ރައީސް ނަޝީދަށް ދިން ހަމަލާއާގުޅިގެން ސީޕީ ހަމީދު މަޖިލީހަށް ހާޒރުކޮށްފި

Loading

Facebook
Twitter
WhatsApp

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަ ދިން ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހަދަމުންދާ އިންކުއަރީއަށް މައުލޫމާތު ސާފުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ހާޒިރުކޮށްފިއެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ކުރިއަށް ގެންދާ މި އިންކުއަރީ އަށް ސީޕީ ހަމީދު ހާޒިރުކޮށްފައިވަނީ ސަލާމަތީ ހިދުމަތްތަކުގެ އިންޓެލިޖެންސް ނިޒާމާއި ގުޅޭ މައުލޫމާތު ސާފުކުރުމަށެވެ.

ކޮމިޝަނަރު މައުލޫމާތު ދެއްވި ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ ތަހުގީގެއް ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބަލަންފަށާފައިވާއިރު އެ ކޮމިޓީން ނިންމާފައިވަނީ ވަކިވަކި ފުލުހުންނާއި ސިފައިން މަޖިލީހަށް ހާޒިރުކޮށް މައުލޫމާތު ސާފް ކުރާށެވެ.
ސީޕީގެ އިތުރުން ވަކިވަކި ބައެއް ފުލުހުން ކޮމިޓީއަށް ހާޒިރުކުރުމަށް ކޮމިޓީން ވަނީ ނިންމާފައިވެއެވެ. ފުލުހުންގެ ތެރެއިން މައުލޫމާތު ދިނުމަށް ހާޒުކުރަނީ ފުލހުންގެ އިސް ފަސް އޮފިސަރެއްކަމަށް ވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މައުލޫމާތު ސާފްކުރުމަށް ވަކިވަކި ފުލުހުން މިޖިލީހަށް ހާޒިރުކުރުމަށް ފުލުހުން އެއްބަސްވީ ނަމަވެސް މި މައްސަލައާ ގުޅިގެން ސިފައިން ބުނެފައިވަނީ އެ މުއައްސަސާއިން ވަކިވަކި ފަރުދުންގެ މަޖިލީހަށް ހާޒިރު ނުކުރެވޭނެ ކަމަށާ މަޖިލީހަށް ޖަވާބުދާރީ ވާނީ އެ މުއައްސަސާއިން ކަމަށެވެ.

މައްސަލައާ ގުޅިގެން އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށްޓަކައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ހައިރާކީ އާއި ސިފައިންގެ ”ޗެއިން އޮފް ކޮމާންޑް“އާއި ”ކޮމާންޑް އެންޑް ކޮންޓްރޯލް“ އަދި ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ގާއިމްކުރެވިފައި އޮތް އުސޫލުތަކާއި ހިލާފް ކަމެއް ކަމަށާ އަދި މިކަމުގެ ސަބަބުން މުޅި ގައުމީ ދިފާއީ ބާރާއި އެބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލި ސިފައިންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ އަދި މިކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ފޫނުބެދޭވަރުގެ ނުރައްކާތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.

ސިފައިންގެ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުވެވޭނެކަމަށް ހާމަކުރުމުން އެކަމާ ހިތްހަމަޖެހިވަޑައިނުގެ ރައީސް ނަޝީދު އިއްޔެ ވިދާޅުވީ އެއީ ބޭއިންސާފެއްކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް