ކުޅުދުއްފުށި އާއި އައްޑޫ ސިޓީގައި ގަސްއިންދުމުގެ ހާއްސަ ހަރަކާތްތަކެއް

Loading

Facebook
Twitter
WhatsApp

ތިމާވެށީގެ ދުވަހާ ގުޅުވައިގެން ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގައި ގަސް އިންދުމުގެ ހަރަކާތެއް ފަށައިފި އެވެ.

ކުޅުދުއްފުށި ސިޓީގައި ގަސްއިންދުމުގެ ހަރަކާތްތައް ބާއްވާފައިވަނީ ”ފިނިފެހި ސިޓީ“ ނަމުގައެވެ.

ކުޅުދުއްފުށި ސިޓީގައި ”ފިނި ފެހި ސިޓީ“ ގެ ނަމުގައި ފެށި މި ހަރަކާތް ފައްޓަވައިދެއްވުމުގެ ގޮތުން މިއަދު ވަނީ ކުޅުދުއްފުށީ އާ ބަނދަރު ސަރަހައްދުގައި ގަސް އިންދުމުގެ ހާއްސަ ހަރަކާތެއް ވަނީ  ކުރިއަށްގެންގޮސްފަ އެވެ.

މިހަރަކާތްތައް ފަށްޓަވައި ދެއްވީ ފައްޓަވައި ދެއްވީ ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް އެވެ. މި ހަރަކާތުގައި އާ ބަނދަރު ސަރަހައްދާއި މޫދު އެރޭ ސަރަހައްދުގައި 50 އެއްހާ ގަސް ވަނީ އިންދާފައި އެވެ. އަދި ކޮންމެ މީހެއްވެސް ގޭގޭގެއާއި އެ ނޫންވެސް ހުސްޖާގައިގައި ގަސް އިންދުމަށްފަހު ”ފިނިފެހިސިޓީ“ ހޭޝްޓެގް ބޭނުންކުރުމަށްފަހު ސޯޝަލް މީޑިއާގައި ފޯސްޓްކުރުމަށްވެސް ކުޅުދުއްފުށީ ކައުންސިލުން ވަނީ އެދިފައެވެ.
އައްޑޫގައި ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން އިންދަން ނިންމާފައިވަނީ އެއްލައްކަ ރުކެވެ. މިޕްރޮގްރާމު އައްޑޫގައި މިއަދު ފައްޓަވައި ދެއްވީ މޭޔަރު އަލީ ނިޒާރު އެވެ.

ތިމާވެށީގެ ދުވަހާ ގުޅިގެން އައްޑޫ ސިޓީންވެސް ވަނީ ގިނަ އަދަދެއްގެ ގަސް އިންދުމުގެ ހަރަކާތްތަކެއް ބާއްވާފައެވެ. އެގޮތުން  އައްޑޫ ނޭޗާ ޕާކާއި، ކައުންސިލް އަދި އީޕީއޭ ގުޅިގެން 100،000 ރުއް އިންދުމުގެ ޕްރޮގްރާމެއް ވަނީ ފަށާފައެވެ.

ރުއް އިންދުން ރަސްމީކޮށް ފައްޓަވާ ދެއްވީ އައްޑޫ ނޭޗާ ޕާކުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މޭޔަރ އަލީ ނިޒާރުއެވެ.

މާލޭގައި ވެސް އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަމަށް މިދިޔަ މަހުގެ 17 ވަނަ ދުވަހު މާލޭގެ މޭޔަރު ކަމާ ހަވާލުވެވަޑައިގަތުމަށްފަހު މޭޔަރު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އަދި އެ ޕްރޮގްރާމު ފަށާފައެއް ނުވެ އެވެ.

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިޔާރަކީ ”އިކޯސިސްޓަމް ރިސްޓޮރޭޝަން“ (ގުދުރަތީ ވެށީގެ ނިޒާމު އިޔާދަކުރުން) އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް