ބޮޑުބެރު ރަމްޒުކޮށްދޭ ހިތްގައިމު ރީތި ރިސޯޓް

Loading

Facebook
Twitter
WhatsApp

 

ދިވެހިންގެ ސަގާފަތާއި އާދަކާދައަކީ ރާއްޖެއަށް އަންނަ ފަތުރުވެރިން އެންމެ ގަޔާވާ އެއްކަމެވެ. އޭގެ ތެރެއިންވެސް އެ އަޑެއް އިވުމުން ދިވެހިންގެ ލޭކައްކުވައިދޭ ބޮޑުބެރަކީ ފަތުވެރިންގެ ވެސް ލެއާ ކުޅޭލާ ހާއްސަ ކުޅިވަރެކެވެ.

ބޮޑުބެރުޖަހަން ގެންގުޅޭ ބެރަކީ ދިވެހި ސަގާފަތް ރަމްޒުކޮށްދޭ ރީތި ނަލަ އެއްޗެކެވެ. މި ނަލަކަން ނަމޫނާއަކަށް ނަގައިގެން ދުނިޔޭގެ މަޝްހޫރުކަން ހޯދަން މިފަހަރު މިސްރާބް ޖެހީ ރާއްޖޭގެ ރިސޯޓެކެވެ. މާލެ އަތޮޅުގައި ތަރައްގީކޮށްފައިވާ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްސް ރިސޯޓެވެ.

ރިޓްޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންސް ރިސޯޓަކީ ސިންގަޕޫރުގެ ޕޮންޓިއާކް ކުންފުނިން އިންޓަރގްރޭޓަޑް ރިސޯޓު ކޮންސެޕްޓަށް ތަރައްގީކޮށްފައިވާ ފަރި އައިލެންޑްސްގެ އެއް ރިސޯޓެވެ.

އޮސްޓްރޭލިއާގެ ކުންފުންޏަކުން ފަރުމާކުރި މި ރިސޯޓްގެ ކޮންމެ ދިމާލަކުންވެސް ފެންނަނީ ބޮޑުބެރު ރަމްޒުކޮށްދޭހެން ވަށްކޮށް ހަދާފައިވާ ރީތި ޑިޒައިންތަކެވެ.

ރަށާ މާދުރުން ރަށުގެ މަލަމަތި ފެންނައިރު ބޮޑުބެރު ރަމްޒުކޮށްދޭ މި ޑިޒައިންތަކުން ރިސޯޓްގެ ރީތިކަމާއި ނަލަކަން އެހައިމެ ބޮޑުވެފަ ބަލައިލަން ހިތްގައިމެވެ.

މި ރިސޯޓް ބޮޑުބެރަށް ހާއްސަވީ ހަމައެކަނި ރަމްޒުކޮށްދޭ ޑިޒައިނުން އެކަންޏެއްނޫނެވެ. މި މަހު ހުޅުވި މި ރިސޯޓް ހުޅުވައިފައި މި ވަނީ ފަތުރުވެރިންނަށް ބޮޑުބެރު ޖަހަން ދަސްކޮށްދޭ ކްލާސްތަކަކާ ވެސް އެކުއެވެ.  

ބޮޑުބެރަށް ޝައުގުވެރިވާ ކޮންމެ ފަތުރުވެރިއަކަށް ވެސް މި ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދޭގޮތަށެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ލޯންޗެއްގައި 50 މިނެޓުން ދެވޭހާ ދުރުމިނުގައި އޮތް މި ރިސޯޓަށް ސީޕްލޭންގައި 10 މިނެޓުން ދެވެއެވެ.

 

އެއް ކޮޓަރީގެ ވިލާތަކާއި 3 ކޮޓަރީގެ ވިލާތަށް ހުންނަ މި ރިސޯޓަކީ 100 ކޮޓަރީގެ ރިސޯޓެކެވެ. މި ރިސޯޓްގައި ތަފާތު އެކި ކަހަލަ ކެއުންތައް ލިބޭ ހަތް ރެސްޓޯރަންޓް ހުރެއެވެ. އަދި އެކިކަހަލަ ޓްރީޓްމަންޓްދޭ ސްޕާއެއް ހުރެއެވެ.

ފަރި އައިލެންސް ރިސޯޓްގައި ޕްރައިވެޓް ޕޫލަކާއެކު ތަރައްގީކޮށްފައިވާ އެއްކޮޓަރީގެ އޯޝަން ވިއު ވިލާއަކަށް ޗުއްޓީ ހޭދަކޮށްލުމަށް ރެއަކަށް ޖެހެނީ ގާތްގަނޑަކަށް 28000 ރުފިޔާ ނުވަތަ 1800 ޑޮލަރެވެ.

އަދި ޕްރައިވެޓް ޕޫލަކާއި އެކު ހުންނަ ދެ ކޮޓަރީގެ ބީޗުވިއު ވިލާއެއް ރެއަކަށް ގާތްގަނޑަކަށް 7399 ޑޮލަރު ނުވަތަ 114096 ރުފިޔާ އަރައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް