މާލޭ ރޯމަސް މާރުކޭޓްގައި މަސް ވިއްކަން އެދޭ ފަރާތްތަކުން ރަޖިސްޓްރީވުމުގެ ފުރުސަތު މާލެ ސިޓީކައުންސިލުން ހުޅުވާލައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ މަސްވިއްކަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށައަޅާ ސިޓީ އާ އެކު މަސްވެރިކަމަށް ބޭނުންކުރާ އުޅަނދުގެ ރަޖިސްޓަރީގެ ކޮޕީ ހުށައަޅަންޖެހޭނެކަމަށެވެ. އަދި މަސްވިއްކަން އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮފީ ވެސް ހުށަހަޅަން ޖެހޭނެކަމަށްވެސްސިޓީކައުންސިލުންބުނެއެވެ.
ކައުންސިލުން ބުނީ ރަޖިސްޓްރީވުމަށް އޮތް އެންމެ ފަހު ތާރީހަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށެވެ.
މަސްވިއްކަން އެދޭ ފަރާތްތަކުގެ ސިޓީ ބަލައިގަންނާނީ މާލޭ ސިޓީކައުންސިލްގެ އާންމު ހިދުމަތްތަކާބެހޭ ބަޔާއި، ދަތުރުވެރިންގެ މާރުކޭޓްގައި ހުންނަ އޮފީހުން ކަމަށް އެ ކައުންސިލުން ބުނެއެވެ.
އަދި ކައުންސިލްގެ [email protected] މެއިލްކުރެވޭނެކަމަށްވެސް ސިޓީ ކައުންސިލުން ހާމަކުރެއެވެ.
މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު މާރުކޭޓް ސަރަހައްދު ބެއްލެވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މާރުކޭޓް ސަރަހައްދަށް ބަދަލުތަކެއް ގެންނަވާނެކަމަށެވެ.
އެގޮތުން މާރުކޭޓުން އައިސް ލިބޭނެ އިންތިޒާމާއި އައިސް އަޅައިގެން މަސް ވިއްކޭނެ ގޮތް ހަދައިދޭނެ ކަމަށްވެސް މާލެސިޓީގެ މޭޔަރު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުއިއްޒު ވިދާޅުވީ މަސް ގަނެ ވިއްކާ މީހުންނަށް މާރުކާޓުން ހަމަހަމަ ފުރުސަތު ދިނުމުގެ ގޮތުން ގުރުއަތު ނަގައިގެން އަށި ދޫކުރާގޮތަށް ހަމަޖައްސާފައިވާ ކަމަށާ އަދި ކުދި މަސް ވިއްކާ ގޮޅިތަކުން ހުކުރު ދުވަހުވެސް ކުދި މަސް ވިއްކޭނެ އިންތިޒާމްވަނީ ހަމަޖައްސާފައި ވާނެކަމަށެވެ. ކުރިން، ހަފްތާ ބަންދުގައި މި ގޮޅިތައް ދޫނުކުރެއެވެ.
އަދި މީގެ އިތުރުން ފަޅުގައި ފައްތިޔާގަ ތިބެގެން މަސް ގަނެ ވިއްކޭނެ ގޮތް ހަމަޖެއްސުމަށް، ވަކި އުސޫލެއްގެ ދަށުން ހަ މަސް ދުވަހުގެ ހުއްދައެއް ދިނުމަށްވަނީ ނިންމާފައިވާކަމަށް ވެސް މާލޭ މޭޔަރު ވިދާޅުއެވެ.
One Response
މަސްވިށްކަންހުށްދަނަގަނީދިވެއްސަކުއެތާމަސްވިށްކަނީބަގުލަދޭސްމީހާ ކިހާސަޅި ދޯނީގަވެސްއެމީހުން ދަޑުގަވެސްއެމީހުން މާރުކޭޓުގޮޅިވެސްހަމައެހާލަތުގާ ގޮޅީގެކުލިބޮޑުވެގެންއުޅެނީ އެކަމަކުގޮޅިހިންގަނީބޭރުމީހުން ކިހާސަޅި ކަރަންޓުބިލުސަރުކާރުން ކުނިއުކާލަނީސަރުކާރުން ކުރިންއުކާލަނީސިޓީކަޢުންސިލުންި؛މިހާރުވޮމްކޯއިން އެށްކަމެއްވެސްހައްލުނުވޭ އަބަދުވެސްއަތައްފަޅިވެފައޮށްަނީ ….
ހިޔާލުލިޔުނީމާއަބަދުރިވިޔުކުރަނީ …އަދަބާހިލާފުވާހަކަނުލިޔަމެވެ….. ސަކުރިށްޔާ….