ޖެޓްސްކީ އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

  ށ. އަތޮޅު ފުނަދޫގައި ޖެޓްސްކީ އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު މަރުވެއްޖެ އެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ޖެޓްސްކީ ދުއްވަނިކޮށް އޭގައި އައްސާފައި އޮތް ސީބެޑްގައި ތިބި ދެމީހުންގެ ތެރެއިން އެކަކު ވިއްސައިގެން ގޮސް ގޮނޑުދޮށުގައި ހުރި ހަޓެއްގެ ތަނބެއްގައި ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓްގައި މަރުވެފައި ވަނީ އުމުރުން 22 އަހަރުގެ ޝުނާން ޝަރީފެވެ. ފުލުހުން ބުނީ ޝުނާން މަރުވީ އެކްސިޑެންޓްގައި ލިބުނު ޒަހަމްތަކަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށެވެ. […]

ޑިފެންސް މިނިސްޓްރީގެ ނައިބަށް ދައުވާކޮށްދޭން މަޖިލީހުން އެދިއްޖެ

    ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީގެ ނައިބު މިނިސްޓަރު ހަސަން ޒަމީލުގެ މައްޗަށް ދައުވާކޮށްދޭން މަޖިލީހުން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން އެދިއްޖެ އެވެ. ޒަމީލަށް ދައުވާކޮށްދޭން އެދި މަޖިލީހުގެ ފަރާތުން ޕީޖީއަށް އޮފީހަށް ވަނީ ސިޓީއެއް ފޮނުވާފައެވެ. ރައްޔިތުންގެ މަޖިލީހުން ފޮނުވި މި ސިޓީގައި އެދިފައިވަނީ މަޖިލީހުގެ އިމްތިޔާޒާ ބެހޭ ގާނޫނުގެ ދަށުން ޒަމީލުގެ މައްޗަށް ދައުވާކޮށް ދިނުމަށެވެ. ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅޭ އިންކުއަރީއެއް މަޖިލީހުގެ […]

ރާއްޖޭގައި ތިމާވެއްޓަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ރައްކާތެރި ގޮތުގައި ކުނި ނައްތައި ނުލެވުން: ރައީސް

ރާއްޖޭގައި ތިމާވެއްޓަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ރައްކާތެރި ގޮތުގައި ކުނި ނައްތައި ނުލެވުން ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނެރުއްވި ޚިޠާބުގައި ރާއްޖޭގައި ތިމާވެއްޓަށް ކުރިމަތިވެފައިވާ ދެވަނައަށް އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަކުރައްވާފައި ވަނީ އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ބާވަތުގެ ޕްލާސްޓިކް، ބޭނުންކުރެވޭ މިންވަރު އިތުރުވުމާއި، އެބާވަތުގެ ޕްލާސްޓިކުން، ރާއްޖޭގެ ޤުދުރަތީ ދިރުންތަކުގެ ނިޒާމަށް ލިބޭ ގެއްލުންތަކެވެ. ”ހަމައެފަދައިން، […]

ހުޅުމާލޭގައި ސޮފްޓްވެއާ ޑިވެލޮޕާސް ޕޫލެއް ގާއިމް ކުރަނީ

  ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރޭން ސޮފްޓްވެއާ ޑިވެލޮޕާސް ޕޫލެއް ގާއިމު ކުރަން ނިންމައިފިއެވެ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނީ މިއީ އެ ކޯޕަރޭޝަނުގެ ހިދުމަތްތަކާއި ފަންނީ އެހީތެރިކަން ރާއްޖޭގެ ހުރިހާ ހިސާބަކަށް ފޯރު ކޮށްދިނުމުގެ ގޮތުން ފެށި ”ގޯ ބިޔޯންޑް ހުޅުމާލެ“ ޕްރޮގްރާމްގެ ތެރެއިން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. އެޗްޑީސީން ބުނީ މި މަސައްކަތުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހި ޑިވެލޮޕަރުންނަށް ފުރުސަތުތައް އިތުރުކޮށްދީ އެ ކޯޕަރޭޝަންގެ މަސައްކަތްތަކުގައި […]

ކުޅުދުއްފުށި އާއި އައްޑޫ ސިޓީގައި ގަސްއިންދުމުގެ ހާއްސަ ހަރަކާތްތަކެއް

ތިމާވެށީގެ ދުވަހާ ގުޅުވައިގެން ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގައި ގަސް އިންދުމުގެ ހަރަކާތެއް ފަށައިފި އެވެ. ކުޅުދުއްފުށި ސިޓީގައި ގަސްއިންދުމުގެ ހަރަކާތްތައް ބާއްވާފައިވަނީ ”ފިނިފެހި ސިޓީ“ ނަމުގައެވެ. ކުޅުދުއްފުށި ސިޓީގައި ”ފިނި ފެހި ސިޓީ“ ގެ ނަމުގައި ފެށި މި ހަރަކާތް ފައްޓަވައިދެއްވުމުގެ ގޮތުން މިއަދު ވަނީ ކުޅުދުއްފުށީ އާ ބަނދަރު ސަރަހައްދުގައި ގަސް އިންދުމުގެ ހާއްސަ ހަރަކާތެއް ވަނީ  ކުރިއަށްގެންގޮސްފަ އެވެ. މިހަރަކާތްތައް ފަށްޓަވައި ދެއްވީ ފައްޓަވައި ދެއްވީ ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް […]

ރައީސް ނަޝީދަށް ދިން ހަމަލާއާގުޅިގެން ސީޕީ ހަމީދު މަޖިލީހަށް ހާޒރުކޮށްފި

  ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަ ދިން ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހަދަމުންދާ އިންކުއަރީއަށް މައުލޫމާތު ސާފުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ހާޒިރުކޮށްފިއެވެ. މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ކުރިއަށް ގެންދާ މި އިންކުއަރީ އަށް ސީޕީ ހަމީދު ހާޒިރުކޮށްފައިވަނީ ސަލާމަތީ ހިދުމަތްތަކުގެ އިންޓެލިޖެންސް ނިޒާމާއި ގުޅޭ މައުލޫމާތު ސާފުކުރުމަށެވެ. ކޮމިޝަނަރު މައުލޫމާތު ދެއްވި ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ. ރައީސް ނަޝީދުގެ ސެކިއުރިޓީ […]

ވިލިމާލެ ފެރީޓާމިނަލް އާއި ފެރީތައް އޭސީ ކުރަނީ

  ވިލިމާލެ ފެރީ ޓާމިނަލް އާއި ވިލިމާލެއާ މާލެ ދޭތެރޭ ދަތުރުކުރާ ފެރީތައް އޭސީ ކުރަން ނިންމައިފި އެވެ. މާލެ ސިޓީ ކައުންސިލުން ބުނީ ވިލިމާލެ ފެރީ ޓާމިނަލް އާއި މާލެ އާއި ވިލިމާލެއާ ދޭތެރޭ ދަތުރުކުރާ ފެރީތައް އޭސީ ކުރުމުގެ މަސައްކަތް ވީހާވެސް އަވަހކަށް ނިންމުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.  އެގޮތުން ކުރިއަށް އޮތް ތިން މަސް ތެރޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ސިޓީކައުންސިލުން ބުނެއެވެ. އެކައުންސިލުން ބުނީ ޓާމިނަލް އާއި ފެރީތަށް އޭސީ ކުރުމުގެ […]

މާރުކޭޓްގައި މަސް ވިއްކަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް ހުޅުވާލައިފި

  މާލޭ ރޯމަސް މާރުކޭޓްގައި މަސް ވިއްކަން އެދޭ ފަރާތްތަކުން ރަޖިސްޓްރީވުމުގެ ފުރުސަތު މާލެ ސިޓީކައުންސިލުން ހުޅުވާލައިފިއެވެ. ސިޓީ ކައުންސިލުން ބުނީ މަސްވިއްކަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށައަޅާ ސިޓީ އާ އެކު މަސްވެރިކަމަށް ބޭނުންކުރާ އުޅަނދުގެ ރަޖިސްޓަރީގެ ކޮޕީ ހުށައަޅަންޖެހޭނެކަމަށެވެ. އަދި މަސްވިއްކަން އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮފީ ވެސް ހުށަހަޅަން ޖެހޭނެކަމަށްވެސްސިޓީކައުންސިލުންބުނެއެވެ. ކައުންސިލުން ބުނީ ރަޖިސްޓްރީވުމަށް އޮތް އެންމެ ފަހު ތާރީހަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށެވެ. މަސްވިއްކަން […]

ބޮޑުބެރު ރަމްޒުކޮށްދޭ ހިތްގައިމު ރީތި ރިސޯޓް

  ދިވެހިންގެ ސަގާފަތާއި އާދަކާދައަކީ ރާއްޖެއަށް އަންނަ ފަތުރުވެރިން އެންމެ ގަޔާވާ އެއްކަމެވެ. އޭގެ ތެރެއިންވެސް އެ އަޑެއް އިވުމުން ދިވެހިންގެ ލޭކައްކުވައިދޭ ބޮޑުބެރަކީ ފަތުވެރިންގެ ވެސް ލެއާ ކުޅޭލާ ހާއްސަ ކުޅިވަރެކެވެ. ބޮޑުބެރުޖަހަން ގެންގުޅޭ ބެރަކީ ދިވެހި ސަގާފަތް ރަމްޒުކޮށްދޭ ރީތި ނަލަ އެއްޗެކެވެ. މި ނަލަކަން ނަމޫނާއަކަށް ނަގައިގެން ދުނިޔޭގެ މަޝްހޫރުކަން ހޯދަން މިފަހަރު މިސްރާބް ޖެހީ ރާއްޖޭގެ ރިސޯޓެކެވެ. މާލެ އަތޮޅުގައި ތަރައްގީކޮށްފައިވާ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްސް ރިސޯޓެވެ. ރިޓްޒް […]

މާލެސިޓީ ކައުންސިލްގެ އިދާރީ އޮފީހެއް ހުޅުމާލޭގައި ގާއިމް ކުރުމަށް ޖާގަ ދީފި

މާލެ ސިޓީ ކައުންސިލް އިދާރާގެ އިދާރީ އޮފީހެއް ހުޅުމާލޭގައި ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އޮފީސް ޖާގަ ސިޓީކައުންސިލަށް ލިބިއްޖެއެވެ. މާލެ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ދެމެދު ވަނީ އޮފީސް ހަދަން ޖާގަ ދިނުމާގުޅޭ ގޮތުން އެއްބަސްވުމެއްގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އެޗްޑީސީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސުހައިލް […]