ހުޅުމާލޭގައި ސޮފްޓްވެއާ ޑިވެލޮޕާސް ޕޫލެއް ގާއިމް ކުރަނީ

Loading

Facebook
Twitter
WhatsApp

 

ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރޭން ސޮފްޓްވެއާ ޑިވެލޮޕާސް ޕޫލެއް ގާއިމު ކުރަން ނިންމައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނީ މިއީ އެ ކޯޕަރޭޝަނުގެ ހިދުމަތްތަކާއި ފަންނީ އެހީތެރިކަން ރާއްޖޭގެ ހުރިހާ ހިސާބަކަށް ފޯރު ކޮށްދިނުމުގެ ގޮތުން ފެށި ”ގޯ ބިޔޯންޑް ހުޅުމާލެ“ ޕްރޮގްރާމްގެ ތެރެއިން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

އެޗްޑީސީން ބުނީ މި މަސައްކަތުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހި ޑިވެލޮޕަރުންނަށް ފުރުސަތުތައް އިތުރުކޮށްދީ އެ ކޯޕަރޭޝަންގެ މަސައްކަތްތަކުގައި ގިނަ ފަންނީ ދިވެހިން ބައިވެރި ކުރުންކަމަށެވެ. އަދި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް އެޗްޑީސީ އާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ސޮފްޓްވެއާ ޑިވެލޮޕަރުންނަށް ލިބިގެންދާނެކަމަށް ވެސް ދިނުމެވެ.

އެޗްޑީސީންވަނީ ޕޫލަށް ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ހުޅުވާލައިފައެވެ. ޝައުގުވެރިވާ ފަރާތްތަކުން 14 ޖޫންގެ ކުރިން އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅުމަށް އެކޯޕަރޭޝަނުން އެދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް