ގާޒީ ހުސައިން ފާއިޒުއާ މެދު ސުލޫކީ ފިޔަވަޅު އަޅަން ނިންމައިފި

ކްރިމިނަލް ކޯޓްގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ މަށްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ، ފިޔަވަޅު އަޅަން ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)  ނިންމައިފި އެވެ. ގާޒީ ހުސައިން ފާއިޒްގެ މައްސަލައެއް ބަލަން ފެށީ ކޯޓުގެ ޝަރީއަތްކުރާ ރޫމްގެ ބޭރުން ކޯޓުގެ އެހެން މުވައްޒަފަކު ލައްވައި، މައްސަލަ ރައްދުވާ ފަރާތް ގޭބަންދުކުރުވައި، ކޯޓުރޫމުގެ ބޭރުގައި މައްސަލަ ރައްދުވާފަރާތް ބޭންދުމަށް ފަހު މައްސަލައިގައި ހުކުމް ހަވާލުކުރުމަކީ ކުރާ ކަމެއް ކަމަށް ބުނެފައިވާތީ އެވެ. ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި […]

އައްޑޫ ކޮންސިއުލޭޓް: ރާއްޖެއާއި އިންޑިޔާއާ ދެމެދު ބޮޑު ޚިޔާލު ތަފާތުވުމެއްގެ ފެށުން؟

ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙުގެ ދައުރުގައި ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތްގުޅުން ވަރުގަދަ ކުރުމުގެ ގޮތުން އެތައް މަސައްކަތެއް އެމަނިކުފާނު ކުރައްވަމުން އެބަ ގެންދަވައެވެ. ނަމަވެސް މިހާރު ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ދަނީ ރާއްޖޭގެ މައްޗަށް އިންޑިޔާއަށް ލިބިދެމުގެންދާ ބާރުތައް ކުޑަކުރުމަށް އިލްތިމާސްކޮށް އެކި ގޮތްގޮތުން ކެމްޕޭނުތައް ހިންގައި އެކަން ހުއްޓާލުމަށް ސަރުކާރަށް ގޮވާލަމުންނެވެ. ދިވެހިރާއްޖެ ގުދުރަތީގޮތުން އޮންނަ ސަރަހައްދުގެ ގޮތާމެދު ވިސްނައި ފާއިތުވި އަހަރުތަކުގައި މި ގައުމުގެ ވެރިކަން ކުރައްވާފައިވާ ބޭފުޅުންވެސް އިންޑިޔާއާއި ދޭތެރޭ […]

އަސްލަމާއި ޝިފާވެސް 241 ކޮމިޓީއަށް ހާޒިރުކޮށްފި

    ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައިސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މަޖިލީހުން ކުރިއަށްގެންދާ ޕާލިމަންޓްރީ އިންކުއަރީއަށް ޕްލޭނިން މިނިސްޓަރ އަހްމަދު އަސްލަމް އާއި މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވެސް ހާޒިރުކޮށްފި އެވެ. ސެކިއުރިޓީ ބްރީޗްވި ގޮތް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަރީއަށް ކަމާގުޅޭ މުއައްސަސާތަކުގެ ވެރިންނާއި މުއައްޒަފުން ހާޒިރުކޮށް އެ ކޮމިޓީން އަންނަނީ މައުލޫމާތު ސާފުކުރަމުންނެވެ. މި އިންކްއަރީއަށް ހާޒުރުކުރާ ފަރާތްތަކާއެކު […]

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސް މަޖިލީހަށް ހާޒިރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދާ އިންކްއަރީ މައުލޫމާތު ހޯދަން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ހާޒިރުކޮށްފިއެވެ. ޝަމާލް މަޖިލީހަށް ހާޒިރުކޮށް 241 ކޮމިޓީން ބޭއްވި ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ. މިއަދު ހަވީރު ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވެސް މަޖިލީހަށް ހާޒިރު ކުރަން ކޮމިޓީން ވަނީ […]

ޑެލިވަރީ ޕާމިޓްތައް އަންގާރަ ދުވަހުން ފެށިގެން ބޭނުންނުކުރެވޭނެ

  ވިޔަފާރިތަކަށް މިހާރު ދޫކޮށްފައިހުރި ޑެލިވަރީ ޕާމިޓްތައް މި ހަފްތާގެ އަންގާރަ ދުވަހުގެ ފަހުން ބޭނުން ނުކުރެވޭނެ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުންގެ އިދާރާއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފަވަނީ މިހާރު ދޫކޮށްފައި ހުރި ވެހިކަލް ޕާމިޓްތައް ’ސަޕޯޓް ޕާމިޓް’ތަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށާއި މިއާއެކު ކުރިން ދޫކޮށްފައިހުރި ވެހިކަލް ޕާމިޓްތައް މިމަހުގެ އަށްވަނަ ދުވަހުގެ ފަހުން ބޭނުން ނުކުރެވޭނެ ކަމަށެވެ. ޕޮލިސް ޕާމިޓް ޕޯޓަލް މެދުވެރިކޮށް، ’ސަޕޯޓް ޕާމިޓް‘ އަށް އެޕްލައި ކުރެވޭނެ ކަމަށް ފުލުހުން ހާމަކުރެއެވެ. […]

ވިހަންގެންދިޔަ އަންހެނެއްގެ އޯވަރީން ދެ ކިލޯއަށްވުރެ ބަރު ސިސްޓެއް ނަގައިފި

    ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލަ ( ކޭއާރުއެޗު)ށް  ވިހަން ގެންދިޔަ އަންހެނެއްގެ އޯވަރީން 2.4 ކިލޯގެ ސިސްޓެއް ނަގައިފިއެވެ. ކޭއާރުއެޗުން ބުނީ އެ އަންހެންމީހާ އަކީ ރ ހުޅުދުއްފާރުން ވިހަން ގެންދިޔަ މާބަނޑު މީހެއް ކަމަށާއި އެ އަންހެންމީހާ ވިހަން ގެންދިޔައީ ދުވަސްފުރާ ވިއެއުމަށް ކަމަށެވެ. އަދި ސްކޭން ކުރުމުން ވާތް ފަރާތު އޯވަރީގައި ވަރަށް ބޮޑު ސިސްޓެއް އިންކަން ފާހަގަކުރެވިގެން ބޮޑު އޮޕަރޭޝަނެއްކުރީއެވެ. ދެ ގަޑިއިރަށް ދިގު ދެމިގެންދިޔަ ބޮޑު އޮޕަރޭޝަނުގައި މި އަންހެން […]

މާލެއިން އަތޮޅުތަކަށް ދާން ހުއްދަ ދޭވޭނީ ޒަރޫރީ ބޭނުންތަކަށް އެކަނި : އެޗްޕީއޭ

  ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މާލެއިން އަތޮޅުތަކަށް ދަތުރުކުރުން ހަރަކަށިކޮށް، ހަމައެކަނި ޒަރޫރީ ބޭނުންތަކަށް ހުއްދަދޭން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ. އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލް ސޮއިކުރައްވާ އާންމުކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ މާލެއިން ފުރައިގެން އެހެނިހެން ރަށްތަކަށް ދާން ހުއްދަ ދޭނީ ޒަރޫރީ ހާލަތްތަކުގައި އެކަނި ކަމަށެވެ. ޒަރޫރީ ހާލަތްތަކުގެ ގޮތުގައި ކަނޑައަޅަފައިވާ ކަންތައް ވެސް އެޗްޕީއޭ އިން ވަނީ އާންމުކޮށްފައެވެ. އެއީ: ސިއްހީ ފަރުވާ ހޯދުމަށް މާލެއަށް އައިސް […]

”މަކުޑި“ ޕޯޓަލް އަޕްގްރޭޑްކުރަން ހަވާލުކޮށްފި 

  ރާއްޖެއަށް އެތެރެކުރާ ކެމިކަލްތަކުގެ މައުލޫމާތުތައް ބެލެހެއްޓުމާއި، ކެމިކަލްތައް އެތެރެކުރާ ފަރާތްތަކަށް އޮންލައިންކޮށް ހުއްދަ ދޫކުރުމުގެ ކަންތައްތައް ކުރިއަށްގެންދާ ”މަކުޑި“ ޕޯޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފި އެވެ. މަކުޑި އަކީ ނޭޝަނަލް ސިންގަލް ވިންޑޯގެ ޕްރޮޖެކްޓުގެ ތެރޭގައި ހިމެނޭ ސިސްޓަމެކެވެ. މި ޕޯޓަލް އަޕްގްރޭޑް ކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީ އާއި  އެމްއެންޑީއެފާ ދެމެދު އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ އަބްދުﷲ ނަސީރުއެވެ. އެމްއެންޑީއެފްގެ […]

ކޮރޯނާ ވައިރަހާ ގުޅޭގޮތުން ޑރ. ފައުޗީއަށް ބޮޑެތި ތުހުމަތު ކުރެވޭ ހެކިތަކެއް ފެނިއްޖެ

އެމެރިކާގެ އެން.އައި.އޭ.ޑީއިން ހާމަކޮށްފައިވާ ގޮތުގައި 2014-2019 ވަނަ އަހަރުގެ ނިޔަލަށް ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީއަށް ކޮރޯނާ ވައިރަހާ ބެހޭ ދިރާސާތައް ކުރުމަށް ފަންޑު ދީފައިވެއެވެ. އެން.އައި.އޭ.ޑީ އަކީ އެމެރިކާގެ ސިއްހީ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅެއް ކަމުގައިވާ ޑޮކްޓަރ އެންތޮނީ ފައުޗީ ހިންގަވަމުންގެންދަވާ ކުންފުންޏެކެވެ. އެ ކުންފުނިން 826277 ޑޮލަރުގެ މާލީ އެހީތެރިކަން ވޫހާންގެ މި ރިސާޗް ފެސިލިޓީއަށް ފޯރުކޮށްދީފައިވާކަން ހާމަވާ 280 ސަފުހާގެ މައްޗަށް އެކުލެވިގެންވާ ލިޔުންތައް ހޯދިފައިވާކަމަށް އެމެރިކާގެ ޖުޑިޝަލް ވޮޗްއިން […]

ޕާކިސްތާނުގައި އެއް ބިލިއަން ގަސް އިންދައިފި އަދި ނުވަ ބިލިއަން ގަސް އިންދާނެ

އެއްބިލިއަން ގަސް ޕާކިސްތާނުގައި އިންދައިފި ކަމަށާއި އިތުރު ނުވަ ބިލިއަން ގަސް އިންދާނެކަމަށް ޕާކިސްތާނުގެ ތިމާވެއްޓާ ބެހޭ މިނިސްޓަރ ޒަރުތާޖު ގުލް ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބާ ފާހަގަކުރަން ޕާކިސްތާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޒަރުތާޖު ގުލް ވިދާޅުވީ މޫސުމަށް އަންނަ ބަދަލާ ގުޅިގެން ޕާކިސްތާނަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރާއި ގެއްލުން ލިބެމުންދާކަމަށެވެ. ”މާހައުލާ ރައްޓެހި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ލިބެމުންދާ ގެއްލުން ކުޑަކުރެވޭނީ.“ އޭނާ ވިދާޅުވިއެވެ. ރީތިކަމަށް ޕާކިސްތާނުގައި މަޝްހޫރު މިނިސްޓަރ ޒަރުތާޖު ގުލް […]