ޖެޓްސްކީ އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

 

ށ. އަތޮޅު ފުނަދޫގައި ޖެޓްސްކީ އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ޖެޓްސްކީ ދުއްވަނިކޮށް އޭގައި އައްސާފައި އޮތް ސީބެޑްގައި ތިބި ދެމީހުންގެ ތެރެއިން އެކަކު ވިއްސައިގެން ގޮސް ގޮނޑުދޮށުގައި ހުރި ހަޓެއްގެ ތަނބެއްގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓްގައި މަރުވެފައި ވަނީ އުމުރުން 22 އަހަރުގެ ޝުނާން ޝަރީފެވެ.

ފުލުހުން ބުނީ ޝުނާން މަރުވީ އެކްސިޑެންޓްގައި ލިބުނު ޒަހަމްތަކަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

ފުލުހުން ބުނީ މިހާތަނަށް ލިބުނު މައުލޫމާތުން އެކްސިޑެންޓްހިނގިވަގުތު ސީބެޑްގައި ދެން އިން މީހާ މީހާ ސީބެޑުން ފުއްމާލީއެވެ.

މިހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު ހަތަރެއްޖަހާ އެހާކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ގެންދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް