މާލެސިޓީ ކައުންސިލްގެ އިދާރީ އޮފީހެއް ހުޅުމާލޭގައި ގާއިމް ކުރުމަށް ޖާގަ ދީފި

Loading

Facebook
Twitter
WhatsApp

މާލެ ސިޓީ ކައުންސިލް އިދާރާގެ އިދާރީ އޮފީހެއް ހުޅުމާލޭގައި ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އޮފީސް ޖާގަ ސިޓީކައުންސިލަށް ލިބިއްޖެއެވެ.

މާލެ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ދެމެދު ވަނީ އޮފީސް ހަދަން ޖާގަ ދިނުމާގުޅޭ ގޮތުން އެއްބަސްވުމެއްގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ.
މިއެއްބަސްވުމުގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އެޗްޑީސީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު އެވެ.

މި އެއްބަސް ވުމުގެ ދަށުން އެޑްމިނިސްޓްރޭޓިވް އޮފީސް ސްޕޭސްގެ ގޮތުގައި ހުޅުމާލޭ އަމިން އެވެނިއު މެޕަލް ޓަވަރުގެ ޔުނިޓް އޭއެމް 1-05 ސިޓީ ކައުންސިލުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދިނުމަށް ވަނީ ކަނޑައަޅައިފަ އެވެ.

ހުޅުމާލޭގައި މާލެ ސިޓީ ކައުންސިލްގެ އޮފީހެއް ގާއިމުކުރުމުގެ މަސައްކަތް ފަށާފައި މިވަނީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް އެޗްޑީސީން ވަކިކޮށް މާލެ ސިޓީ ކައުންސިލަށް ބަދަލުކޮށްދިނުމަށް މޭޔަރު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ހުށަހަޅާފައި ވަނިކޮށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް