ވިލިމާލެ ފެރީޓާމިނަލް އާއި ފެރީތައް އޭސީ ކުރަނީ

Loading

Facebook
Twitter
WhatsApp

 

ވިލިމާލެ ފެރީ ޓާމިނަލް އާއި ވިލިމާލެއާ މާލެ ދޭތެރޭ ދަތުރުކުރާ ފެރީތައް އޭސީ ކުރަން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ވިލިމާލެ ފެރީ ޓާމިނަލް އާއި މާލެ އާއި ވިލިމާލެއާ ދޭތެރޭ ދަތުރުކުރާ ފެރީތައް އޭސީ ކުރުމުގެ މަސައްކަތް ވީހާވެސް އަވަހކަށް ނިންމުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.  އެގޮތުން ކުރިއަށް އޮތް ތިން މަސް ތެރޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ސިޓީކައުންސިލުން ބުނެއެވެ.
އެކައުންސިލުން ބުނީ ޓާމިނަލް އާއި ފެރީތަށް އޭސީ ކުރުމުގެ އިތުރުންވެސް ވިލިމާލޭގެ ތަރައްގީއަށް ގިނަ ކަންކަން ކުރުމަށް ޕްލޭންކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ގެނުވުމުގެ މަޝްރޫތައް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކުރަމުންދާކަމަށް ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ބުނީ ވިލިމާލޭގައި ލޯކަލް މާރުކޭޓަކާއި މަސް މާރުކޭޓެއް އެޅުމަށް ކުރަންޖެހޭ މަސައްކަތްވެސް ކުރިއަށްދާކަމަށާ އަމާޒަކީ ތިން މަސް ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށުންކަމަށެވެ.

Loading

One Response

  1. Hurihaa miskihthah AC kuranan kamah buni vaudhu. 5 aharu hamavani. Vaanebaa mikan.
    Kuribayaku Baithul Maalun vahka kohfi. Furaanain vahkan kohfi. Dhen mi binmatheega vaa Allah ge gekolhuves hama miusoolutho dhaani.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް