތްތަކެއް ހިމެނެއެވެ. އޭގެތެރޭގައި އެމީހުންގެ ޤައުމު އެމީހުންނާއެކު ބަންޑުން ޖައްސަވައި ލެއްވުމާއި، އެމީހުންގެ ޤައުމު އެމީހުންނާއެކު ބިމުގެ އަޑިއަށް ގަންބަވައިލެއްވުމާއި، އުޑުން އެމީހުންގެ މައްޗަށް ފޮނުއްވި ހިލައިން އެމީހުން ރަޖަމު ކުރެއްވުމާއި، އެމީހުންގެ ލޯތައް ކަނުކޮށްލެއްވުން ހިމެނެއެވެ. މާތްﷲ، އެމީހުންގެ މައްޗަށް އެ ހުރިހައި ޢުޤޫބާތްތަކެއް ލެއްވީ، އެމީހުން ކުރި ފާފައިގެ ބޮޑުކަމަށްޓަކައެވެ. އެ ފާފައަކީ ބިމުގައި އެ ފާފަ ކުރެވޭ ހިނދު، ބިންގަނޑު ކަނޑައިގެންދާވަރުގެ ބޮޑު ފާފައެކެވެ. އެ ފާފަކުރެވޭ މީހުންގެ މައްޗަށް ލައްވާނޭ ޢަޛާބުގައި ޖެހިވަޑައިގެންފާނެ ކަމުގެ ބިރަށްޓަކައި، ފިއްލަވަންވެގެން މަލާއިކަތުން އުޑުގެ ކަންކޮޅުތަކަށް (ދުރަށް) ވަޑައިގަންނަވައެވެ. އެމީހުންގެ ކިބައިން ސަލާމަތް ވުމަށްޓަކައި މާތްﷲ ގެ ޙަޟުރަތަށް ބިން އާދޭސްކޮށް ދުޢާ ދަންނަވައެވެ. އެމީހުން ކުރާ ފާފައިގެ ބޮޑުކަމުން ބިމުގައިވާ ފަރުބަދަތައް ވެސް ލުހިގެންދާވަރު ވެއެވެ.

ޢަރަބި ކަރައިގެ ރަށްފުށުގައި އުޅުނު ލިވާޠުކުރެވޭ މީހެއްގެ ވާހަކަ، އަބޫބަކުރުގެފާނުގެ އަރިއަހަށް ޚާލިދު ބްނުލްވަލީދު ލިޔުއްވިއެވެ. އެކަމާބެހޭ ގޮތުން އަޞްޙާބު ބޭކަލުންނާ އަބޫބަކުރުގެފާނު މަޝްވަރާކުރެއްވިއެވެ. އެ ބޭކަލުންގެ ތެރެއިން އެންމެ ބޮޑު ޢުޤޫބާތެއް ހުށަހެޅުއްވީ ޢަލީގެފާނެވެ. އެކަލޭގެފާނު ވިދާޅުވީ އޭނާ އަލިފާނުން އަންދައިލުމަށެވެ. ދެން އޭނާ އަލިފާނުން އަންދައިލުމަށް، ޚާލިދު ބުނުވަލީދަށް އަބޫބަކުރުގެފާނު އެންގެވިއެވެ. ދެން އޭނާ އަލިފާނުން އަންދައިލެވުނެވެ.

ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވެފައި ވެއެވެ. ލިވާޠުކުރުމުގެ ޙައްދަކީ، ޒިނޭކުރުމުގެ ޙައްދު ފަދަ ޙައްދެއް ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. އަދި އެއީ އެއަށްވުރެ ކުޑަ ޢުޤޫބާތެއް ކަމަށް ވެސް ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. ޞައްޙަ ގޮތަކީ އަޞްޙާބު ބޭކަލުން އިއްތިފާޤުވެ ވަޑައިގެންފައިވާ ގޮތެވެ. އެ ބޭކަލުން އިއްތިފާޤުވެވަޑައިގެންފައިވަނީ ލިވާޠުކުރި މީހާއާއި ލިވާޠުކުރެވުނު މީހާއާ ދެމީހުން މެރުމަށެވެ. އެ ދެ މީހުންނަކީ ދެ މުޙުޞަނުން ކަމުގައި ވިޔަސް އަދި އެ ދެ މީހުންނަކީ ދެ މުޙުޞަނުން ނޫން ކަމުގައި ވިޔަސް، އެ ދެ މީހުންގެ މައްޗަށް އޮތީ އެ ޢުޤޫބާތެވެ. 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިއަހުން ރިވާވެފައިވާ ޙަދީޘްފުޅުތަކުން އެކަން އެނގެއެވެ. ލިވާޠުކުރި މީހާއާއި ލިވާޠުކުރެވުނު މީހާ މެރުމާމެދު އަޞްޙާބު ބޭކަލުންގެ މެދުގައި އިޚުތިލާފެއް ނެތެވެ. އެ ބޭކަލުންގެ މެދުގައި ތަފާތުވެފައިވަނީ އެ ފާފަކުރި މީހާގެ މައްޗަށް މެރުމުގެ ޢުޤޫބާތް ދޭނެ ގޮތަކާމެދުގައެވެ. އަބޫބަކުރުގެފާނު އަމުރުކުރައްވާފައިވަނީ އެމީހުން އަންދާލުމަށެވެ. ބައެއް އެހެން އަޞްޙާބު ބޭކަލުން ވިދާޅުވެފައިވަނީ އެހެން ގޮތްގޮތަށް އެމީހުން މެރުމަށެވެ. އެއިން ބައެއް ބޭކަލުން ވިދާޅުވެފައިވަނީ ލިވާޠުކުރި މީހާގެ ގައިމައްޗަށް ފާރެއް ވައްޓާލައިގެން އޭނާ މަރާލުމަށެވެ. ބައެއް ބޭކަލުން ވިދާޅުވެފައިވަނީ ރަށުގައިވާ އެންމެ އުސް ބިނާއެއްގެ މައްޗަށް އޭނާ ގެންދިއުމަށްފަހު، އެ ބިނާގެ މަތިން އޭނާ އެއްލައިލުމަށާއި އެއަށްފަހު އޭނާގެ ގައިގައި ގަލުން ތަޅައި މަރާލުމަށެވެ. ބައެއް ބޭކަލުން ވިދާޅުވެފައިވަނީ ގަލުން ތަޅައި ރަޖަމުކޮށް އޭނާ މަރައިލުމަށެވެ.

ލިވާޠުކުރި މީހާ އާއި ލިވާޠުކުރެވުނު މީހާއާ ދެ މީހުންނަކީ ބާލިޣުވެފައިވާ ދެ މީހުން ކަމުގައިވާނަމަ، އެ ދެ މީހުންގެ މައްޗަށް އޮތް ޢުޤޫބާތަކީ އެ ދެ މީހުން މެރުމެވެ. އެ ދެ މީހުންނަކީ ދެ މިނިވަނުން ކަމުގައި ވިޔަސް އަދި އެ ދެ މީހުންކުރެ އެކަކީ އަޅެއް ކަމުގައި ވިޔަސް އެ ދެ މީހުންގެ މައްޗަށް އޮތީ މަރުގެ ޢުޤޫބާތެވެ. އެ ދެ މީހުންކުރެ އެކަކު ބާލިޣުވެފައިނުވާނަމަ، އޭނާގެ މައްޗަށް އޮތީ މެރުމަށްވުރެ ކުޑަ އުޤޫބާތެކެވެ.

Loading

3 Responses

  1. ބިރުވެރިކަމެއް… އެފަދަ ނުބައި ނުލަފާ ކަންތައްކުރާމީހުންގެ ސަބަބުން އަޅަމެންގެ މައްޗަށް އާންމެވެގެންވާ ކޯފާއެއް ނުފޮނުއްވާންދޭވެ….! އާމީން

  2. LGBT ޕުރޮމޯޓްކުރަން އުޅޭ އެންމެން ހައްޔަރުކޮށްފާ އިސްލާމީ ގައުމެއްގެގޮތުގައި ތާހިރު ދިރިއުޅުމަކަށް މަގުފަހިކޮށްދެންވީއެވެ. އެއީ ވެރިޔަކަށް ހުންނަމީހާގެ އެންމެ ބޮޑު ވާޖިބެކެވެ. އެފަދަ ފާޙިޝު ޢަމަލުތައް ދިވެހިރާއްޖޭގައި ޢާންމުކުރަން އުޅޭ ލޯކަލް އެޖެންޓުންނާއިމެދު ހަރުކަށީފިޔަވަޅު އަޅަންވީއެވެ. އެއްގޮތަކަށްވެސް އިސްލާމީދީނުގައި ޚަރާމް ކަންކަމަށް އަރައިގަންނަން ޒީރޯ ޓޯލެރެންސް އޮންނާނެ ސަރުކާރެއް ގެނައުމަށް ރައްޔަތުން ވޯޓް ނުވިއްކަންވީއެވެ. މާތްﷲގެ ހެޔޮ ރަޙުމަތް ލައްވާށިއެވެ. އާމީން!

  3. Allah ge enmehaa khaddhuthakeh qaaim koddhevey varuge veriyeh ayyan kuranvee minoongotheh beynunvaa emmehaa haraankoru dhivehi qaddhaarun thaubaave furihama muminehgothugai dhemihureveyto balsa ehennoonnama miqaumun fessigen dhey!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް