އިމްރާން ޚާން މިނިވަން ކުރުމަށް ގޮވާލާ ސަޕޯޓަރުން ހިނގާލުމެއް ފަށައިފި

Loading

Facebook
Twitter
WhatsApp

ޖަލަށް ލާފައި ހުންނެވި ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިނިވަން ކުރުމަށް ގޮވާލާ އިމްރާންގެ އެތައްހާސް ސަޕޯޓަރުން ގުޅިގެން އަނެއްކާވެސް އެގައުމުގައި ދިގު ހިނގާލުމެއް ފަށައިފިއެވެ.


އުމުރުން 74 އަހަރުގެ އިމްރާން ޚާންގެ ސިއްހީ މައްސަލަތަކަށް ސަރުކާރުން ސަމާލުކަން ނުދޭކަމުގެ ކަންބޮޑުވުން ވަނީ އިތުރު ވެފައެވެ.އަދި ބޭނުންވާ ފަރުވާ ނުދިނުމުގެ ސަބަބުން އެއްލޮލުގެ ފެނުން ގެއްލެމުން ދާކަމަށް އާއިލާއިން ބުނަމުން ދެއެވެ.
އިމްރާންއާއި ދެކޮޅަށް ސަތޭކަވަރަކަށް މައްސަލަ ކޯޓަށް ވައްދާފައިވާއިރު ކޮރަޕްޝަންގެ ކުށް ސާބިތުކޮށް 17 އަހަރަށް ޖަލަށްލީ 2025 ވަނަ އަހަރުއެވެ.އޭގެ ކުރިން 2023 ވަނަ އަހަރުން ފެށިގެން އިމްރާން ހުންނެވީ ހައްޔަރުގައެވެ. އިމްރާން ޚާން އާއި އާއިލާއިން ބުނާ ގޮތުގައި މިހުރިހާ މައްސަލަ ތަކަކީވެސް ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ގޮތުން ވައްދާފައިވާ މައްސަލަ ތަކެވެ.އޭނާގެ މައްޗަށް މިހާރު ސާބިތު ކޮށްފައިވާ މައްސަލަ ތަކުގެ ތެރޭގައި ދައުލަތުގެ ސިއްރު ހާމަ ކުރުން، ހަދިޔާ އަށް ލިބުނު ތަކެތި ވިއްކުން އަދި ހަމަނުޖެހުމަށް ހިއްވަރު ދިނުން ހިމެނެއެވެ.
ސަޕޯޓަރުންގެ ހިނގާލުން ފަށާފައިވަނީ އާދީއްތަ ދުވަހު ލައްކީ މަރވާތު ކިޔާސިޓީ އިންނެވެ.އެއީ ވެރިރަށް އިސްލާމް އާބާދް އާއި 170 މޭލު ދުރުގައިވާ ތަނެކެވެ.ރޭގަނޑަށް މެދުކަޑާލުމަށްފަހު ހޯމަ އަންގާރަ މިދެދުވަހުވެސް ވަނީ ހިންގާލުން ކުރިޔަށް ގެންގޮސްފައެވެ.
ޕީޓީ އައި ޕާޓީގެ ވެރިން އަމާޒު ހިފާފައިވަނީ ބުރާސްފަތި ދުވަހާ ހަމަޔަށް އިސްލާމް އާބާދް އާއި 80 ކިލޯމީޓަރު ދުގައިވާ ސިޓީ އަކާއި ހަމަޔަށް ދިއުމަށް ކަމަށް ވެއެވެ.އަދި ހުރިހާ ސަޕޯޓަރުންވެސް ހިނގާލުމުގައި ބައިވެރިވުމަށް ނިކުތުމަށް ޕާޓީން ދަނީ ގޮވާލަމުންނެވެ.
ޕީޓީ އައި ލޯންގ މާރޗް ގެ ނަމުން ނަންދީފައިވާ ހިނގާލުގެ ބައިވެރިން ގެ އެންމެ ފަހުގެ މަންޒިލަކަށް ވާނީ ވެރިރަށް އިސްލާމް އާބާދެވެ. ނަމަވެސް ސަރުކާރުން ދަނީ އިސްލާމް އާބާދަށް އެރެން ހުންނަ މަގުތަކުގައި ޝިޕިންގ ކޮންޓެއިނަރު ތައް ބަހައްޓާ މަގު ތައް ބަންދު ކުރަމުން ކަމަށް ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް